Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި

އެކްސިއޯސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އީރާން އިން މި ހުށަހެޅުން އެމެރިކާ އަށް ހުށަހަޅާފައި ވަނީ ޕާކިސްތާން މެދުވެރިކޮށް. މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި، އީރާންގެ ބަނދަރު ތަކަށް އެމެރިކާ އިން ކުރިމަތި ކޮށްފައިވާ ބްލޮކޭޑް ނުވަތަ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އެޕްރީލު 2026 | ހޯމަ 03:43
އީރާންގެ ދިދަ އާއި، އެ ޤައުމުގެ ރޫހީ ލީޑަރުގެ ފޮޓޯ ހިފައިގެން ރައްޔިތުން އެއްވެފައި.

އީރާންގެ ދިދަ އާއި، އެ ޤައުމުގެ ރޫހީ ލީޑަރުގެ ފޮޓޯ ހިފައިގެން ރައްޔިތުން އެއްވެފައި. | ރޮއިޓާސް

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އީރާން އިން އެމެރިކާ އަށް އައު ހުށަހެޅުން ތަކެއް ހުށަހަޅާފައިވާ ކަމަށް އެމެރިކާގެ ނޫސް އެޖެންސީއެއް ކަމަށްވާ އެކްސިއޯސް އިން ރިޕޯޓު ކޮށްފި އެވެ.

އެމެރިކާގެ އޮފިޝަލަކާއި، އެކަމުގެ މައުލޫމާތު ހުރި އިތުރު ދެ މަސްދަރަކާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ، އީރާން އިން މި ހުށަހެޅުމުގައި ނިއުކްލިއާ މަޝްވަރާތައް ފަހުގެ މަރުހަލާ އަކަށް ފަސް ކުރުމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. 

އެކްސިއޯސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އީރާން އިން މި ހުށަހެޅުން އެމެރިކާ އަށް ހުށަހަޅާފައި ވަނީ ޕާކިސްތާން މެދުވެރިކޮށެވެ. މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި، އީރާންގެ ބަނދަރު ތަކަށް އެމެރިކާ އިން ކުރިމަތި ކޮށްފައިވާ ބްލޮކޭޑް ނުވަތަ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ. 

ނަމަވެސް، މިފަދަ އެއްބަސްވުމަކަށް އައުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ކުރިމަތި ވާނެ ގޮންޖެހުމެއް ކަމަށް އެ ނޫހުން ފާހަގަ ކޮށްފައިވެ އެވެ. އެއީ އީރާންގެ ބަނދަރު ތަކަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައިފި ނަމަ، އީރާން އިން ރައްކާ ކޮށްފައިވާ ޔުރޭނިއަމް ސްޓޮކް ދޫކޮށްލުމަށާއި، ކުރިއަށް އޮތް 10 ވަރަކަށް އަހަރު ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމަށް ބާރު އެޅުމަށް ޓްރަމްޕް އަށް އޮތް ބާރު ނުވަތަ ލެވަރޭޒް ގެއްލިގެންދާނެ އެވެ. 

މި ހުށަހެޅުމާ ގުޅޭ ގޮތުން އެމެރިކާގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ނިއުކްލިއާ މައްސަލަ ފަސްކޮށް، އިޤްތިޞާދު އަދި ސަރަހައްދީ ހަމަޖެހުމަށް އިސްކަންދީގެން އީރާން އިން ހުށަހެޅި މި ހުށަހެޅުމަކީ މެދު އިރުމަތީގެ މަސްރަހަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

26 އެޕްރީލު 2026

އަރާގްޗީގެ ޕާކިސްތާން ދަތުރުފުޅާ ނިއުކްލިއާއާ އެއްވެސް ގުޅުމެއް ނެތް ކަމށް އީރާން އިން ބުނެފި

26 އެޕްރީލު 2026
އަރާގްޗީގެ ޕާކިސްތާން ދަތުރުފުޅާ ނިއުކްލިއާއާ އެއްވެސް ގުޅުމެއް ނެތް ކަމށް އީރާން އިން ބުނެފި
26 އެޕްރީލު 2026

އީރާން އިން ރަތް ރޮނގު ކަނޑައަޅައި، ޕާކިސްތާން މެދުވެރިކޮށް އެކަން އަންގައިފި

26 އެޕްރީލު 2026
އީރާން އިން ރަތް ރޮނގު ކަނޑައަޅައި، ޕާކިސްތާން މެދުވެރިކޮށް އެކަން އަންގައިފި
26 އެޕްރީލު 2026

ހަމަލާ އަމާޒު ކުރީ އަހަރެންނަށް ކަމަށް ބެލެވިދާނެ: ޓްރަމްޕް

26 އެޕްރީލު 2026
ހަމަލާ އަމާޒު ކުރީ އަހަރެންނަށް ކަމަށް ބެލެވިދާނެ: ޓްރަމްޕް
26 އެޕްރީލު 2026

ހަމަލާގެ ސަބަބުން އޮފިސަރެއްގެ ގަޔަށް ވަޒަން އެރި، މިހާރު އޭނާގެ ޙާލު ރަނގަޅު

26 އެޕްރީލު 2026
ހަމަލާގެ ސަބަބުން އޮފިސަރެއްގެ ގަޔަށް ވަޒަން އެރި، މިހާރު އޭނާގެ ޙާލު ރަނގަޅު
26 އެޕްރީލު 2026

ވައިޓް ހައުސްގައި ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި އިވެންޓެއްގައު ބަޑީގެ ހަމަލާއެއް ދީފި

26 އެޕްރީލު 2026
ވައިޓް ހައުސްގައި ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި އިވެންޓެއްގައު ބަޑީގެ ހަމަލާއެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު