Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިކަމަށް ހުރަސްއެޅުން

އަދަދު ނޫހުގެ އޮފީސް ފާސްކޮށް އެނޫހުގެ ނޫސްވެރިންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ، ތަހުގީގީ ނޫސްވެރިކަން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތެއް: ސީޕީޖޭ

ނޫސްވެރިކަމަށް ހުރަސްއެޅުމަށް ޖިނާއީ ތަހުގީގުތައް ބޭނުންކުރުން ހުއްޓާލުމަށް ސީޕީޖޭ އިން ސަރުކާރަށް ގޮވާލައިފި. އަދަދު ނޫހުގެ އޮފީސް ފާސްކޮށް، ނޫސްވެރިންގެ ދަތުރުފަތުރު ހިފެހެއްޓުމާ ގުޅިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އިނގިރޭސި ސަފީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ. މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 02:35
ފުލުހުން އަދަދު ނޫހުގެ އޮފީހުގައި ހަރަކާތްތެރި ވަނީ

ފުލުހުން އަދަދު ނޫހުގެ އޮފީހުގައި ހަރަކާތްތެރި ވަނީ | ރާއްޖެ އެމްވީ

 "އަދަދު" ނޫހުގެ އޮފީސް ފާސްކުރުމާއި، އެ ނޫހުގެ ނޫސްވެރިން ރާއްޖެ އިން ބޭރަށް ދިއުން މަނާކޮށްފައިވަނީ އިންވެސްޓިގޭޓިވް ޖާނަލިޒަމް ނުވަތަ ތަހުގީގީ ނޫސްވެރިކަމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފި އެވެ.

ސީޕީޖޭ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ގެނެސްދޭ ރިޕޯޓުތައް ހުއްޓުވުމަށްޓަކައި ޖިނާއީ ތަހުގީގުތަކުގެ ބޭނުންކުރުން ހުއްޓާލުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. އަދި އަދަދު ނޫހުން ހިފަހައްޓާފައިވާ ތަކެތި ވަގުތުން އަނބުރާ ދިނުމަށާއި، އެ ނޫހުގެ މުވައްޒަފުންނަށް އަމާޒުކޮށް ނެރެފައިވާ ދަތުރުފަތުރުކުރުން މަނާކުރުމުގެ އަމުރުތައް ބާތިލުކުރުމަށް ވެސް އެ ޖަމިއްޔާ އިން ގޮވާލާފައިވެ އެވެ.

Advertisement - newsAdvertisement

މީޑިއާ އާއި ގުޅޭ މަދަނީ ގަވާއިދުތަކުގެ ބަދަލުގައި، ޖިނާއީ ގާނޫނުތައް ބޭނުންކޮށްގެން ނޫސްވެރިކަމަށް ހުރަސްއެޅުމަކީ ނުރައްކާތެރި ނަމޫނާއެއް ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ. އަދި ސަރުކާރުގެ އިދާރާތައް ޒިންމާދާރުކުރުވުމުގެ ފުރުސަތު ކަމާބެހޭ ފަރާތްތަކުން ނޫސްވެރިންނަށް ދޭންޖެހޭނެ ކަމަށްވެސް ސީޕީޖޭ އިން ބުނެފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ސީޕީޖޭގެ އޭޝިއާ ޕެސިފިކް ޕްރޮގްރާމް ކޯޑިނޭޓަރު ކުނާލް މަޖުމްދަރު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުން ހުއްޓާލައި، ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުވުމުގެ ޖާގަ ނޫސްވެރިންނަށް އޮންނަންޖެހޭނެ ކަމަށެވެ.

އަދަދުގެ އޮފީހަށް ފުލުހުން ވަދެ ބަލައިފާސްކުރުމާ ގުޅިގެން، އިނގިރޭސިވިލާތުން ރާއްޖެއަ ށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މީގެ އިތުރުން ބޭރުގެ އެކި ނޫސް ޖަމިއްޔާތަކުން ވެސް ދަނީ އަދަދު ނޫހަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ފިޔަވަޅުތަކަކީ ރާއްޖޭގެ މީޑިއާގެ މިނިވަންކަމާއި އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލަކަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ފާހަގަކުރަމުންނެވެ. ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމަކީ ޑިމޮކްރަސީގެ މުހިންމު އަސާސެއް ކަމަށާއި، މި ހައްގުތަކަށް އުނިކަމެއް ގެނުވުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސްޕްރެސް ފްރީޑަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ވެރިކަމަށް އަންނަން މުއިއްޒު ދެއްކުން އޯކޭ. މުއިއްޒު ވެރިކަމުގައި އެހެން މީހުން ދެއްކުން ގޯސް

ވެރިކަމަށް އަންނަން މުއިއްޒު ދެއްކުން އޯކޭ. މުއިއްޒު ވެރިކަމުގައި އެހެން މީހުން ދެއްކުން ގޯސް

20 ސެޕްޓެމްބަރު 2025
މީޑިއާގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވޭ: ރައީސް މުއިއްޒު

މީޑިއާގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވޭ: ރައީސް މުއިއްޒު

20 ސެޕްޓެމްބަރު 2025
ނޫސްވެރިކަން ކޮންޓްރޯލްކުރާ ކޮމިޝަން ބޮއިކޮޓްކޮށް އެމްޖޭއޭއިން އަމިއްލަ ނިޒާމެއް ހަދަނީ

ނޫސްވެރިކަން ކޮންޓްރޯލްކުރާ ކޮމިޝަން ބޮއިކޮޓްކޮށް އެމްޖޭއޭއިން އަމިއްލަ ނިޒާމެއް ހަދަނީ

19 ސެޕްޓެމްބަރު 2025
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ވަނީ ބަލިވެފަ"

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ވަނީ ބަލިވެފަ"

18 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު