Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން ރަތް ރޮނގު ކަނޑައަޅައި، ޕާކިސްތާން މެދުވެރިކޮށް އެކަން އަންގައިފި

މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ހުރި މަސްދަރު ތަކުން ބުނާ ގޮތުގައި، ފޮރިން މިނިސްޓަރު އަރާގްޗީ މި މެސެޖުތައް ފޮނުވާފައި ވަނީ އީރާން އިން ކަނޑައަޅާފައިވާ ރަތް ރޮނގުގެ އިންތަކުގެ ތެރެއިން. އަދި މިއީ އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ޑިޕްލޮމެޓިކް ޒިންމާ ތަކުގެ ދާއިރާގެ ތެރެއިން ކުރިއަށް ގެންދިޔަ ކަމެއްކަން އެ ފަރާތް ތަކުން ވަނީ ފާހަގަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އެޕްރީލު 2026 | އާދީއްތަ 18:13
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ. | ރޮއިޓާސް

އީރާން އިން ޤަބޫލު ނުކުރާނެ ކަންތައް ތަކެއް ނުވަތަ، ރަތް ރޮނގު ތަކެއް ކަނޑައަޅައި، އެމެރިކާގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން އީރާން އިން މުހިންމު މެސެޖެއް ފޮނުވައިފި އެވެ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ މި މެސެޖުތައް އެމެރިކާ އަށް ފޮނުވާފައި ވަނީ، ޕާކިސްތާން މެދުވެރިކޮށް ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާ އިން ވަނީ ރިޕޯޓު ކޮށްފަ އެވެ.  

އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގާތް ގުޅުމެއް އޮަންނަ ފާރްސް ނިއުސް އެޖެންސީ އިން ބުނި ގޮތުގައި، މި މެސެޖު ތަކަކީ އިސްލާމީ ޖުމްހޫރިއްޔާގެ ބައެއް މުހިންމު އުސޫލު ތަކާއި، ރަަތް ރޮނގު ތަކެވެ. އޭގެ ތެރޭގައި އީރާންގެ ނިއުކްލިއާ މައްސަލަ އާއި، ބައިނަލްއަޤުވާމީ ކަނޑުގެ ދަތުރުފަތުރުގެ މުހިންމު ސަރަހައްދެއް ކަމަށް ހޮރްމޫޒް ކަނޑުއޮޅިއާ ބެހޭ ކަންކަން ވެސް ހިމެނެ އެވެ. 

މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ހުރި މަސްދަރު ތަކުން ބުނާ ގޮތުގައި، ފޮރިން މިނިސްޓަރު އަރާގްޗީ މި މެސެޖުތައް ފޮނުވާފައި ވަނީ އީރާން އިން ކަނޑައަޅާފައިވާ ރަތް ރޮނގުގެ އިންތަކުގެ ތެރެއިންނެވެ. އަދި މިއީ އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ޑިޕްލޮމެޓިކް ޒިންމާ ތަކުގެ ދާއިރާގެ ތެރެއިން ކުރިއަށް ގެންދިޔަ ކަމެއްކަން އެ ފަރާތް ތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. 

އީރާންގެ މީޑިއާ ތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، ޕާކިސްތާން މެދުވެރިކޮށް ފޮނުވި މި މެސެޖު ތަކަކީ އެމެރިކާއާ އެކު ކުރިއަށްދާ އެއްވެސް މަޝްވަރާތަކާ ގުޅުން ހުރި މެސެޖު ތަކެއް ނޫނެވެ. މިއީ ސަރަހައްދީ މަސްރަހު އޮތް ގޮތަށް ސާފު ކޮށްދިނުމަށްޓަކައި އީރާން އިން އިސް ނަަގައިގެން ކުރިއަށް ގެންދިޔަ ޙަރަކާތެއް ކަމަށް ވެސް އެ ޤައުމުން ވަނީ ބުނެފަ އެވެ. 

މި މެސެޖު ތަކުގެ ބޭނުމަކީ ސަރަހައްދީ ހަަމަ ނުޖެހުން ތަކުގެ ތެރޭގައި އީރާން އިން ދޫ ނުދޭނެ ކަންތައްތަކަކީ ކޮބައިކަން އެމެރިކާ އަށް ސާފުކޮށްދިނުމަށެވެ. ޚާއްސަކޮށް ނިއުކްލިއާ ޕްރޮގްރާމް އާއި، ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން އެމެރިކާ އިން ކުރާ ޑިމާންޑު ތަކަށް އީރާން އިން އިޖާބަ ނުދޭނެކަން މި މެސެޖު ތަކުން ހާމަވާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

އެމެރިކާގެ ޝަރުތު ތަކަަށް އެއްބަސްވެވޭ ހުށަހެޅުން ހުށަހަޅަން އީރާން އިން ދަނީ ތައްޔާރުވަމުން: ޓްރަމްޕް

25 އެޕްރީލު 2026
އެމެރިކާގެ ޝަރުތު ތަކަަށް އެއްބަސްވެވޭ ހުށަހެޅުން ހުށަހަޅަން އީރާން އިން ދަނީ ތައްޔާރުވަމުން: ޓްރަމްޕް
24 އެޕްރީލު 2026

ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ހުކުރު ދުވަހުގެ ރޭ އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

24 އެޕްރީލު 2026
ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ހުކުރު ދުވަހުގެ ރޭ އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި
24 އެޕްރީލު 2026

އީރާންއާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅު ތަކެއް އަޅަން އެމެރިކާ އިން އަނެއްކާ ވެސް ވިސްނަނީ

24 އެޕްރީލު 2026
އީރާންއާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅު ތަކެއް އަޅަން އެމެރިކާ އިން އަނެއްކާ ވެސް ވިސްނަނީ
24 އެޕްރީލު 2026

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތިން ހަފުތާ އަށް އިތުރު ކޮށްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

24 އެޕްރީލު 2026
އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތިން ހަފުތާ އަށް އިތުރު ކޮށްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
23 އެޕްރީލު 2026

އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

23 އެޕްރީލު 2026
އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު