Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަދަދު ރެއިޑް ކުށްވެރިކުރުން

"އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ނޫހުގެ ތަކެތި ގެންދިޔުން، ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ ކުއްވެރި ކުރައްވައިފި

ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީސް ރެއިޑްކޮށް، މުވައްޒަފުންގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ އިނގިރޭސި ސަފީރު ނިކޮލަސް ލޯ ކުށްވެރިކުރައްވައިފި. މި ފިޔަވަޅުތަކަކީ ކޮމަންވެލްތުގެ މިންގަނޑުތަކާ ފުށުއަރާ ކަންތައްތަކެއް ކަމަށާއި، ހަރުދަނާ ޑިމޮކްރަސީއަކަށް މިނިވަން މީޑިއާގެ މުހިންމުކަން ސަފީރު ފާހަގަކުރެއްވި. މި މައްސަލައިގައި ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން ވެސް ދަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 01:54
 އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ، މުލިއާގޭގައި ބޭއްވި ހަފްލާ އެއްގެ ތެރެއިން

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ، މުލިއާގޭގައި ބޭއްވި ހަފްލާ އެއްގެ ތެރެއިން | ރައީސް އޮފީސް

"އަދަދު" ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން، އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި ރެއިޑް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ ކުށްވެރިކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިކް ލޯ ވިދާޅުވީ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި ރެއިޑާ ގުޅިގެން ދާދިފަހުން ފެންމަތިވެފައިވާ ރިޕޯޓްތަކަކީ ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި ދިވެހި ފުލުހުން ހިންގި މި ރެއިޑަކީ ކޮމަންވެލްތުގެ މިންގަނޑުތަކަށް އަމަލުކުރުމަށް ދިވެހިރާއްޖެ އިން ވެފައިވާ އެއްބަސްވުންތަކާ ވެސް ފުށުއަރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސަފީރު ވިދާޅުވީ ހަރުދަނާ ޑިމޮކްރަސީ އެއް ދެމެހެއްޓުމަށްޓަކައި މިނިވަން އަދި މުސްތަގިއްލު މީޑިއާއެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އާންމުކުރި އެ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ. އެއާ އެކު އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް، އެ ނޫސް ހިންގަން ބޭނުންކުރާ އިލެކްޓްރޯނިކް ގިނަ ވަސީލަތްތައް ފުލުހުން ވަނީ ގެންގޮސްފަ އެވެ.

އަދި އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓު އަމުރު ނެރެ، އެ މީހުން ފުލުހަށް ހާޒިރުވާން ޗިޓު ވަނީ ފޮނުވާފަ އެވެ.

ނިކް ލޯގެ އިތުރުން ބޭރުގެ އެކި ނޫސް ޖަމިއްޔާތަކުން ވެސް ދަނީ އަދަދު ނޫހަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ފިޔަވަޅުތަކަކީ ރާއްޖޭގެ މީޑިއާގެ މިނިވަންކަމާއި އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއްކަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ފާހަގަކުރަމުންނެވެ.

އަދަދު ނޫހުން އާންމުކުރި ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒުގެ މައްޗަށް ބަދު އަހުލާގީ އަމަލުތަކުގެ ތުހުމަތުތައް ކުރެވިފައިވާއިރު، މި މައްސަލައިގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަދަދު ނޫސްނިކޮލަސް ޑޭވިޑް ލޯކޮމަންވެލްތުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް

އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް

28 އެޕްރީލު 2026
'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

28 އެޕްރީލު 2026
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

28 އެޕްރީލު 2026
"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

27 އެޕްރީލު 2026
މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް

މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު