Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އާއި ލުބުނާން އިން އަގުހުރި ޖާސޫސީ މައުލޫމާތު ތަކެއް ހޯދާފައިވާ ކަމަށް އިޒްރޭލްގެ މޮސާޑް އިން ބުނެފި

އަންގާރަ ދުވަހު ދެއްވި ބަޔާނެއްގައި ބާނެއާ ވިދާޅުވީ، މޮސާޑް އިން ވަނީ އިސްތިރާޖީ އަދި އުކުޅުތަކާ ގުޅޭ މުހިންމު ކުރިއެރުން ތަކެއް ހޯދާފައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އެޕްރީލު 2026 | އަންގާރަ 10:40
އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ ޑިރެކްޓަރު ޑޭވިޑް ބާނެއާ.

އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ ޑިރެކްޓަރު ޑޭވިޑް ބާނެއާ. | ރޮއިޓާސް

އީރާން އާއި ލުބުނާންގެ އެތެރޭގައި ހިންގި އޮޕަރޭޝަން ތަކެއްގެ ތެރެއިން ވަރަށް އަގުހުރި ޖާސޫސީ މައުލޫމާތު ތަކެއް ހޯދާފައިވާ ކަމަށް، އިޒްރޭލްގެ ޖާސޫސީ އިދާރާ މޮސާޑްގެ ވެރިޔާ ޑޭވިޑް ބާނެއާ ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު ދެއްވި ބަޔާނެއްގައި ބާނެއާ ވިދާޅުވީ، މޮސާޑް އިން ވަނީ އިސްތިރާޖީ އަދި އުކުޅުތަކާ ގުޅޭ މުހިންމު ކުރިއެރުން ތަކެއް ހޯދާފައި ކަމަށެވެ. މީގެ ތެރޭގައި ދުޝްމަނުންގެ އެންމެ ނާޒުކު ސިއްރު ތަކަށް ވާސިލުވުން ހިމެނޭ ކަމަށާއި، އަމާޒު ކުރެވުނު ޤައުމު ތަކުގެ އެތެރޭގައި މޮސާޑް އިން ކުރިން ފެނިފައި ނުވާ ފަދަ އޮޕަރޭޝަނަލް ޤާބިލުކަން ދައްކާފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

މޮސާޑުގެ މަސައްކަތް ތަކަަށް އައިސްފައިވާ ބަދަލު ތަކަށް އަލި އަޅުވާލައްވަމުން ބާނެއާ ވިދާޅުވީ، ހަނގުރާމައިގެ ވަގުތު ތަކުގައި އެ އިދާރާ އަކީ މިހާރު މާ ބޮޑަށް އިސް ނަގައިގެން ހަމަލާ ދޭ އަދި ޙަރަކާތްތެރި ފައުޖަކަށް ބަދަލުވެފައިވާ އިދާރާއެއް ކަމަށެވެ. މީގެ ކުރިން އެ އިދާރާގެ މައިގަނޑު އަމާޒަކީ ކުރިމަތިލުން ތަކުގެ މެދު ތެރެއިން ސިއްރު ހަރަކާތްތައް ހިންގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އީރާން އާއި ލުބުނާން އަށް އަމާޒު ކޮށްގެން ހިންގާ އޮޕަރޭޝަން ތަކުން މި ބަދަލު ފެންނަމުންދާ ކަމަށާއި، މިކަމަށްޓަކައި ފާއިތުވި އަހަރު ތަކުގައި އައު ޔުނިޓުތަކާއި، ޚާއްސަ ޤާބިލުކަން އުފައްދާފައިވާ ކަމަށް ބަރްނިއާ ވިދާޅުވި އެވެ. އަދި މަސައްކަތުގެ އެކި މަރުޙަލާ ތަކުގައި ޒަމާނީ ޓެކްނޮލޮޖީ އާއި، އައު އީޖާދުތައް ބޭނުން ކުރަން ފަށާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން ޚާއްސަ މިޝަންތަކާއި، އޮޕަރޭޝަންތައް ކާމިޔާބު ކުރުމަށްޓަކައި އިންސާނީ ވަސީލަތްތައް ބޭނުން ކޮށްގެން ހިންގާ ޖާސޫސީ ހަރަކާތްތައް ދެމެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ބަރްނިއާ ބާރު އެޅުއްވި ކަަމަށް އެ ސަރަހައްދުގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވެ އެވެ. 

ޑޭވިޑް ބަރްނިއާ، މޮސާޑުގެ ވެރިޔާގެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ، 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އޭނާގެ މަގާމުގެ މުއްދަތު ހަމަވާނީ 2026 ވަަނަ އަހަރުގެ ޖޫން މަހު އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އިޒްރޭލްއިޒްރޭލް-ލުބުނާންމޮސާޑްޑޭވިޑް ބާނެއާ

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާ އިން ދަތި ކުރާނެ ކަމުގެ އިންޒާރު ދީފި

28 އެޕްރީލު 2026
އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާ އިން ދަތި ކުރާނެ ކަމުގެ އިންޒާރު ދީފި
28 އެޕްރީލު 2026

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް

28 އެޕްރީލު 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް
28 އެޕްރީލު 2026

އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ މެދު ޓްރަމްޕް ހިތްހަމައެއް ނުޖެހޭ

28 އެޕްރީލު 2026
އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ މެދު ޓްރަމްޕް ހިތްހަމައެއް ނުޖެހޭ
27 އެޕްރީލު 2026

ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

27 އެޕްރީލު 2026
ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި
27 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި

27 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު