Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެކި ބެލުމުގެ އިންތިޒާމު

ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޝަރުތުތަކާއެކު ހަމަޖައްސައިފި

ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ދިފާއަށް ބަލައި ދިރާސާކުރެވޭނެ ލިޔުންތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ބެލޭނެ އިންތިޒާމު އެ އޮފީހުން މިހާރު ވަނީ ހަމަޖައްސައިފައި. ސުޕްރީމް ކޯޓުގެ ނިންމުމަކާ ގުޅިގެން އެކުލަވައިލި މި އުސޫލުގެ ދަށުން، ކޯޓުން އަމުރުކޮށްފި ނަމަ ޚާއްސަ ފޯމެއް މެދުވެރިކޮށް އެ ފުރުސަތަށް އެދި ހުށަހެޅޭނެ. މި އިންތިޒާމު ކުރިއަށްގެންދާނީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ މިންވަރަށް، އެކަމަށް ޚާއްސަކުރެވިފައިވާ ތަނެއްގައި.

މަޚްތޫމް
މަޚްތޫމް | 27 އެޕްރީލު 2026 | ހޯމަ 14:09
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް | ރާއްޖެއެމްވީ

ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުތުތަކާއެކު ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނީ މި އިންތިޒާމު ހަމަޖެއްސީ ފަސޭހަ އަދި ލުއި އިންތިޒާމެއްގެ ދަށުން ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން މައްސަލަ ބައްލަވާ ފަނޑިޔާރު ކަނޑައަޅުއްވާ ޝަރުތުތަކާއެކު ބަލައި ދިރާސާކުރުމުގެ ފުރުސަތު ދިފާޢަށް ލިބިދޭ ލިޔުންތައް ބެލޭނެ ގޮތަށް ކަމަށެވެ. މި އިންތިޒާމު، މިމަހުގެ ފަންސަވީހުން ފެށިގެން ހަމަޖައްސައިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ދެހާސް ސައްބީސް ސީ އޭ ނުވަ ވަނަ ޤަޟިއްޔާގެ ނިންމުމުގައި ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިކުރެވޭ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާނަމަ ކަނޑައެޅޭ ހަރުދަނާ އުސޫލުތަކާއި ޝަރުތުތަކާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ނުވަތަ ކޯޓަށް ޤަބޫލުކުރެވޭ ދައުލަތުގެ އިދާރާއެއްގައި އެ އިންތިޒާމު ހަމަޖެއްސުމަށް އެންގުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މަޤްސަދު ޙާސިލުވާނޭހެން މި އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުންޏެވެ.

މިކަން ކުރިއަށްގެންދާނީ ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުތުތަކާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

މި އުސޫލުގެ ދަށުން ދަޢުވާލިބޭ ފަރާތަށް ލިޔުންތައް ދެއްކުމުގެ އިންތިޒާމު އެ އޮފީހުން ހަމަޖެއްސުމަށް ކޯޓަކުން އަމުރުކޮށްފިނަމަ އެ އިންތިޒާމު ހަމަޖެއްސުމަށް އެދި ހުށަހަޅާނީ މިކަމަށް ޚާއްސަކޮށްފައިވާ ފޯމުންނެވެ. އެ ފޯމަކީ ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކި ބަލައި ދިރާސާކުރުމަށް އެދި ހުށަހަޅާ ފޯމެވެ.

އެ އުސޫލާއި ފޯމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މި އުސޫލުގެ ދަށުން ދިރާސާކުރުމުގެ ފުރުސަތު ދެވޭނީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ހެކިތައް އެކަމަށް ޚާއްސަކުރެވިފައިވާ ތަނެއްގައި އެ އަމުރުގައި ބަޔާންކޮށްފައިވާ މިންވަރަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވެ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްސުޕްރީމް ކޯޓުހެކި ރައްކާތެރިކުރުމުގެ އަމުރު

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

27 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި
27 އެޕްރީލު 2026

ފަނޑިޔާރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ތަހުގީގެއް ހިންގާކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް، އޭސީސީ ބަހަބަރު!

27 އެޕްރީލު 2026
ފަނޑިޔާރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ތަހުގީގެއް ހިންގާކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް، އޭސީސީ ބަހަބަރު!
26 އެޕްރީލު 2026

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!

26 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!
21 އެޕްރީލު 2026

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

21 އެޕްރީލު 2026
ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
21 އެޕްރީލު 2026

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

21 އެޕްރީލު 2026
ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ
19 އެޕްރީލު 2026

ގޮނޑި ގެއްލޭ މައްސަލަ ނިމެންދެން މެމްބަރުންނާއި މައްސަލަ ބަލާ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުން ހުއްޓުވުމަށް އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެނުދިން!

19 އެޕްރީލު 2026
ގޮނޑި ގެއްލޭ މައްސަލަ ނިމެންދެން މެމްބަރުންނާއި މައްސަލަ ބަލާ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުން ހުއްޓުވުމަށް އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެނުދިން!
14 އެޕްރީލު 2026

ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެއް: އަލީ ހުސައިން

14 އެޕްރީލު 2026
ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެއް: އަލީ ހުސައިން
14 އެޕްރީލު 2026

ގޮނޑި ގެއްލޭ އިސްލާޙުގެ އަޑުއެހުން: 13 މަހަށް ފަހު ސުޕްރީމް ކޯޓުގައި އަނެއްކާވެސް ކުރިއަށް!

14 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙުގެ އަޑުއެހުން: 13 މަހަށް ފަހު ސުޕްރީމް ކޯޓުގައި އަނެއްކާވެސް ކުރިއަށް!
13 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

13 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި
13 އެޕްރީލު 2026

މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

13 އެޕްރީލު 2026
މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު