Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ނިއުކާސަލްއާ އެއްވަރުވެ، ޗެމްޕިއަން ޕީއެސްޖީ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ

މެޗު އެއްވަރުވެ ޕީއެސްޖީ އޮތީ އަށް މެޗުން 14 ޕޮއިންޓާ އެކު 11 ވަނައިގައި. ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ނިއުކާސަލް އޮތީ 12 ވަނައިގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖެނުއަރީ 2026 | ބުރާސްފަތި 05:50
ޕީއެސްޖީ އާއި ނިއުކާސަލް ބަައްދަލު ކުރި މެޗުގެ ތެރެއިން

ޕީއެސްޖީ އާއި ނިއުކާސަލް ބަައްދަލު ކުރި މެޗުގެ ތެރެއިން | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ޕީއެސްޖީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ނިއުކާސަލް އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޕީއެސްޖީ އަށް ވަނީ ލީޑު ނަގަން ފުރުސަތު ލިބިފަ އެވެ. ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ އޮސްމާން ޑެމްބެލޭ ފޮނުވާލި ނަމަވެސް، ނިއުކާސަލްގެ ގޯލު ކީޕަރު ވަނީ އެ ޕެނަލްޓީ ހުއްޓުވައިފަ އެވެ.

އޭގެ ހަތަރު މިނެޓު ފަހުން ޕީއެސްޖީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޕީއެސްޖީ އަށް ޖަހައިދިނީ ވިޓިނިއާ އެވެ. އެ ލަނޑު ޖަހަން ވިޓީނިއާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކްވިޗާ ކްވަރޭޝްކޭލިއާ އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނިއުކާސަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޯ ވިލޮކް އެވެ.

މެޗު އެއްވަރުވެ ޕީއެސްޖީ އޮތީ އަށް މެޗުން 14 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ނިއުކާސަލް އޮތީ 12 ވަނައިގަ އެވެ. މެޗުން މޮޅުވެ ސީދާ 16 އިން ޖާގަ ހޯދުމުގެ ފުރުސަތު ޕީއެސްޖީ އަށް އޮތް ނަމަވެސް، ބައްޔާ އެކު އެ ޓީމަށް ޖެހޭނީ ޕްލޭ އޮފްގައި ވާދަ ކުރާށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕީއެސްޖީނިއުކާސަލް ޔުނައިޓެޑް

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2026

ބެންފީކާ އަތުން ބަލިވެ، ރެއާލް ޕްލޭ އޮފަށް

29 ޖެނުއަރީ 2026
ބެންފީކާ އަތުން ބަލިވެ، ރެއާލް ޕްލޭ އޮފަށް
29 ޖެނުއަރީ 2026

ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

29 ޖެނުއަރީ 2026
ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި
29 ޖެނުއަރީ 2026

އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް

29 ޖެނުއަރީ 2026
އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް
28 ޖެނުއަރީ 2026

އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު

28 ޖެނުއަރީ 2026
އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު
28 ޖެނުއަރީ 2026

ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

28 ޖެނުއަރީ 2026
ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު