Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޮނޑި ގެއްލޭ އިސްލާޙު

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން ބުދަ ދުވަހުގެ ހެނދުނަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފި. ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މައްސަލަ ބަލާ ބެންޗަށް ބަދަލުތަކެއް އައުމަށްފަހު އަލުން އަޑުއެހުންތައް ބޭއްވުމަށް ފަހު. މީގެ ކުރިން މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދުނު ނަމަވެސް، ކޯޓުގެ ބެންޗަށް ދިމާވި ކަންތައްތަކާ ގުޅިގެން މައްސަލަ އޮތީ ގިނަ ދުވަސްތަކަކަށް މެދުކެނޑިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 09:29
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފިއެވެ. 

މި މައްސަލައިގައި ޙުކުމް ކުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:15 ގައެވެ. 

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. އެގޮތުން މިހާރު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިތުރުން ފަނޑިޔާރު މުޙައްމަދު ސަލީމެވެ. 

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އޭރު  މައިގަނޑު 4 ސަބަބެއްގެ މައްޗަށް ބިނާކޮށް އަލީ ހުސައިންގެ ފަރާތުން މި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށްދީ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އޭރު އެދިފައި އޮތެވެ.

އެހެންނަމަވެސް ވަގުތީ އަމުރާމެދު ގޮތެއް ނިންމުމަށް އޮތް އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް އޭރު ހިނގާދިޔަ ކަންތައްތަކާއެކު މިއަދާ ހަމައަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޭރު ބާއްވާފައެއް ނުވެއެވެ.

އެހެންކަމުން 14 އޭޕްރީލްވީ އަންގާރަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި އައު ބެންޗަކާއެކު މައްސަލަ ފަށައި، މި މައްސަލައިގެ އަޑުއެހުންތައް ވަނީ އޭރު ނިންމާލާފައެވެ. 

ސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު އަލީ ހުސައިން

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

21 އެޕްރީލު 2026
ގޮނޑި ގެއްލޭ މައްސަލަ ނިމެންދެން މެމްބަރުންނާއި މައްސަލަ ބަލާ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުން ހުއްޓުވުމަށް އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެނުދިން!

ގޮނޑި ގެއްލޭ މައްސަލަ ނިމެންދެން މެމްބަރުންނާއި މައްސަލަ ބަލާ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުން ހުއްޓުވުމަށް އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެނުދިން!

19 އެޕްރީލު 2026
މި ސަރުކާރުގެ ސިޔާސަތަކީ ދައުލަތަށް ލިބޭހާ ފައިސާއެއް ވެރިމީހާ ބޭނުންވާހާ ގޮތަކަށް ހަރަދު ކުރެވޭ ނިޒާމެއް ގާއިމް ކުރުން: އަލީ ހުސެއިން

މި ސަރުކާރުގެ ސިޔާސަތަކީ ދައުލަތަށް ލިބޭހާ ފައިސާއެއް ވެރިމީހާ ބޭނުންވާހާ ގޮތަކަށް ހަރަދު ކުރެވޭ ނިޒާމެއް ގާއިމް ކުރުން: އަލީ ހުސެއިން

15 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙުގައި އޮންނަނީ "ޤާނޫނުގައިވާ" ގޮތަށް ވަކިކުރާ ވާހަކަ، ދައުލަތުން ބުނީ އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއްކަމަށް!

ގޮނޑި ގެއްލޭ އިސްލާޙުގައި އޮންނަނީ "ޤާނޫނުގައިވާ" ގޮތަށް ވަކިކުރާ ވާހަކަ، ދައުލަތުން ބުނީ އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއްކަމަށް!

14 އެޕްރީލު 2026
ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެއް: އަލީ ހުސައިން

ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެއް: އަލީ ހުސައިން

14 އެޕްރީލު 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު