Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ އުތުރު ދާއިރާ

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބުކުރީ އެ ގޮނޑި ގެއްލުނު ސިނާން!

ސާބިތު ދަރަންޏެއްގެ މައްސަލައިގައި ގޮނޑި ގެއްލުނު މުހައްމަދު ސިނާން، ޕީއެންސީގެ ޕްރައިމަރީގައި އަހުމަދު ސައީދާ ވާދަކުރައްވައި ކުރި ހޯއްދަވައިފި. ސިނާން މި އިންތިޚާބު ކާމިޔާބު ކުރެއްވީ ލޯނު ދައްކައި ޝަރުތު ހަމަކުރުމަށްފަހު އަލުން ކުރިމަތިލައްވައިގެން. މި ދާއިރާގެ ބައި-އިލެކްޝަންގައި ސިނާނާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އެޕްރީލު 2026 | ހޮނިހިރު 13:42
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން: ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައި އޮތް "މިީޑިއާ ކޮންޓްރޯލް ކުރާ ބިލު" އަވަހަށް ފާސްކުރުން  މުހިންމުކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން: ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައި އޮތް "މިީޑިއާ ކޮންޓްރޯލް ކުރާ ބިލު" އަވަހަށް ފާސްކުރުން މުހިންމުކަމަށް ވިދާޅުވި | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއެވެ. 

މި ދާއިރާގެ ޕްރައިމަރީ ބޭއްވުނީ ބޭންކް ލޯނެއްގެ މައްސަލައިގައި ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމަކާއެކުގައެވެ. 

Advertisement - newsAdvertisement

ގާނޫނުއަސާސީގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުކުމާއި އެއްގޮތަށް ސާބިތު ދަރަނި ދައްކަވަމުން ނުގެންދަވާ ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އެގޮތުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހަކު ކަމުގައިވުމަކީ މަޖިލިސް މެމްބަރުންގެ ޝަރުތެކެވެ. ސިނާންގެ ގޮނޑި މީގެ ކުރިން ގެއްލުނީ އެ ޝަރުތު އުނިވުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ލޯނު އަނބުރާ ދައްކަވާފައެވެ. 

އެހެންކަމުން ޕީއެންސީންވެސް އެ ގޮނޑިއަށް ވާދަކުރުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ސިނާން އަނެއްކާވެސް ކުރިމަތިލެއްވީއެވެ. އަދި އޭނާއާ ވާދަކުރެއްވީ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުމަށް 727 މީހަކު ޝަރުތު ހަމަވެއެވެ. މި އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ޕްރައިމަރީގެ ނަތީޖާތައް ދައްކާގޮތުން ސިނާން ވަނީ ވޯޓުން ކުރި ހޯއްދަވާފައެވެ. އެގޮތުން ސިނާނަށް މި ޕްރައިމަރީގައި 200ށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު ސައީދަށް ލިބިވަޑައިގެންނެވީ 187 ވޯޓެވެ. 

މި ދާއިރާއަށް އެމްޑީޕީންވެސް ވަނީ ކެމްޕޭނު ފަށާފައެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އެ ޓިކެޓު ކަށަވަރު ކުރެއްވީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. 

ހިތަދޫ އުތުރުޕީއެންސީ ޕާޓީސިނާނު

އިތުރަށް ކިޔާލަން

18 އެޕްރީލު 2026

ރެފަރެންޑަމް ވޯޓުން ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕޭނު ޓީމުތަކާ ހެދި: ރައީސް

18 އެޕްރީލު 2026
ރެފަރެންޑަމް ވޯޓުން ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕޭނު ޓީމުތަކާ ހެދި: ރައީސް
16 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި

16 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި
09 އެޕްރީލު 2026

މެމްބަރު ސިނާންގެ ގޮނޑިއާ ގުޅޭ މައްސަލަ: ޙުކުމް ކުރުން އާދިއްތަ ދުވަހު!

09 އެޕްރީލު 2026
މެމްބަރު ސިނާންގެ ގޮނޑިއާ ގުޅޭ މައްސަލަ: ޙުކުމް ކުރުން އާދިއްތަ ދުވަހު!
28 ޖޫން 2025

ހިތަދޫ ކޯޓުން ކުރި ހުކުމް ނޭނގޭ ކަމަށް ސިނާނުގެ ފަރާތުން ބުނާ ބުނުމަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގެއް

28 ޖޫން 2025
ހިތަދޫ ކޯޓުން ކުރި ހުކުމް ނޭނގޭ ކަމަށް ސިނާނުގެ ފަރާތުން ބުނާ ބުނުމަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު