Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްގަމު ދަތުރުފަތުރު

އެކްސިޑެންޓެއްގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލުލިބޭނެ އުސޫލެއް ގާއިމުކުރަން އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާޙު މަޖިލީހުން ބޭރުކޮށްލައިފި

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު، ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ބޭރުކޮށްލައިފި. ކޮމްޕްރެހެންސިވް އިންޝުއަރެންސް ނިޒާމެއް ޤާއިމުކުރުމަށް ހުށަހެޅި މި ބިލު ބަލައިނުގަތުމަށް 46 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ރޯޑް ސޭފްޓީއާ ގުޅުންހުރި ބިލުތައް މަޖިލީހުގައި ހުއްޓިފައި އޮތުމުން އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އެޕްރީލު 2026 | ބުދަ 07:14
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ | ރައްޔިތުންގެ މަޖިލިސް

ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް) އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެމްޑީޕީގެ ފަރާތުން މި ބިލު ހުށަހެޅުއްވި ސަބަބަކީ ތަރޑްޕާޓީ އިންޝުއަރެންސް ލާޒިމް ކޮށްފައިވީ ނަމަވެސް، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާ އަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ، އެކަމަށް ހައްލު ހޯދުމެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މި ބިލު ހުށަހަޅަނީ އެކްސިޑެންޓެއްގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާ އަށް ލިބޭ ގެއްލުމަށް ބަދަލުލިބޭނެ އުސޫލެއް ގާއިމް ކުރުމަށްޓަކައި ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ތައާރަފު ކުރުމަށް ކަމަށް ވެސް ބިލުގައި ވެ އެވެ. 

މިއީ ރައްޔިތުންގެ ފުރާނައާ ގުޅުން ހުރި އަދި ރޯޑް ސޭފްޓީއާ ގުޅުންހުރި ބިލެއް ނަމަވެސް، ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މި ބިލު ބަލައިގަތުމަށް ނުފެންނަކަމަށް 46 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. ބިލު ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވާފައިވަނީ 10 މެމްބަރުންނެވެ.

މީގެ އިތުރުން، އާންމު ރައްޔިތު މީހާގެ ފުރާނަ ރައްކާތެރި ކުރަން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލެއްގެ މަސައްކަތްވެސް ޖުޑީޝިއަރީ ކޮމިޓީގައި ތާށިވެފައި އޮންނަތާ 9 މަސް ދުވަސް ވަނީ ވެފައެވެ. އެހެންކަމުން އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނުރުހުން ފާޅުކޮށްފައެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުމަޖިލިސް ޖަލްސާކުޑޫ

އިތުރަށް ކިޔާލަން

15 އެޕްރީލު 2026

ވަތަނީ ޚިދުމަތުގެ ބިލު ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވައިފި

15 އެޕްރީލު 2026
ވަތަނީ ޚިދުމަތުގެ ބިލު ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވައިފި
15 އެޕްރީލު 2026

އޭޕްރީލްގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ނިމޭނީ މެއި މަހުގެ ނިޔަލަށްކަމަށް!

15 އެޕްރީލު 2026
އޭޕްރީލްގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ނިމޭނީ މެއި މަހުގެ ނިޔަލަށްކަމަށް!
14 އެޕްރީލު 2026

ގޮނޑި ގެއްލޭ އިސްލާޙުގައި އޮންނަނީ "ޤާނޫނުގައިވާ" ގޮތަށް ވަކިކުރާ ވާހަކަ، ދައުލަތުން ބުނީ އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއްކަމަށް!

14 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙުގައި އޮންނަނީ "ޤާނޫނުގައިވާ" ގޮތަށް ވަކިކުރާ ވާހަކަ، ދައުލަތުން ބުނީ އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއްކަމަށް!
13 އެޕްރީލު 2026

ޤާނޫނުއަސާސީއާ، ރާއްޖޭގެ ދުސްތޫރަށް ޕީއެންސީ އާއި ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފި، ދެންވެސް ސިޔާސަތު ބަދަލުކުރޭ: މީކާއީލް

13 އެޕްރީލު 2026
ޤާނޫނުއަސާސީއާ، ރާއްޖޭގެ ދުސްތޫރަށް ޕީއެންސީ އާއި ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފި، ދެންވެސް ސިޔާސަތު ބަދަލުކުރޭ: މީކާއީލް
13 އެޕްރީލު 2026

މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވުމަކީ މި ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބު: ޒިޔާދު

13 އެޕްރީލު 2026
މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވުމަކީ މި ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބު: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު