Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮންޓްރޯލް ކޮމިޝަން

މީޑިއާ އޮފީހެއް ރެއިޑްކުރި ވަގުތު ކޮމިޝަން ހަނު، ކުއްލިއަކަށް ނެރުނު ޤަވާއިދުން ބުނެދިނީ ނޫސްވެރިންގެ ހަރަކާތްތައް ބަލަމުންދާކަމާއި، ނަތީޖާ ހިތިވާނެކަން!

އަދަދު ނޫހުގެ ނިއުސްރޫމަށް ފުލުހުން ވަދެ ބަލައި ފާސްކުރި މައްސަލައިގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަނުހުރުމަށްފަހު، ނޫސްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގަވާއިދެއް އާންމުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އެ މުއައްސަސާއަށް ވަނީ އަމާޒުވެފައި. މިއީ ނޫސްވެރިކަން މިނިވަންކުރުމުގެ ބަދަލުގައި ނޫސްވެރިންނަށް ބިރުދައްކައި މީޑިއާތައް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ނޫސްވެރިން ދަނީ ސިފަކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2026 | އަންގާރަ 09:49
ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުން ކޮންޓްރޯލްކުރަން ސަރުކާރުން އުފެއްދި މީޑިއާ ކައުންސިލްގެ މެންބަރުން.

ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުން ކޮންޓްރޯލްކުރަން ސަރުކާރުން އުފެއްދި މީޑިއާ ކައުންސިލްގެ މެންބަރުން. | މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

 

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އުފެއްދީ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް، ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތައް ހަރުދަނާކޮށް، މީޑިއާގެ ދާއިރާ ބަލަހައްޓާ މިނިވަން މުއައްސަސާއަކަށް އެ މުއައްސަސާ ވާނެކަމުގެ ވައުދާއެކުގައެވެ.

އެހެން އެ ވައުދުތަކަކީ އެއްވެސް އޮއްޓަރެއް ނެތް ފޫނެތް ވާހަކަތަކެއްކަމަށް އޭރުވެސް ނޫސްވެރިންނާއި އާންމުން ވެސް ދިޔައީ ބުނަމުންނެވެ. އެކަމުގެ ހެކިތައް މިއަދު ވެސް ދަނީ ފެންނަމުންނެވެ.

އޮންލައިން ނޫހަކުން ހެދި ޑޮކިއުމެންޓަރީއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ނޫހުގެ ނިއުސްރޫމަށް ވަދެ، އެތަން ފޮޓޯނަގައި، ކޮމްޕިއުޓަރު ސިސްޓަމްތައް ޗެކްކޮށް، އަދި އިލެކްޓްރޯނިކް ބައެއް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެ ކޮމިޝަން ކޮބައިތޯ ނޫސްވެރިން ދިޔައީ ސުވާލު ކުރަމުންނެވެ.

އެންމެ ކުޑަމިނުން އެ ކޮމިޝަނުން އެކަމުގައި ބުނަނީ ކީކޭތޯ ބަލަން ނޫސްތަކުން އެހުމުން ވެސް ކޮމިޝަން އިސްކުރީ ހަނު ހުރުމަށެވެ. މީޑިއާގެ މިނިވަންކަން ދިފާއުކޮށް ނެރުނު ކުއްލި ބަޔާނެއް ނެތެވެ. ނިއުސްރޫމަކަށް ފުލުހުން ވަނުމުން އެކަމާ ކަންބޮޑުވުން ފާޅެއް ނުކުރެއެވެ. ބިރުވެރިކަމެއްގެ ތެރޭގައި މަސައްކަތް ކުރަމުންދާ ނޫސްވެރިންނަށް ދިން އެއްވެސް ޔަގީންކަމެއް ނެތެވެ. އޮތީ ހަމައެކަނި ހަނުހުރުމެވެ.

މިހާރު، އެ ހަނުހުރުމުގެ މާނަ ދަނީ ސާފުވަމުންނެވެ.

އަދަދު ނޫހަށް ފުލުހުން ވަނުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ހަމަ އެ ދަނޑިވަޅު  ކޮމިޝަނުން ވަނީ މީޑިއާގެ މަސައްކަތްތެރިންނާ ގުޅޭ ޝަކުވާތައް ބަލާނެ ގާނޫނީ އޮނިގަނޑު އާންމުކޮށްފައެވެ. ކޮމިޝަނުން އާންމު ކުރި ޤަވާއިދަކީ ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދެވެ.

ދެން ނޫސްވެރިން ދެކެންވީ މިއީ އިއްތިފާޤެއްކަމަށްތޯއެވެ؟ ނޫނެކެވެ. މިއީ ނޫސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން ދިން އިންޒާރެކެވެ. މިއީ ގަސްދުގައި ދިން މެސެޖެކެވެ. އެއީ ނޫސްވެރިންގެ ހަރަކާތްތައް ބަލަމުންދާ ކަމުގެ މެސެޖެކެވެ. ފާޑުކިޔައިފިނަމަ އޭގެ ނަތީޖާ ހިތްދަތިވާނެ ކަމުގެ މެސެޖެކެވެ. އަދި ނޫސްވެރިކަން ރެގިއުލޭޓް ކުރުމުގެ ބާރު، ބިރުދެއްކުމުގެ ހަތިޔާރަކަށް ބަދަލުވެފައިވާ ކަމުގެ މެސެޖެކެވެ.

ރާއްޖޭގެ ގިނަ ނޫސްވެރިން އެ މުއައްސަސާއަށް "މީޑިއާ ކޮމިޝަން" ކިޔުމުގެ ބަދަލުގައި ކިޔަމުންދަނީވެސް "ކޮންޓްރޯލް ކޮމިޝަން" އެވެ. އެކަން ކޮމިޝަންގެ އަމަލުތަކުންވެސް ސާފުކޮށް ދަނީ ފެންނަމުންނެވެ.

މި ނަން އެ މުއައްސަސާއަށް ނިސްބަތްވީ އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ.

ހަގީގީ މިނިވަން ކޮމިޝަނެއް ނަމަ، އެއް ހަގީގަތެއް ގަބޫލުކުރާނެއެވެ. އެއީ ނޫސްވެރިންނަށް ބިރުދައްކައި ހިސާރު ކުރަމުންދާއިރު، ހަނުހުރެގެން ނޫސްވެރިކަމުގެ މިންގަނޑުތައް ދިފާއު ނުކުރެވޭނެ ކަމެވެ. އެ ކޮމިޝަނުގެ ވާޖިބަކީ ނޫސްވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމެއް ނޫނެވެ.

މީޑިއާ ކޮންޓްރޯލް ކޮމިޝަންނޫސްވެރިކަންނޫސްވެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު އާންމުކޮށްފި

ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު އާންމުކޮށްފި

28 އެޕްރީލު 2026
މަހުލޫފްގެ ބަހުގެ ހަމަލާއެއް ނޫސްވެރިންނަށް: ހަނގުރާމައާ ގުޅިގެން ތެޔޮ ފީފާގެ އަގު 200 ޑޮލަރަށް ވުރެ މަތިވޭތޯ ނޫސްވެރިން ދަނީ އަތް އުފުލާ ދުއާ ކުރަމުން!

މަހުލޫފްގެ ބަހުގެ ހަމަލާއެއް ނޫސްވެރިންނަށް: ހަނގުރާމައާ ގުޅިގެން ތެޔޮ ފީފާގެ އަގު 200 ޑޮލަރަށް ވުރެ މަތިވޭތޯ ނޫސްވެރިން ދަނީ އަތް އުފުލާ ދުއާ ކުރަމުން!

18 އެޕްރީލު 2026
މީޑީއާތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރު ދިފާއު ކޮށް، ކޮންޓްރޯލް ކޮމިޝަނުން ބަޔާނެއް ނެރެފި

މީޑީއާތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރު ދިފާއު ކޮށް، ކޮންޓްރޯލް ކޮމިޝަނުން ބަޔާނެއް ނެރެފި

26 މާރިޗު 2026
އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު