Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ މެދު ޓްރަމްޕް ހިތްހަމައެއް ނުޖެހޭ

އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހު އެމެެރިކާގެ ރައީސް ޓްރަމްޕް ވަނީ، އޭނާގެ މަޝްވަރާދޭ ބޭފުޅުންނާ ބައްދަލު ކުރައްވާފައި. އަދި އެ ބައްދަލުވުމުގައި، އީރާންގެ ހުށަހެޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ޓްރަމްޕް ހާމަ ކުރައްވާފައިވާ ކަމަށް ވެސް އެ އޮފިޝަލު ވަނީ މައުލޫމާތު ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އެޕްރީލު 2026 | އަންގާރަ 08:04
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް، އީރާން އިން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްހަމަ ޖެހި ވަޑައި ނުގަންނަވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ބުނެފި އެވެ. 

އީރާން އިން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމުގައި ބުނެފައި ވަނީ، ހަނގުރާމަ ނިމެންދެން އަދި ގަލްފުން އުޅަނދު ފަހަރު ދަތުރު ކުރުމާ ބެހޭ ކަންކަން ހައްލު ވަންދެން އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ބެހޭ މަޝްވަރާތައް ފަސް ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، މިއީ އެމެރިކާ އަށް ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެމެރިކާ އިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން އަންނަނީ، އީރާންގެ ނިއުކްލިއާ މައްސަލަ ހައްލު ކުރަން ޖެހޭނެ ކަމަށެވެ. 

އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހު އެމެެރިކާގެ ރައީސް ޓްރަމްޕް ވަނީ، އޭނާގެ މަޝްވަރާދޭ ބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި، އީރާންގެ ހުށަހެޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ޓްރަމްޕް ހާމަ ކުރައްވާފައިވާ ކަމަށް ވެސް އެ އޮފިޝަލު ވަނީ މައުލޫމާތު ދީފަ އެވެ. 

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ އެމެރިކާ އިން މީޑިއާގެ ޒަރިއްޔާ އިން މަޝްވަރާ ނުކުރާނެ ކަމަށެވެ. އަދި އެމެރިކާގެ ރަތް ރޮނގުތައް ކަށަވަރުކޮށް ހާމަ ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. 

2025 ވަނަ އަހަރު އީރާން އާއި އެމެރިކާ ހިމެނޭ ގޮތުން އެހެން ޤައުމުތަކާ ދެމެދު ވެފައިވާ އެއްބަސްވުމަކުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަށް ބޮޑެތި ހުރަސް ތަކެއް އެޅިގެން ދިޔަ އެވެ. އީރާން އިން އަބަދު ވެސް ބުނަމުން އަންނަނީ އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް އަކީ ސުލްޙަވެރި އަދި އެ ޤައުމުގެ ރައްޔިތުންގެ ބޭނުން ތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ނަމަވެސް، ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި ވަނީ އެ އެއްބަސްވުމުން ވަކިވެފަ އެވެ. 

ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތްތައް އަލުން ފެށުމުގެ އުންމީދުތައް ކުޑަވެގެން ދިޔައީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަރިކަލުން ޖެރާޑް ކުޝްނާ ޕާާކިސްތާން އަށް ކުރައްވަން އޮތް ދަތުރުފުޅު ޓްރަމްޕް ކެންސަލް ކުރެއްވުމާ އެކު އެވެ. އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ، މިދިޔަ ދުވަސް ތަކުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޕާކިސްތާނަށް ވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން ހޯމަ ދުވަހު ވަނީ ރަޝިޔާ އަށް ވެސް ވަޑައިގެންފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

27 އެޕްރީލު 2026
ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި
27 އެޕްރީލު 2026

ޕުޓިންއާ ބައްދަލު ކުރެއްވުމަށް، އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ރަޝިޔާ އަށް

27 އެޕްރީލު 2026
ޕުޓިންއާ ބައްދަލު ކުރެއްވުމަށް، އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ރަޝިޔާ އަށް
27 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި

27 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި
26 އެޕްރީލު 2026

އަރާގްޗީގެ ޕާކިސްތާން ދަތުރުފުޅާ ނިއުކްލިއާއާ އެއްވެސް ގުޅުމެއް ނެތް ކަމށް އީރާން އިން ބުނެފި

26 އެޕްރީލު 2026
އަރާގްޗީގެ ޕާކިސްތާން ދަތުރުފުޅާ ނިއުކްލިއާއާ އެއްވެސް ގުޅުމެއް ނެތް ކަމށް އީރާން އިން ބުނެފި
26 އެޕްރީލު 2026

އީރާން އިން ރަތް ރޮނގު ކަނޑައަޅައި، ޕާކިސްތާން މެދުވެރިކޮށް އެކަން އަންގައިފި

26 އެޕްރީލު 2026
އީރާން އިން ރަތް ރޮނގު ކަނޑައަޅައި، ޕާކިސްތާން މެދުވެރިކޮށް އެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު