Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އާސެނަލް އަށް އެންމެ މުހިންމީ ލީޑު ހިފެހެއްޓުން: އާޓެޓާ

އާޓެޓާ ބުނީ، ކޮންމެ މެޗަކުން ވެސް މޮޅުވާން ޖެހޭ ކަމަށާއި، އެއީ އާސެނަލް އިން ހާސިލު ކުރަން ބޭނުންވާ ނަތީޖާ ހާސިލު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް. އަމިއްލަ ދަނޑުގައި ކުޅެން ޖެހުނު ނަމަވެސް، އެވަޓަން މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށާއި، އާސެނަލް އިން ގިނަ ކަންތައް ތަަކަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އާޓެޓާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 04:56
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ނިކުންނައިރު، އާސެނަލް އަށް އެންމެ މުހިންމީ އެއް ވަނައިގައި އެ ޓީމުގެ ލީޑު ހިފެހެއްޓުން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ އެހެން ބުނެފައި ވަނީ، ހޮނިހިރު ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު، އެއް ވަނައިގައި އާސެނަލް ހަތް ޕޮއިންޓުގެ ލީޑަކާ އެކު އޮތީ، ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.

އާޓެޓާ ބުނީ، ކޮންމެ މެޗަކުން ވެސް މޮޅުވާން ޖެހޭ ކަމަށާއި، އެއީ އާސެނަލް އިން ހާސިލު ކުރަން ބޭނުންވާ ނަތީޖާ ހާސިލު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަމިއްލަ ދަނޑުގައި ކުޅެން ޖެހުނު ނަމަވެސް، އެވަޓަން މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށާއި، އާސެނަލް އިން ގިނަ ކަންތައް ތަަކަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އާޓެޓާ ބުންޏެވެ.

އެއް ވަނައިގައި އާސެނަލްގެ ލީޑު ހިފެހެއްޓުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، ކުރިމަތީގައި ދެން އޮތް ކޮންމެ މެޗަކީ ވެސް އެހާ މުހިންމު މެޗެއް ކަމަށެވެ. އެހެންކަމުން އެވަޓަންއާ ދެކޮޅަށް ވެސް ނިކުންނަނީ ތިން ޕޮއިންޓު ހޯދުމުގެ އަޒުމުގައި ކަމަށް ފާހަގަކޮށް އާޓެޓާ ބުނީ، ތިން ޕޮއިންޓު ހޯދިއްޖެ ނަމަ އާސެނަލް ބޭނުންވާ ނަތީޖާއާ ކައިރި އަށް ޖެހިލެވޭނެ ކަމަށެވެ. 

އެވަޓަންގެ މެޗުގެ ކުރިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅެ، އެއްވަރުވި މެޗަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ އެ މެޗުގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކަމަށެވެ. ނަމަވެސް، އަލުން އަނެއްކާ އެ ވާހަކަ ދައްކާނެ ވަގުތެއް ނެތް ކަމަށާއި، މާޒީ އަށް ބަަލަހައްޓައިގެން ތިބެވެން ނެތް ކަމަށް ވެސް އާޓެޓާ ބުންޏެވެ. 

އެވަޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިކުންނައިރު، ލީގު ތާވަލްގެ އެއް ވަނައިގައި އާސެނަލް އޮތީ މިހާތަނަށް ކުޅެފައިވާ 30 މެޗުން 67 ޕޮއިންޓާ އެކު އެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 60 ޕޮއިންޓެވެ.

އާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ލެވަކޫސަން ކައިރިން އާސެނަލް ސަލާމަތްވީ ފަހު ވަގުތު ޖެހި ޕެނަލްޓީ އިން

ލެވަކޫސަން ކައިރިން އާސެނަލް ސަލާމަތްވީ ފަހު ވަގުތު ޖެހި ޕެނަލްޓީ އިން

12 މާރިޗު 2026
އެފްއޭ ކަޕް: މެންސްފީލްޑް ޓައުން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލް އަށް

އެފްއޭ ކަޕް: މެންސްފީލްޑް ޓައުން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލް އަށް

08 މާރިޗު 2026
ބްރައިޓަން ބަލިކޮށް، އާސެނަލް އަށް ހަތް ޕޮއިންޓުގެ ލީޑެއް.

ބްރައިޓަން ބަލިކޮށް، އާސެނަލް އަށް ހަތް ޕޮއިންޓުގެ ލީޑެއް.

05 މާރިޗު 2026
ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

02 މާރިޗު 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ޓޮޓެންހަމް ބަލިކޮށް، އާސެނަލް ލީޑުގައި

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ޓޮޓެންހަމް ބަލިކޮށް، އާސެނަލް ލީޑުގައި

23 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު