Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަޒީރުންނާ ސުވާލުކުރުން

އުމްރާއަށް ގެންދިއުމުގެ ޚިދުމަތްދޭ ކުންފުނިތަކުން އިހުމާލުވާ މައްސަލަ ޙައްލުވާނީ އެކަމަށް ޚާއްސަ ޤާނޫނެއް ގެނެސްގެން: މިނިސްޓަރ

އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އިހުމާލުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ހައްޖާއި އުމްރާއާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި. މި ގާނޫނުގެ ދަށުން ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކުގެ ދައުރު ސާފުކޮށް ބަޔާންކޮށް، އިހުމާލުވާ ފަރާތްތަކަށް ގާނޫނީ ގޮތުން އަދަބު ދެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ. މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށްވުރެ ގާނޫނީ އޮނިގަނޑެއް އޮތުމުން މިފަދަ މައްސަލަތައް ހައްލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2026 | ބުދަ 04:47
ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ | ރައްޔިތުންގެ މަޖިލިސް

އުމްރާއަށް ގެންދިއުމުގެ ޚިދުމަތްދޭ ކުންފުނިތަކުން އިހުމާލުވާ މައްސަލަ ޙައްލުވާނީ އެކަމަށް ޚާއްސަ ޤާނޫނެއް ގެނެސްގެންކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މި ޖަލްސާގައި މެމްބަރު ވަނީ އުމްރާގެ އަޅުކަމަށް ޚިދުމަތްދޭ ކުންފުނިތަކުން އިހުމާލުވާ މައްސަލަ ޙައްލު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެފަދަ މައްސަލަތަކަށް އަދުލުވެރި ޙައްލެއް ގެންނަން ޖެހޭ ކަމަށާއި، އެކަން ކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުންދާ ކަމަށެވެ.

ތިކަމަށް އަދުލުވެރި ޙައްލެއް ގެނެވޭނީ އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ތިކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލައިގެން، އެހެންވީމާ އަޅުގަނޑުމެން ވުޒާރާގެ ފަރާތުން އެބަ މަސައްކަތް ކުރަމުން ގެންދަން ދިވެހިރާއްޖޭގެ ޙައްޖާ އުމްރާއާ ގުޅޭ ކަންކަމާ ގުޅޭގޮތުން ޤާނޫނެއް އެކުލަވާލަން،
އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޤާނޫނު އެކުލަވާލާއިރު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ދައުރާއި އަމިއްލަ ކުންފުނިތަކުގެ ދައުރު ބަޔާން ކުރެވިގެންދާނެއެވެ. އަދި އެ ފަރާތްތަކުން ކުރާ ކުށްތަކަށް އަދަބު ދެވޭގޮތަށް ޤާނޫނީ ނިޒާމު ހަރުދަނާ ކުރަންވެސް ޖެހޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެހެން ޤައުމުތަކުގައިވެސް މިފަދަ މައްސަލަތައް ޙައްލު ކުރުމަށް ޤާނޫނީ އޮނިގަނޑުތައް އެކުލަވާލެވިފައިވެއެވެ.

އުމްރާއަށް މީހުން ގެންދިއުމުގައި ކުންފުނިތަކުން މަކަރާއި ހީލަތް ހަދާ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެ އެވެ. އޭގެ ތެރޭގައި ފައިސާ ނަގައި، އެންމެ ފަހު ވަގުތު އިންތިޒާމުތައް ހަމަނުޖެހޭކަމަށް އެންގުމާއި އެނބުރި އައުމަށް ޓިކެޓު ނަގާފައި ނެތުން ފަދަ ގިނަ މައްސަލަތައް ހިމެނެ އެވެ. އާންމުކޮށް މައްސަލައެއް ފެންމަތިވެގެން އަންނައިރު، އެ ކުންފުންޏަކާއި ގުޅޭގޮތުން ކުރީ އަހަރު ވެސް ޝަކުވާތައްކޮށްފައި ހުރެއެވެ.

މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ހާއްސަ އުސޫލެއް ހަދައި، އުމްރާއަށް ގެންދާ ކުންފުނިތަކުން މިނިސްޓްރީގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު ގެނެސްފަ އެވެ.

މި ގަވައިދު ބުނާ ގޮތުގައި އެއްވެސް ސިފައެއްގައި އުމްރާގެ އަޅުކަން ހިމެނޭ ގޮތަށް ދަތުރު ރާވައި ފައިސާ ނަގައި އުމްރާގެ ހިދުމަތް ދޭންވާނީ އުސޫލުގެ ދަށުން ނަގާ ހުއްދައާއި އެކުއެވެ. އެގޮތުން ހުއްދަތައް ދެ އަހަރުގެ މުއްދަތަކަށް ދޫކުރުމުން، ދެން އޭގެ ފަހުން ޖެހޭނީ އަލުން ހުއްދައަށް އެދި ހުށަހަޅާށެވެ.

މިނިސްޓަރ ވިދާޅުވީ، މިފަދަ އުސޫލުތަކާއި ޤަވާއިދުތަކަށްވުރެ ޤާނޫނެއް ބާރު ގަދަވާނެ ކަމަށާއި، ސަރުކާރުން މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށެވެ.

 

ޝަހީމް އަލީ ސައީދުމަޖިލިސް ޖަލްސާވަޒީރުންގެ ޖަވާބުދާރީވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޙައްޖުގެ ކިއޫ ދިގުވާކަމަށް ދައްކާ މައްސަލައަކީ ތޮބީއީ ކަމެއް، ބެކްލޮގް ބޮޑުވީ ކޮވިޑާހެދި: މިނިސްޓަރ

ޙައްޖުގެ ކިއޫ ދިގުވާކަމަށް ދައްކާ މައްސަލައަކީ ތޮބީއީ ކަމެއް، ބެކްލޮގް ބޮޑުވީ ކޮވިޑާހެދި: މިނިސްޓަރ

22 އެޕްރީލު 2026
މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ އިން ނާޒިމް ވަކިކޮށް އެންވަޔަރމަންޓް ކޮމިޓީއަށް!

މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ އިން ނާޒިމް ވަކިކޮށް އެންވަޔަރމަންޓް ކޮމިޓީއަށް!

22 އެޕްރީލު 2026
އެކްސިޑެންޓެއްގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލުލިބޭނެ އުސޫލެއް ގާއިމުކުރަން އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާޙު މަޖިލީހުން ބޭރުކޮށްލައިފި

އެކްސިޑެންޓެއްގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލުލިބޭނެ އުސޫލެއް ގާއިމުކުރަން އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާޙު މަޖިލީހުން ބޭރުކޮށްލައިފި

15 އެޕްރީލު 2026
ވަތަނީ ޚިދުމަތުގެ ބިލު ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވައިފި

ވަތަނީ ޚިދުމަތުގެ ބިލު ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވައިފި

15 އެޕްރީލު 2026
އޭޕްރީލްގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ނިމޭނީ މެއި މަހުގެ ނިޔަލަށްކަމަށް!

އޭޕްރީލްގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ނިމޭނީ މެއި މަހުގެ ނިޔަލަށްކަމަށް!

15 އެޕްރީލު 2026

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު