Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އަރާގްޗީގެ ޕާކިސްތާން ދަތުރުފުޅާ ނިއުކްލިއާއާ އެއްވެސް ގުޅުމެއް ނެތް ކަމށް އީރާން އިން ބުނެފި

ތަސްނީމް އިން ބުނީ އަރާގްޗީ އަނބުރާ ޕާކިސްތާން އަށް ވަޑައިގެންނެވީ ކުރިން ކުރިއަށް ގެންދިޔަ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ކަމަށް. އެ މަޝްވަރާތަކާ ނިއުކްލިއާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އެޕްރީލު 2026 | އާދީއްތަ 18:41
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް. | ރޮއިޓާސް

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ޕާކިސްތާން އަށް ވަޑައިގަތުމާއި، ނިއުކްލިއާ މަޝްވަރާތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް އީރާންގެ ސެމީ އޮފިޝަލް ނޫސް އެޖެންސީ ތަސްނީމް އިން ރިޕޯޓު ކޮށްފި އެވެ. 

އަރާގްޗީ ހަފުތާ ބަންދުގައި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އާއި އެހެނިހެން އޮފިޝަލުންނާ ބައްދަލުކޮށް ހަނގުރާމަ ނިންމުމަށް އަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމުގެ މަޝްވަރާތައް ވަނީ ބާއްވައިފަ އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އަރާގްޗީ ޕާކިސްތާންގެ ވެރި ރަށް، އިސްލާމްއާބާދަށް ވަޑައިގެންފައިވާ ކަމަށް ތަސްނީމް އިން ބުނެފައިވެ އެވެ. 

ތަސްނީމް އިން ބުނީ އަރާގްޗީ އަނބުރާ ޕާކިސްތާން އަށް ވަޑައިގެންނެވީ ކުރިން ކުރިއަށް ގެންދިޔަ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެ މަޝްވަރާތަކާ ނިއުކްލިއާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާން އިން އޭނާގެ ޝަރުތުތައް ފުރިހަމަވާ ގޮތަށް ހުށަހެޅުން ހުށަހަޅާފައިވާ ކަމަށެވެ. ޓްރަމްޕްގެ ޝަރުތު ތަކުގެ ތެރޭގައި އީރާާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުން ހިމެނެ އެވެ.

ހޮނިހިރު ދުވަހު އަރާގްޗީ އޮމާން އަށް ވަޑައިގެންނެވުމަށް ފަހު، ޓްރަމްޕް ވަނީ އޭނާގެ ސަފީރުން ޕާކިސްތާން އަށް ކުރައްވަން އޮތް ދަތުރުފުޅު ވެސް ކެންސަލް ކުރައްވައިފަ އެވެ. އަރާގްޗީގެ މި ދަތުރުފުޅުގައި ސަރަހައްދީ ހަނގުރާމަ ނިންމުމަށް ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދަވަނާ އެވެ. މި މަޝްވަރާ ތަކުގައި ޕާކިސްތާން އާއި އޮމާންގެ އޮފިޝަލުން ވެސް ބައިވެރިވެފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

26 އެޕްރީލު 2026

އީރާން އިން ރަތް ރޮނގު ކަނޑައަޅައި، ޕާކިސްތާން މެދުވެރިކޮށް އެކަން އަންގައިފި

26 އެޕްރީލު 2026
އީރާން އިން ރަތް ރޮނގު ކަނޑައަޅައި، ޕާކިސްތާން މެދުވެރިކޮށް އެކަން އަންގައިފި
25 އެޕްރީލު 2026

އެމެރިކާގެ ޝަރުތު ތަކަަށް އެއްބަސްވެވޭ ހުށަހެޅުން ހުށަހަޅަން އީރާން އިން ދަނީ ތައްޔާރުވަމުން: ޓްރަމްޕް

25 އެޕްރީލު 2026
އެމެރިކާގެ ޝަރުތު ތަކަަށް އެއްބަސްވެވޭ ހުށަހެޅުން ހުށަހަޅަން އީރާން އިން ދަނީ ތައްޔާރުވަމުން: ޓްރަމްޕް
24 އެޕްރީލު 2026

ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ހުކުރު ދުވަހުގެ ރޭ އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

24 އެޕްރީލު 2026
ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ހުކުރު ދުވަހުގެ ރޭ އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި
24 އެޕްރީލު 2026

އީރާންއާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅު ތަކެއް އަޅަން އެމެރިކާ އިން އަނެއްކާ ވެސް ވިސްނަނީ

24 އެޕްރީލު 2026
އީރާންއާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅު ތަކެއް އަޅަން އެމެރިކާ އިން އަނެއްކާ ވެސް ވިސްނަނީ
24 އެޕްރީލު 2026

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތިން ހަފުތާ އަށް އިތުރު ކޮށްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

24 އެޕްރީލު 2026
އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތިން ހަފުތާ އަށް އިތުރު ކޮށްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު