Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިކަމުގެ މިނިވަންކަން

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށްވެސް ވެދާނެ: މުންދު

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ދިޔައީ އެހެން ގައުމުތައް ކުރިއެރުމުން ކަމަށް ވެދާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ނަމަވެސް، ތަފާސްހިސާބުތަކުން ދައްކަނީ ރާއްޖޭގެ ޖުމްލަ ސްކޯ ދަށްވެފައިވާ ކަމަށް. މިގޮތުން މީޑިއާ ކޮންޓްރޯލް ކުރުމަށް ކޮމިޝަނެއް އުފެއްދުމާއި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ގެނައި ބަދަލުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލެމުންދާ ކަމުގެ ހެކިތަކެއް ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ފާހަގަކުރޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އެޕްރީލު 2026 | ބުރާސްފަތި 09:57
މުޙައްމަދު ހުސައިން ޝަރީފް (މުންދު)

މުޙައްމަދު ހުސައިން ޝަރީފް (މުންދު) | ރާއްޖެ އެމްވީ

ނޫސްވެރިކަމުގެ މިނިވަންކަން މިނެކިރުމަށް ބޭނުންކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ގޮސްފައިވަނީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށް ވެސް ވެދާނެކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު އެފަދައިން ވިދާޅުވީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 4 ދަރަޖައަށް ދަށަށް ގޮސްފައިވާތީ އެކަމާ ގުޅިގެން ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ނޫސްވެރިޔާ ވަނީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ކޮމިޝަނެއް އުފެއްދުމާއި، އެއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔަ ސަބަބުތައްކަމަށް ޤަބޫލު ކުރައްވަންތޯ ސުވާލުކޮށްފައެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، މިއަދު މީޑިއާތަކަށް ލިބެމުންދަނީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައިނުވާ ފަދަ ފުރުސަތުތަކެއް ކަމަށެވެ. އަދި ރައީސާއި ކެބިނެޓުވެސް ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ގެންދަވާކަން މުންދު ފާހަގަ ކުރެއްވިއެވެ.

މުންދު ވަނީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދާ ކޮންމެ ފަހަރަކު އެއީ ސަރުކާރުން މައުލޫމާތު ނުދީގެން ދަށަށް ދިއުންކަމަށް ނޫސްވެރިންނަށް ހީވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން މިނެކިރަނީ ހަމައެކަނި ސަރުކާރާއެކު އޮންނަ ގުޅުމުގެ މައްޗަށް އެކަންޏެއް ނޫން ކަމަށެވެ.

މުންދު އެހެން ވިދާޅުވިނަމަވެސް، މިފަހަރުގެ ރިޕޯޓުގައިވެސް ނޫސްވެރިކަމުގެ މިނިވަންކަން މިނެކިރާފައިވާ މިންގަނޑުތަކުގެ ތެރޭގައި ޚަބަރާއި މައުލޫމާތު ފެތުރުމުގައި ސަރުކާރުގެ ނުފޫޒާއި، ފިއްތުންތަކާއި، ކޮންޓްރޯލް އޮތް މިންވަރުގެ އިތުރުން، ނޫސްވެރިންނަށް އޮތް ރައްކާތެރިކަން ފަދަ އެކި ގިންތިތަކަށް ބަލާފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ ގިންތިތަކުން ރާއްޖެ ވަނީ ދަށަށް ގޮސްފައެވެ.

އިންޑެކްސްއެއްގައި ޤައުމެއް 4 ދަރަޖަ ފަހަތަށް ދިއުމަކީ އޭގެ ދަށުގައި އޮތް ޤައުމުތައް ހަތަރު ފަސް، ދިހަ ވަރަކަށް ދަރަޖަ ކުރިއެރުންކަމަށްވެސް ވެދާނެއެއްނު އަޅެ؟
މުޙައްމަދު ހުސައިން ޝަރީފް (މުންދު)

އިންޑެކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ ސްކޯ ވަނީ 52.46 އިން 49.23 އަށް ދަށްވެފަ އެވެ. މި ބަދަލާއެކު ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރާއްޖޭގެ ރޭންކިންއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.

ރިޕޯޓާސް ވިތައުޓު ބޯޑާސް އިން ބުނާގޮތުން މީޑިއާގެ މިނިވަންކަމަށް ގޮންޖެހުމަކަށްވާ ގޮތަށް ހެދި އަބުރުގެ ގާނޫނު ކުރީގެ ސަރުކާރުން އުވާލި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެނައި ބަދަލުތަކުން އެކަން ބަދަލުވެފައިވެ އެވެ. އަދި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނުތަކަށް ގެނައި ބަދަލުތަކާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ކޮމިޝަން އުފެއްދުން ވެސް ފާހަގަކޮށްފައިވެ އެވެ.

 

 

ނޫސްވެރިންގެ ޙައްޤުތައްޕްރެސް ފްރީޑަމް އިންޑެކްސްރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އިތުރަށް ކިޔާލަން

30 އެޕްރީލު 2026

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 4 ދަރަޖަ ދަށަށް ވެއްޓިއްޖެ

30 އެޕްރީލު 2026
ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 4 ދަރަޖަ ދަށަށް ވެއްޓިއްޖެ
30 އެޕްރީލު 2026

ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ

30 އެޕްރީލު 2026
ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ
28 އެޕްރީލު 2026

ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު އާންމުކޮށްފި

28 އެޕްރީލު 2026
ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު އާންމުކޮށްފި
25 އެޕްރީލު 2026

އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް

25 އެޕްރީލު 2026
އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް
18 އެޕްރީލު 2026

500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭ ވާހަކަ، ޗީފް ސްޕޯކްސްޕާސަން މުންދު ދޮގު ކުރައްވައިފި

18 އެޕްރީލު 2026
 500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭ ވާހަކަ، ޗީފް ސްޕޯކްސްޕާސަން މުންދު ދޮގު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު