Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮންޓްރޯލް ކޮމިޝަން

ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު އާންމުކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އާންމުކުރި އާ ޤަވާއިދުގެ ދަށުން، ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ރަޖިސްޓްރީ ބާތިލުކުރަން ކޯޓަށް ހުށަހެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވޭ. މީގެ އިތުރުން ވަކިވަކި ނޫސްވެރިންނަށް ނަސޭހަތްތެރިވުމާއި މާފަށް އެދެން އެންގުން ފަދަ ފިޔަވަޅުތައް އެޅޭއިރު، މިއީ މީޑިއާތަކަށް ސަރުކާރުގެ ފިއްތުންތައް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައި ގެނައި ބަދަލެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އެޕްރީލު 2026 | އަންގާރަ 09:26
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

 

ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، އެ ނޫސްތަކުން ގެނެސްދޭ ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އާންމުކޮށްފިއެވެ.

Advertisement - newsAdvertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި، މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ޤަވާއިދުގެ ނަމުގައި މި ޤަވާއިދު އާންމުކޮށް އަމަލު ކުރަން ފަށާފައިވަނީ އަންގާރަ ދުވަހުއެވެ.

މި ޤަވާއިދުގައި ވަނީ ވަކިވަކި ނޫސް މަޖައްލާތަކާއި، ނޫސްވެރިންނާމެދު އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށްފައެވެ. އެގޮތުން ނޫސް މަޖައްލާތައް ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ 5000 ރުފިޔާ އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ނޫސްތަކުން ޝާއިއުކުރާ ބައެއް ކޮންޓެންޓުތައް އާންމުކުރާ ވަސީލަތް ހުއްޓުވުމަކަށް ގެނައުމާއި، ނޫސްތަކުގެ ރަޖިސްޓްރީ ބާތިލު ކުރުމަށް ކޯޓަށް ހުށަހެޅުން ވެސް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ވަކިވަކި ނޫސްވެރިންނާ މެދު ޤަވާއިދުގެ ދަށުން އެޅިދާނެ ފިޔަވަޅުތަކަށް ބަލާއިރު، ޤާނޫނާ ޚިލާފަށް ކުރި ކަމެއް ރަނގަޅު ކުރަން އެންގުމާއި، އާންމުކޮށް މާފަށް އެދެން އެންގުމާއި، ކޮމިޝަނުން އަންގާ ގޮތަކަށް ބަޔާނެއް އާންމު ކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

މި ޤަވާއިދު އާންމުކޮށްފައިވާ ދަނޑިވަޅަކީ މިއީ ރާއްޖޭގެ މީޑިއާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަދެ ރެއިޑްކޮށް، އެ މީޑިއާއާ ގުޅުންހުރި މައްސަލައެއް ބެލުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވާ ދަނޑިވަޅެއްގައި ކޮމިޝަނުން އާންމުކުރި ޤަވާއިދެއްކަން ފާހަގަކޮށްލެވެއެވެ.

 

މީޑިއާ ކޮންޓްރޯލް ކޮމިޝަންނޫސްވެރިންގެ ޙައްޤުތައްނޫސްވެރިކަން

އިތުރަށް ކިޔާލަން

26 މާރިޗު 2026

މީޑީއާތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރު ދިފާއު ކޮށް، ކޮންޓްރޯލް ކޮމިޝަނުން ބަޔާނެއް ނެރެފި

26 މާރިޗު 2026
މީޑީއާތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރު ދިފާއު ކޮށް، ކޮންޓްރޯލް ކޮމިޝަނުން ބަޔާނެއް ނެރެފި
05 ފެބުރުއަރީ 2026

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު
30 އޮކްޓޯބަރު 2025

މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

30 އޮކްޓޯބަރު 2025
މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި
28 އޮކްޓޯބަރު 2025

މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

28 އޮކްޓޯބަރު 2025
މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި
13 އޮކްޓޯބަރު 2025

ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި

13 އޮކްޓޯބަރު 2025
ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު