Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ މުވައްޒަފުން

ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ

ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް ނިމުމުން، ސިޔާސީ މުވައްޒަފުންގެ އަދަދު އާރްޓީއައިއަކާ ނުލައި ހާމަކުރާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެ. ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް އަންގާފައިވާއިރު، މިހާރު ކުރިއަށްދާ އިވެލުއޭޝަންތަކަށްފަހު ސިޔާސީ މަގާމުތަކުގެ އަދަދަށް ބަދަލު އަންނާނެތީ މިވަގުތު ސީދާ އަދަދެއް ހާމަކުރެވެން ނެތްކަމަށް އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 09:20
ސަރުކާރުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ހުސައިން ޝަރީފް (މުންދު) | ރާއްޖެ އެމްވީ

ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ ސަރުކާރުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް މުޅިން ނިމުމުންކަމަށް ސަރުކާރުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައިވާއިރު، ވެރިކަމަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

 އެކި ފަހަރުމަތިން ސަރުކާރުގެ އެކި ބޭފުޅުންނާ ނޫސްވެރިން ސުވާލު ކުރަމުން ދިޔަނަމަވެސް، މިއަދާ ހަމައަށްވެސް އެ އަދަދު ހާމަކޮށްފައިނުވާއިރު، އެކި ފަހަރު ސަރުކާރުން ގެންދިޔައީ އެކި ބަހަނާތައް ދައްކަމުންނެވެ.

ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ނޫސްވެރިއަކު ވަނީ އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ސަރުކާރުގެ "ސައިޒް" ކުޑަ ކުރުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް ޑރ މުޙައްމަދު މުއިއްޒު ހާމަ ކުރައްވާފައިވާ ކަމަށާއި، އެގޮތުގެ މަތިން ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އަދި ސަރުކާރުގެ އެސްއޯއީތަކަށްވެސް މުވައްޒަފުންގެ އަދަދު މަދު ކުރުމަށް މިހާރު އަންގާފައިވާނެކަމަށް މުންދު ވިދާޅުވިއެވެ.

ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، މަޤާމުތަކުން ވަކިކުރާނެ މުވައްޒަފުންގެ އަދަދު އެނގޭނީ މިހާރު ކުރިއަށްދާ ޕާފޯމެންސް ރިޕޯޓްތައް ބަލައި އިވެލުއޭޓް ކުރުމަށްފަހުގައި ކަމަށް މުންދު ވަނީ ފާހަގަ ކުރައްވާފައެވެ.

މުންދު ވިދާޅުވި ގޮތުގައި މުވައްޒަފުންގެ އަދަދުގެ ވާހަކަ ދައްކަންވާނީވެސް އެ މަސައްކަތް ނިމުމުންނެވެ. އަދި އެ މަސައްކަތް ނިމޭ ހިސާބުން އާރްޓީއައިއަކާ ނުލާވެސް އެ ބަދަލުތައް ހާމަ ކުރައްވާނެކަމަށް މުންދު ވިދާޅުވިއެވެ.  

މުންދު ވިދާޅުވީ މިހާރު ސަރުކާރުން އަދަދެއް ދިން ނަމަވެސް މާދަމާ އެ އަދަދު ބަދަލުވުން އެކަށީގެންވާތީ އަދަދުގެ ވާހަކަ ދައްކަންވާނީ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތް މުޅިން ނިމުމުންނެވެ.

އެސްއޯއީތަކަށް އެނގިވަޑައިގަންނަވާނެ މިހާރު ވާނެ އަންގާފައި ތިބި މަޤާމުތަކުގެ އަދަދު ބޮޑުތަނުން މަދުކުރަން ތިންބައިކުޅަ އެއްބައި އަޅުގަނޑު ހަނދާންވަނީ، އެހެންވީމާ ތިންބައިކުޅަ އެއްބައި މަދުކުރާކަމަށްވަންޏާ ސިޔާސީ މަޤާމުތައް މަދުވެގެންވެސް ދާނެ، ހަމަ އެގޮތަށް އެސްއޯއީތަކުގެ އަދަދުވެސް މަދުވެގެންދާނެ، އެހިސާބުން ކަންނޭނގެ އަޅުގަނޑުމެން އަދަދުގެ ވާހަކަ ދައްކަންވާނީ، އެއީ އަޅުގަނޑު މިހާރު މިސާލަކަށް ތިބޭފުޅުންނަށް އަދަދެއް ދަންނަވައިފިއްޔާ ތިބޭފުޅުން ރިޕޯޓު ކުރައްވާއިރު މާދަން އެ އަދަދު މަދުވެފައި އިނދެދާނެ،
ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ އެކި ފަންތީގެ މީހުންނަށް ތަކުރާރުކޮށް ސުވާލުކޮށްގެން ވެސް، ޖަވާބު ނުލިބުނު ސުވާލަކީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ނުކުރަނީ ކީއްވެތޯ ކުރާ ސުވާލެވެ. އެ މީހުންގެ އަދަދާއި ޚަރަދުގެ ތަފްސީލް ދޭނެ މީހަކު ނެތެވެ. އަދި އެ އަދަދު ހާމަކުރުމަށް ނޫސްވެރިން ކުރާ އާދޭހަށް ބީރު ކަންފަތެއް ދޭތީ އެތައް ބަޔަކު ސަރުކާރަށް ފާޑުކިޔާކަންވެސް ފާހަގަ ކުރެވެއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)މުއިއްޒުގެ ވައުދުސިޔާސީ މަގާމުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް

އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް

25 އެޕްރީލު 2026
ނާކާމިޔާބުވުމުން ކެމްޕޭން ޓީމުގެ ބޮލުގައި އިލްޒާމު އެޅުވުމަކީ، ލީޑަރެއްގެ ހުންނަންޖެހޭ އަސާސީ ޒިންމާއަށް ފުރަގަސްދިނުން!

ނާކާމިޔާބުވުމުން ކެމްޕޭން ޓީމުގެ ބޮލުގައި އިލްޒާމު އެޅުވުމަކީ، ލީޑަރެއްގެ ހުންނަންޖެހޭ އަސާސީ ޒިންމާއަށް ފުރަގަސްދިނުން!

19 އެޕްރީލު 2026
ރެފަރެންޑަމް ވޯޓުން ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕޭނު ޓީމުތަކާ ހެދި: ރައީސް

ރެފަރެންޑަމް ވޯޓުން ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕޭނު ޓީމުތަކާ ހެދި: ރައީސް

18 އެޕްރީލު 2026
 500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭ ވާހަކަ، ޗީފް ސްޕޯކްސްޕާސަން މުންދު ދޮގު ކުރައްވައިފި

500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭ ވާހަކަ، ޗީފް ސްޕޯކްސްޕާސަން މުންދު ދޮގު ކުރައްވައިފި

18 އެޕްރީލު 2026
ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެކަމަށް ސަރުކާރުން ބުނި، ނަމަވެސް ސިމެންތި ނުލިބިގެން ތިނަދޫ އެސްޓީއޯގައި އިހުތިޖާޖެއް!

ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެކަމަށް ސަރުކާރުން ބުނި، ނަމަވެސް ސިމެންތި ނުލިބިގެން ތިނަދޫ އެސްޓީއޯގައި އިހުތިޖާޖެއް!

16 އެޕްރީލު 2026

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު