Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކޮމިޝަން

ކޮމިޝަންގައި ދަފްތަރު ކުރާ އެޑިޓަރަކު ހުންނަން ޖެހޭ ގޮތަށް ހަމަޖައްސާ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ އާ ގަވާއިދު އެކުލަވާލައިފި

އެ ގަވާއިދު ބުނާ ގޮތުން ނޫސްމަޖައްލާގެ ރަޖިސްޓްރީ ކޮންމެ 5 އަހަރަކުން އާ ކުރަން ޖެހޭ އިރު މުއްދަތު ހަމަވުމުގެ 90 ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 28 އެޕްރީލު 2026 | އަންގާރަ 14:10
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ

މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ | ރާއްޖެއެމްވީ

މީޑިއާ ކޮމިޝަންގައި ދަފްތަރު ކުރާ އެޑިޓަރަކު ހުންނަން ޖެހޭ ގޮތަށް ހަމަޖައްސައި ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ އާ ގަވާއިދު އެކުލަވާލައިފި އެވެ.

މީޑިއާ ކޮމިޝަންގެ ގާނޫނުގެ ދަށުން އެކުލަވާލާ އާއްމު ކުރަން ޖެހޭ ޤަވާއިދުތައް އެއްފަހަރާ އެކުލަވާލުމަށް ފަހު އަންގާރަ ދުވަހު އެ ގަވާއިދުތައް ކޮމިޝަނުން ވަނީ އާއްމު ވެސް ކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައިވާ 3 ގަވާއިދަކީ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދާއި، މީޑިއާ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގަވާއިދުގެ އިތުރުން އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން "ނޫސް މަޖައްލާ" ރެޖިސްޓްރީކުރުމުގެ ގަވާއިދު އެކުލަވަލާފައިވާ ގޮތަށް ބަލާ އިރު، ދެން ނޫސް މަޖައްލާ ރަޖިސްޓްރީރުމަށް ހުށަހެޅޭނީ އެ ގަވާއިދުގެ ޖަދުވަހު 1ގައިވާ ފޯމް ކޮމިޝަނަށް ހުށަހަޅައިގެންނެވެ. ނޫސް މަޖައްލާ ރެޖިސްޓްރީކުރުމުގެ ގަވާއިދު އެކުލަވާލާފައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުންނެވެ. 

އެ ގަވާއިދު ބުނާ ގޮތުން ނޫސްމަޖައްލާގެ ރަޖިސްޓްރީ ކޮންމެ 5 އަހަރަކުން އާ ކުރަން ޖެހޭ އިރު މުއްދަތު ހަމަވުމުގެ 90 ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ. މި ގަވާއިދުގެ މައިގަނޑު މަޤްސަދަކީ ނޫސް މަޖައްލާ އާއި އެފަދަ ތަކެތި ރަޖިސްޓްރީކޮށް ޝާއިއުކުރުމުގައި އަމަލުކުރާނެ ހަމަތައް ދެ ފުށް ފެންނަ ގޮތަށް ބަޔާންކުރުމެވެ. މި ގަވާއިދު ބުނާ ގޮތުން 4 ބާވަތަަކަށް މަޖައްލާގެ ޚިދުމަތްތައް ބެހިގެން ދެ އެވެ. އޭގެ ތެރޭގައި ނޫސް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖަރނަލް ހިމެނެ އެވެ. ޚިދުމަތް ފޯރުކޮށްދިނުމުގައި ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ ފަދަ ވަސީލަތްތައް ބޭނުން ކުރެވިދާނެ ކަަމަށް އާ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ ދިވެހިރާއްޖޭގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ނޫހެއް ނުވަތަ މަޖައްލާ އެއް ޝާއިއުކުރަން ވާނީ ކޮމިޝަންގައި ރަޖިސްޓްރީކޮށްގެން ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި، ސަރުކާރުގެ އިދާރާތަކުން ހަމައެކަނި އެ ތަނެއްގެ މުވައްޒަފުންނަށް ނުވަތަ މެމްބަރުންނަށް އަމާޒުކޮށް ނެރޭ ލިޔުންތައް މި ރަޖިސްޓްރީ އިން އިސްތިސްނާ ވާނެ އެވެ. 

އެ ކޮމިޝަނުން ބުނެފައި ވަނީ މި ގަވާޢިދު ޝާއިއު ކުރާތަ 6 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ރެކޯޑްތައް އަދާހަމަ ކުރަން ވާނެ ކަމަށެވެ. އަދި ކޮންމެ ނޫސް މަޖައްލާއަކުން ވެސް ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓް ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ވަނީ ލާޒިމްކޮށްފަ އެވެ. 

މީޑިއާ ކޮމިޝަންމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންޑަބްލިއު މޯލްޑިވްސް

އިތުރަށް ކިޔާލަން

21 އެޕްރީލު 2026

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިންތިޚާބް ކުރުމުގައި ދިވެހި މިޝަން އިން "އަކުން ބަކުން" ކުޅެފި

21 އެޕްރީލު 2026
އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިންތިޚާބް ކުރުމުގައި ދިވެހި މިޝަން އިން "އަކުން ބަކުން" ކުޅެފި
16 އެޕްރީލު 2026

ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

16 އެޕްރީލު 2026
ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
30 މާރިޗު 2026

ނިދާފައި އޮތް ކޮންޓްރޯލް ކޮމިޝަނުން އިންތިހާބާއި ގުޅުވައި ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިނެއް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

30 މާރިޗު 2026
ނިދާފައި އޮތް ކޮންޓްރޯލް ކޮމިޝަނުން އިންތިހާބާއި ގުޅުވައި ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިނެއް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
26 މާރިޗު 2026

މީޑީއާތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރު ދިފާއު ކޮށް، ކޮންޓްރޯލް ކޮމިޝަނުން ބަޔާނެއް ނެރެފި

26 މާރިޗު 2026
މީޑީއާތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރު ދިފާއު ކޮށް، ކޮންޓްރޯލް ކޮމިޝަނުން ބަޔާނެއް ނެރެފި
20 ފެބުރުއަރީ 2026

ރާއްޖޭގައި ތަރައްގީކުރާ "ޓްރަމްޕް ރިސޯޓް" މަޝްރޫއުގެ އިންވެސްޓަރުންނަށް ބްލޮކްޗެއިން މެދުވެރިކޮށް ޓޯކަން ގަތުމުގެ ފުރުސަތު ހުޅުވާލައިފި

20 ފެބުރުއަރީ 2026
ރާއްޖޭގައި ތަރައްގީކުރާ "ޓްރަމްޕް ރިސޯޓް" މަޝްރޫއުގެ އިންވެސްޓަރުންނަށް ބްލޮކްޗެއިން މެދުވެރިކޮށް ޓޯކަން ގަތުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު