Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުންގެ ތަހުގީގު

ފަނޑިޔާރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ތަހުގީގެއް ހިންގާކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް، އޭސީސީ ބަހަބަރު!

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް އޭސީސީން ބަލަން ފެށުމާއެކު އެ ބޭފުޅުން ސަސްޕެންޑު ކުރި ނަމަވެސް، އަހަރަކަށްވުރެ ގިނަ ދުވަސްވީއިރުވެސް އެއްވެސް ސުވާލެއް ކޮށްފައިނުވޭ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ނުގޮސް އޮއްވައި އޭގެ ތެރެއިން ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވަނީ ޖަވާބުދާރީވުމުގެ ފުރުސަތުވެސް ނުދީ. ތަހުގީގުގެ އަދާހަމަ ހޯދުމަށް ފަނޑިޔާރުން ކުރެއްވި މަސައްކަތަށްވެސް އޭސީސީން އެދެވޭ އިޖާބައެއް ދީފައެއް ނުވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އެޕްރީލު 2026 | ހޯމަ 08:19
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި އަލީ މަހާޒް އަލީ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި އަލީ މަހާޒް އަލީ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކަކާ ގުޅޭގޮތުން ޖިނާއީ މައްސަލަތަކެއް ބަލަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެންމެ ކުޑަމިނުން އެ މައްސަލައިގެ ތުހުމަތުގައި އޭސީސީން މިހާތަނަށް އެ މައްސަލަ ރައްދުވާ ފަރާތްތަކާ  ސުވާލެއްވެސް ކޮށްލާފައިނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު އާއި އަޒްމިރާލްދާ ޒާހިރުގެ މައްސަލަ އޭސީސީ އިން ތަހުގީގު ކުރަން ފެށީ ފެބްރުއަރީ 2025 ގައެވެ.

Advertisement - newsAdvertisement

އޭސީސީން އެކަން އޭރު ޖޭއެސްސީއަށް އެންގުމާއެކު ވަގުތުން ފަނޑިޔާރުން ސަސްޕެންޑު ކުރިއެވެ. އެއީ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭކަމަށް ބަޔާންކުރާ އިސްލާޙު ބާތިލުކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.

އޭސީސީ އިން އޭރު މި މައްސަލައާ ގުޅޭގޮތުން ހަމައެކަނި ބުނެފައި ވަނީ ތަހުގީގު ކުރަމުންދަނީ ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުދެ އެވެ. ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތުވެސް އޭސީސީން ހާމަކުރީ ފަނޑިޔާރުން ލިއުމުން ހުށަހަޅައިގެން ކޮމިޝަނުގައި އެދުމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭސީސީން މިހާތަނަށްވެސް މި މައްސަލައިގެ ތަހުގީގަށް އެންމެ ކުޑަމިނުން އެބޭފުޅުންނާ ސުވާލެއްވެސް ކޮށްލާފައި ނުވެއެވެ. އަދި އެބޭފުޅުން އަމިއްލައަށް މައްސަލައިގެ ތަހުގީގުގެ އަޕްޑޭޓެއް ހޯއްދެވުމަށް މަސައްކަތް ކުރިނަމަވެސް މިއަދާ ހަމައަށްވެސް އެކަމުގެ އަދާހަމަ މައުލޫމާތެއް އޭސީސީގެ ފަރާތުން ފޯރުކޮށްދީފައެއް ނުވެއެވެ.

ފަނޑިޔާރުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ނުކުރެވި އެގޮތުގައި އޮއްވައި އޭގެ ތެރެއިން ދެ ފަނޑިޔާރަކު ވަނީ މަޤާމުންވެސް ވަކިކޮށްފައެވެ. އެގޮތުން މި މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރިއިރު މަޖިލީހުން އެބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދެއްވާފައިނުވެއެވެ.

އަޒްމިރަލްދާ ޒާހިރުހުސްނުއްސުއޫދުމަހާޒް އަލީ ޒާހިރުސުޕްރީމް ކޯޓު

އިތުރަށް ކިޔާލަން

26 އެޕްރީލު 2026

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!

26 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!
21 އެޕްރީލު 2026

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

21 އެޕްރީލު 2026
ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ
19 އެޕްރީލު 2026

ގޮނޑި ގެއްލޭ މައްސަލަ ނިމެންދެން މެމްބަރުންނާއި މައްސަލަ ބަލާ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުން ހުއްޓުވުމަށް އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެނުދިން!

19 އެޕްރީލު 2026
ގޮނޑި ގެއްލޭ މައްސަލަ ނިމެންދެން މެމްބަރުންނާއި މައްސަލަ ބަލާ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުން ހުއްޓުވުމަށް އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެނުދިން!
16 އެޕްރީލު 2026

އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރޭ: ސުއޫދު

16 އެޕްރީލު 2026
އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރޭ: ސުއޫދު
15 އެޕްރީލު 2026

އަތޮޅު ކައުންސިލު އުވާލައި، އަތޮޅުތައް ހިންގަން އުފެއްދި މިނިސްޓްރީ ވެސް އުވާލައިފި، ވީމާ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެ: ސުއޫދު

15 އެޕްރީލު 2026
އަތޮޅު ކައުންސިލު އުވާލައި، އަތޮޅުތައް ހިންގަން އުފެއްދި މިނިސްޓްރީ ވެސް އުވާލައިފި، ވީމާ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެ: ސުއޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު