Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގޮނޑި ގެއްލޭ އިސްލާޙު

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާޙު 20 ވަނަ މަޖިލީހަށްވެސް ހިނގާނެ: ސުޕްރީމް ކޯޓު

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހަށް ތަތުބީގު ނުކުރެވޭނެ ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ އެ އިސްލާހު މިހާރުގެ މަޖިލީހަށް ވެސް ހިނގާނެ ކަމަށް. އުއްތަމަފަނޑިޔާރުގެ ރައުޔުގައި ފާހަގަކުރެއްވި ގޮތުގައި، މަދަނީ ގާނޫނުތައް މާޒީއަށް ނުހިނގާނެ ކަމަށް ބުނާ ހަރުކަށި އުސޫލެއް ނެތް ކަމުން، ގާނޫނުއަސާސީއަށް ގެނައި 6 ވަނަ އިސްލާހު މިހާރުގެ މެންބަރުންގެ މައްޗަށް ވެސް ލާޒިމުވާނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 09:24
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ. | ރާއްޖެ އެމްވީ

މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ އިސްލާޙު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ހިނގާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. 

Advertisement - newsAdvertisement

މި މައްސަލައިގައި މައިގަނޑު 2 ރައުޔެއް އިއްވިއެވެ. އެއީ އުއްތަމަފަނޑިޔާރުގެ ރައުޔާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދުގެ ރައުޔެވެ. ބާކީ ތިއްބެވި ހުރިހާ ފަނޑިޔާރުން ތާއީދު ކުރެއްވީ އުއްތަމަފަނޑިޔާރުގެ ރައުޔަށެވެ. 

އަލީ ހުސައިންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި އެދިފައިވަނީ ޤާނޫނުއަސާސީއަށް މިހާރު ގެނެސްފައިވާ އިސްލާޙަކީ 20 ވަނަ މަޖިލީހަށް ތަތުބީޤު ނުކުރެވޭނެ އިސްލާޙެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

 އެ ނުކުތާގައި އުއްތަމަފަނޑިޔާރު ވިދާޅުވީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ބަލާއިރު އާންމުކޮށް މަޖިލީހުން ހަދާ ޤާނޫނުތަކާއި ޤަވާއިދުތައް ހަދަނީ އެ ޤާނޫނުތައް ހަދާ ހިސާބުން ކުރިއަށް އޮތް ތަނަށް ތަތުބީޤު ކުރާ ގޮތަށް ކަމަށެވެ. އަދި ޖިނާއީ ޤާނޫނުތައް މާޒީއަށް ހިނގައިގެން ނުވާނެކަމަށް ބުނާ ފަދަ ހަރުކަށި އުސޫލެއް މަދަނީ ޤާނޫނުތަކާ ގުޅޭގޮތުން ނެތްކަން އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

އެހެންކަމުން ޤާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާޙު މިހާރު ހިނގަމުންދާ މަޖިލީހަށްވެސް ހިނގާނެކަމަށް އުއްތަމަފަނޑިޔާރު އެ ނުކުތާގައި ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު މަޖިލިސް ޖަލްސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

29 އެޕްރީލު 2026
ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޝަރުތުތަކާއެކު ހަމަޖައްސައިފި

ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޝަރުތުތަކާއެކު ހަމަޖައްސައިފި

27 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

27 އެޕްރީލު 2026
ފަނޑިޔާރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ތަހުގީގެއް ހިންގާކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް، އޭސީސީ ބަހަބަރު!

ފަނޑިޔާރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ތަހުގީގެއް ހިންގާކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް، އޭސީސީ ބަހަބަރު!

27 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!

26 އެޕްރީލު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު