Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ މުޒާހަރާ

މިސަރުކާރުން ރައްޔިތުންގެ ހައްގުތައް އޮޅާލަމުންދާއިރު، ފުލުހުންގެ ޚިދުމަތުން ބަލަން ތިބެން ނުވާނެ: މައުސޫމް

ރައްޔިތުންގެ ހައްގުތަކާއި ގާނޫނު އަސާސީ ދިފާއު ކުރުމުގައި ފުލުހުންގެ ވާޖިބު އަދާކުރަންޖެހޭ ކަމަށް މައުސޫމް ވަނީ ވިދާޅުވެފައި. އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި ސަރުކާރުން ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށާއި، ނޫސްވެރިން ހާމަކުރާ މައުލޫމާތާ ގުޅިގެން ނޫސްތައް ކުށްވެރިކޮށްގެން ނުވާނެ ކަމަށް. އަދި ރައްޔިތުންގެ ފައިސާއިން މުސާރަދޭ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 އެޕްރީލު 2026 | ބުދަ 06:40
އަންގާރަ ދުވަހު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން.

އަންގާރަ ދުވަހު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން. | އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތައް އޮޅާލަމުންދާއިރު، ފުލުހުންގެ ޚިދުމަތުން ބަލަން ތިބެން ނުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ. ސިލްސިލާ ގޮތެއްގައި މާލޭގައި އެމްޑީޕީން ކުރިއަށް ގެންދިޔާ މި މުޒާހަރާގައި ހުންނަވައި މައުސޫމް ވަނީ ވަރަށް ބޮޑަށް މިސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. 

މައުސޫމް ވިދާޅުވީ ފުލުހުންނަށް މުސާރަ އާއި ހުރިހާ އިނާއަތްތަކުގެ އިތުރުން ހުރިހާ ކަމެއް ކޮށްދެނީ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށާއި، ފުލުހުން ޚާއްސަ އިސްކަމެއް ދިވެހި ރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ.

އެގޮތުން ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ދިފާއު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ހައްގުތައް އޮޅާލަމުންދާއިރު ފުލުހުން މަޑުން ތިބެގެން ނުވާނެ ކަމަށެވެ. 

މީގެ އިތުރުން މައުސޫން ވިދާޅުވީ، ޑިމޮކްރަސީގެ މައިގަނޑު އެންމެ އަސާސަކީ މިނިވަން ނޫސްވެރިކަމާއި، ހިޔާލުފާޅު ކުރުން ކުރުމުގެ މިނިވަންކަން ކަމަށެވެ. އަދި އެމަސައްކަތަށް މިސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރު ފެށިގެން އައީ މީޑީއާ އަށް ވަރަށް ގާތް ސަރުކާރެއްގެ ގޮތުގައި ކަމަށާއި، މިހާރު މުޅި މަންޒަރު ބަދަލުވެފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

އަލަށް ސަރުކާރެއް އައީ. ސޯޝަލް ސެންޓަރުގައި އެބޭފުޅުން ބޭއްވީ މީޑިއާ މަހާސިންތާއެއް. އެކިކުލަކުލައިން ގޮޑިތައް ބަހައްޓާފައި އެކި ކުލަކުލައިން ފަރުދާ ދަމާފައި އެކި ވައްތަރަށް މައިކްތައް ބަހައްޓާފައި. ހުރިހާ އެންމެން އަރާ ވަރަށް ފޮނުއެރުވި. އޭރު ވެސް ހިތަށް އެރި ކިހިނެއް ބާއޭ ނިމެނީ. ރޭގައި އަޅުގަނޑުމެންނަށް މިފެނުނީ އަޅުގަނޑުމެންގެ ނޫސްވެރިކަމަށް އިތުރަށް ގޮންޖެހިތައް. ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކުގެ ތެރެއިން އަޅުގަނޑުމެން އެންމެ ބޮޑަށް ހޯދަން ބޭނުންވާ އެއްޗަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން. 
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް

މައުސޫމް ވިދާޅުވީ ގައުމުގެ ހާލަތު ނޫސްވެރިން ހާމަ ކުރާނެ ކަމަށާއި، ނޫސްތައް ކުށްވެރި ކުރަން ނުޖެހޭ ކަމަށެވެ.

ގާނޫނު އަސާސީގައި ރައްޔިތުންނަށް ރަނގަޅު ތާހިރު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހި ކޮށްދޭއިރު، ފުލުހުން ވެސް ގާނޫނީ ވާޖިބު އަދާކޮށް، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނޫސްވެރިޔާޤާނޫނުއަސާސީނޫސްވެރިކަންކުރީގެ ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

މީޑިއާ އޮފީހެއް ރެއިޑްކުރި ވަގުތު ކޮމިޝަން ހަނު، ކުއްލިއަކަށް ނެރުނު ޤަވާއިދުން ބުނެދިނީ ނޫސްވެރިންގެ ހަރަކާތްތައް ބަލަމުންދާކަމާއި، ނަތީޖާ ހިތިވާނެކަން!

28 އެޕްރީލު 2026
މީޑިއާ އޮފީހެއް ރެއިޑްކުރި ވަގުތު ކޮމިޝަން ހަނު، ކުއްލިއަކަށް ނެރުނު ޤަވާއިދުން ބުނެދިނީ ނޫސްވެރިންގެ ހަރަކާތްތައް ބަލަމުންދާކަމާއި، ނަތީޖާ ހިތިވާނެކަން!
28 އެޕްރީލު 2026

ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު އާންމުކޮށްފި

28 އެޕްރީލު 2026
ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު އާންމުކޮށްފި
25 އެޕްރީލު 2026

މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

25 އެޕްރީލު 2026
މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް
23 އެޕްރީލު 2026

މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

23 އެޕްރީލު 2026
މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް
21 އެޕްރީލު 2026

ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން

21 އެޕްރީލު 2026
ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން
21 އެޕްރީލު 2026

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި

21 އެޕްރީލު 2026
 އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި
20 އެޕްރީލު 2026

އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވިތާ 12 ގަޑިއިރު ނުވަނީސް މުޒާހަރާކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި

20 އެޕްރީލު 2026
އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވިތާ 12 ގަޑިއިރު ނުވަނީސް މުޒާހަރާކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި
20 އެޕްރީލު 2026

ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

20 އެޕްރީލު 2026
ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި
20 އެޕްރީލު 2026

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

20 އެޕްރީލު 2026
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި
16 އެޕްރީލު 2026

އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރޭ: ސުއޫދު

16 އެޕްރީލު 2026
އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރޭ: ސުއޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު