Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޕުޓިންއާ ބައްދަލު ކުރެއްވުމަށް، އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ރަޝިޔާ އަށް

އިރްނާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަރާގްޗީ މިހާރު ވަނީ ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް އަށް ވަޑައިގެންފައި. މި ދަތުރުފުޅުގައި އަރާގްޗީ ދަތުރު ކުރެއްވި ފްލައިޓަށް ދީފައިވާ ކްލޯސައިން އަކީ، މިނާބް 168.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އެޕްރީލު 2026 | ހޯމަ 03:49
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ރަޝިޔާ އަށް ވަޑައިގެންފި އެވެ. 

އިރްނާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަރާގްޗީ މިހާރު ވަނީ ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް އަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގައި އަރާގްޗީ ދަތުރު ކުރެއްވި ފްލައިޓަށް ދީފައިވާ ކްލޯސައިން އަކީ، މިނާބް 168 އެވެ. މިއީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އީރާންގެ މިނާބް ސިޓީގެ އެލިމެންޓްރީ ސްކޫލް އަކަށް އެމެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާގައި ޝަހީދުވީ ކުޑަ ކުދިންގެ ހަނދާނުގައި ދީފައިވާ ނަމެކެވެ.

ރަޝިޔާ އަށް އަރާގްޗީ ކުރައްވާ ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރައްވާނެ އެވެ. މިއީ ދެ ޤައުމުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މުހިންމު މަައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޚާއްސަކޮށް ރަޝިޔާގެ ރައީސް ޕުޓިންއާ އެކު ބާއްވާ ބައްދަލުވުމުގައި ދެ ޤައުމުގެ އިސްތިރާތީޖީ ގުޅުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަަމަށް ބެލެވެ އެވެ. 

އީރާން އިން ބުނި ގޮތުގައި މި ދަތުރުފުޅަކީ، ދެ ޤައުމުގެ ދެ މެދުގައި އޮންނަ ސިޔާސީ އަދި އިޤްތިޞާދީ ގުޅުންތައް އައު ހަރުފަތަކަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. އަދި މިއީ ދާދި ފަހުން ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދެ ޤައުމުގެ މެދުގައި އޮންނަ އިތުބާރު ބަދަހި ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި ވެސް އެ އެޖެންސީ އިން ވަނީ ސިފަ ކޮށްފަ އެވެ. 

މި ދަތުރުފުޅުގައި ބޭނުން ކުރި ކްލޯސައިންގެ ސަބަބުން، ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ދަތުރުފުޅަށް ހުއްޓިފަ އެވެ. މިއީ ހަމަލާ ތަކުގައި ޝަހީދުވީ ކުޑަ ކުދިންގެ ހައްގުގައި ބައިނަލްއަޤުވާމީ މައިދާނުގައި އަޑު އުފުލުމުގެ ގޮތުން އީރާން އިން ބޭނުން ކުރި ރަމްޒީ އުސޫލެއް ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-ރަޝިޔާއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި

27 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި
26 އެޕްރީލު 2026

އަރާގްޗީގެ ޕާކިސްތާން ދަތުރުފުޅާ ނިއުކްލިއާއާ އެއްވެސް ގުޅުމެއް ނެތް ކަމށް އީރާން އިން ބުނެފި

26 އެޕްރީލު 2026
އަރާގްޗީގެ ޕާކިސްތާން ދަތުރުފުޅާ ނިއުކްލިއާއާ އެއްވެސް ގުޅުމެއް ނެތް ކަމށް އީރާން އިން ބުނެފި
26 އެޕްރީލު 2026

އީރާން އިން ރަތް ރޮނގު ކަނޑައަޅައި، ޕާކިސްތާން މެދުވެރިކޮށް އެކަން އަންގައިފި

26 އެޕްރީލު 2026
އީރާން އިން ރަތް ރޮނގު ކަނޑައަޅައި، ޕާކިސްތާން މެދުވެރިކޮށް އެކަން އަންގައިފި
25 އެޕްރީލު 2026

އެމެރިކާގެ ޝަރުތު ތަކަަށް އެއްބަސްވެވޭ ހުށަހެޅުން ހުށަހަޅަން އީރާން އިން ދަނީ ތައްޔާރުވަމުން: ޓްރަމްޕް

25 އެޕްރީލު 2026
އެމެރިކާގެ ޝަރުތު ތަކަަށް އެއްބަސްވެވޭ ހުށަހެޅުން ހުށަހަޅަން އީރާން އިން ދަނީ ތައްޔާރުވަމުން: ޓްރަމްޕް
24 އެޕްރީލު 2026

ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ހުކުރު ދުވަހުގެ ރޭ އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

24 އެޕްރީލު 2026
ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ހުކުރު ދުވަހުގެ ރޭ އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު