Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފަހަތުން އަރައި މޮނާކޯ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

18 ފެބުރުއަރީ 2026 | ބުދަ 06:09

މެޗުގައި މޮނާކޯ އިން ދެ ލަނޑު ޖަހައިގެން ލީޑު ހޯދާފައި ވަނިކޮށް، ޕީއެސްޖީ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ފެބުރުއަރީ 2026 | ބުދަ 06:09
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ފުރުސަތު ބޮޑު ކޮށްފި އެވެ. 

މޮނާކޯގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ޕީއެސްޖީ އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި މޮނާކޯ އިން ދެ ލަނޑު ޖަހައިގެން ލީޑު ހޯދާފައި ވަނިކޮށް، ޕީއެސްޖީ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި މޮނާކޯ އަށް ލީޑު ނަގައިދިނީ ފޮލަރިން ބަލޮގަން އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ބަލޮގަން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މޮނާކޯ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީ އިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ ވިޓީނިއާ ފޮނުވާލި ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އޭގެ ހަތް މިނެޓު ފަހުން ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްދިނީ ޑެޒައިއާ ޑޯއު އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާޏް ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަޝްރަފް ޙަކީމީ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި މޮނާކޯ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ އެ ޓީމުގެ އެލެކްސެންޑާ ގޮލޮވިން އަށް ސީދާ ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި ޑޯއު ވަނީ އޭނާގެ ދެ ވަނަ ލަނޑެއް ޖަަހައި މެޗުން ޕީއެސްޖީ މޮޅު ކޮށްދީފަ އެވެ. 

މޮޅާއެކު ޕީއެސްޖީ އިން ގަދަ 16 ވަނަ ބުރުގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، ޕީއެސްޖީގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގު އޮންނާނީ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕީއެސްޖީމޮނާކޯ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2026

ނިއުކާސަލްއާ އެއްވަރުވެ، ޗެމްޕިއަން ޕީއެސްޖީ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ

29 ޖެނުއަރީ 2026
ނިއުކާސަލްއާ އެއްވަރުވެ، ޗެމްޕިއަން ޕީއެސްޖީ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ
29 ޖެނުއަރީ 2026

ބެންފީކާ އަތުން ބަލިވެ، ރެއާލް ޕްލޭ އޮފަށް

29 ޖެނުއަރީ 2026
ބެންފީކާ އަތުން ބަލިވެ، ރެއާލް ޕްލޭ އޮފަށް
29 ޖެނުއަރީ 2026

ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

29 ޖެނުއަރީ 2026
ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި
29 ޖެނުއަރީ 2026

އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް

29 ޖެނުއަރީ 2026
އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް
28 ޖެނުއަރީ 2026

އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު

28 ޖެނުއަރީ 2026
އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު
28 ޖެނުއަރީ 2026

ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

28 ޖެނުއަރީ 2026
ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް
24 ޖެނުއަރީ 2026

ބާކޮލާގެ ލަނޑުން މޮޅުވެ، ޕީއެސްޖީ އެއް ވަނަ އަށް ޖެހިލައިފި

24 ޖެނުއަރީ 2026
ބާކޮލާގެ ލަނޑުން މޮޅުވެ، ޕީއެސްޖީ އެއް ވަނަ އަށް ޖެހިލައިފި
22 ޖެނުއަރީ 2026

ޕަފޯސް އަތުން މޮޅުވެ، ޗެލްސީ ހަމަޔަކަށް

22 ޖެނުއަރީ 2026
ޕަފޯސް އަތުން މޮޅުވެ، ޗެލްސީ ހަމަޔަކަށް
22 ޖެނުއަރީ 2026

ކޭންގެ މޮޅު ކުޅުމާ އެކު މޮޅުވެ، ބަޔާން އިން ދެ ވަނަ އަށް ޖެހިލައިފި

22 ޖެނުއަރީ 2026
ކޭންގެ މޮޅު ކުޅުމާ އެކު މޮޅުވެ، ބަޔާން އިން ދެ ވަނަ އަށް ޖެހިލައިފި
22 ޖެނުއަރީ 2026

ފާމިން ލޮޕޭޒްގެ ދެ ލަނޑާ އެކު ބާސެލޯނާ މޮޅުވެއްޖެ

22 ޖެނުއަރީ 2026
ފާމިން ލޮޕޭޒްގެ ދެ ލަނޑާ އެކު ބާސެލޯނާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް