Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގޮނޑި ގެއްލޭ މައްސަލަ

ގޮނޑި ގެއްލޭ މައްސަލަ ނިމެންދެން މެމްބަރުންނާއި މައްސަލަ ބަލާ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުން ހުއްޓުވުމަށް އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެނުދިން!

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން، މެންބަރުންނާއި ފަނޑިޔާރުންނަށް ފިޔަވަޅު ނޭޅުމަށް އެދި ހުށަހެޅި ވަގުތީ އަމުރުތައް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި. މި މައްސަލައިގައި މައުޟޫއީ ގޮތުން ގޮތެއް ނިންމުމުގެ ކުރިން ވަގުތީ އަމުރެއް ނެރެފިނަމަ އަސްލު މައްސަލައަށް އަސަރުކޮށްފާނެ ކަމަށާއި، ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު އޮތް ކަމެއްގައި އަމިއްލައަށް ގޮތް ނުނިންމޭނެ ކަމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2026 | އާދީއްތަ 09:24
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ. | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން މަޖިލީހުގެ މެމްބަރުންނާއި މައްސަލަ ބައްލަވާ ފަނޑިޔާރުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދުނު ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މި މައްސަލަ ހުށަހެޅި އަލީ ހުސައިންގެ ފަރާތުން މައްސަލަ ހުށަހެޅިއިރު ދެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މައްސަލަ ކޯޓުން ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށްދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ހުށަހެޅުމެވެ.

Advertisement - newsAdvertisement

ދެވަނަ އަމުރެއްގެ ގޮތުގައި އޭރު އެދިފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ތަހުގީގެއް ހިންގައި ފަނޑިޔާރުން ވަކި ކުރުމާ ގުޅޭ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިއުމަށް އަމުރު ކޮށްދިނުމަށެވެ. އޭރު އެ ހުށަހެޅުން ހުށަހެޅީ މި މައްސަލަ ހުށަހެޅުނު ހިސާބުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގެ އަދަދު މަދު ކުރުމަށް ބިލެއް ހުށަހަޅައި، ފަނޑިޔާރުންތަކެއް ވަކި ކުރަން އުޅޭކަމުގެ އަޑު ގަދަވެފައި ވަނިކޮށެވެ.

އެހެންނަމަވެސް ވަގުތީ އަމުރާމެދު ގޮތެއް ނުނިމި އުޅެނިކޮށް އޭރު މައްސަލަ ބެއްލެވި ބެންޗުވެސް ވަނީ މުޅިން ބަދަލުކޮށްފަ އެވެ. އަދި އޭރު ތިއްބެވި ފަނޑިޔާރުންވެސް ވަނީ އެކި ސަބަބުތައް ދައްކައި މަޤާމުން ވަކިކޮށްފަ އެވެ.

އެންމެ ފަހުން ވަގުތީ އަމުރުތަކާމެދު ގޮތް ނިންމާފައިވަނީ އާދިއްތަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

މެމްބަރުންނާ ގުޅޭ އަމުރުގައި ސުޕްރީމް ކޯޓުން ނިންމީ، މި މައްސަލައިގައި ޙަވާލާދެވޭ ކަންކަމުގެ ތެރޭގައި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ސަލާޙިއްޔަތާމެދު ސުވާލު އުފެއްދުން ހިމެނޭ ކަމަށާއި، ވަގުތީ އަމުރާމެދު ގޮތެއް ނިންމައިފިނަމަ މި މައްސަލައިގެ މައުޟޫއީ ގޮތުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާއަށް އަސަރު ކުރާނެ ކަމަށެވެ.

ފަނޑިޔާރުންނާ ގުޅޭ އަމުރުގެ ނިންމުމުގައި ސުޕްރީމް ކޯޓުން ބުނީ، އެ އަމުރަކީ ފަނޑިޔާރުންގެ އަމިއްލަ މައްސަލައެއްގައި އަމިއްލައަށް ނިޔާ ކަނޑަނޭޅޭނެ ކަމަށް ބުނާ ތަބީއީ އަދުލުގެ އަދާލަތުގެ ހަމައާ ޚިލާފު އެދުމެއްކަމަށްވާތީ، އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

މި މައްސަލައިގެ އަސްލު މައުޟޫއީ މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް ކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ސުޕްރީމް ކޯޓުސުޕްރީމް ކޯޓުގެ ފަނޑިޔާރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮނޑި ގެއްލޭ އިސްލާޙުގައި އޮންނަނީ "ޤާނޫނުގައިވާ" ގޮތަށް ވަކިކުރާ ވާހަކަ، ދައުލަތުން ބުނީ އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއްކަމަށް!

ގޮނޑި ގެއްލޭ އިސްލާޙުގައި އޮންނަނީ "ޤާނޫނުގައިވާ" ގޮތަށް ވަކިކުރާ ވާހަކަ، ދައުލަތުން ބުނީ އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއްކަމަށް!

14 އެޕްރީލު 2026
ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެއް: އަލީ ހުސައިން

ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެއް: އަލީ ހުސައިން

14 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙުގެ އަޑުއެހުން: 13 މަހަށް ފަހު ސުޕްރީމް ކޯޓުގައި އަނެއްކާވެސް ކުރިއަށް!

ގޮނޑި ގެއްލޭ އިސްލާޙުގެ އަޑުއެހުން: 13 މަހަށް ފަހު ސުޕްރީމް ކޯޓުގައި އަނެއްކާވެސް ކުރިއަށް!

14 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

13 އެޕްރީލު 2026
މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

13 އެޕްރީލު 2026

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު