Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯރަފުށި ހޮސްޕިޓަލް

ރައީސް މުއިއްޒު 2024 ވަނަ އަހަރު ނިންމާނެ ކަމަށް ވައުދުވި، ހއ. ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކޮޅުމަތި އަދިވެސް ނުފެނޭ

ހޯރަފުށީ ގައި އިމާރާތްކުރަމުންދާ ހޮސްޕިޓަލް ޕްރޮޖެކްޓް އިފްތިތާހު ކޮށް މަސައްކަތް ފެށީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގަ. ރައްޔިތުންގެ މަޖްލިސް އިންތިހާބާ ދިމާކޮށް، ހޯރަފުއްޓަށް ރައީސް މުއިއްޒު ވެވަޑައިގަތް އެންމެ މުހިންމު ވައުދަކީ ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް 2024 ވަނަ އަހަރު ނިންމައި ހިދުމަތް ދިނުން. މަސައްކަތުގެ ދުވެލި ލަސް ވުމުގެ ސަބަބުން އޭގެ 2 އަހަރު ފަހުން އަދިވެސް ހޮސްޕިޓަލުގެ މަސައްކަތުގެ ބޮޑުބައެއް އޮތީ ނުނިމި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 25 އެޕްރީލު 2026 | ހޮނިހިރު 10:23
2024 ވަނަ އަހަރު ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ހއ. ހޯރަފުށީ ހޮސްޕިޓަލް

2024 ވަނަ އަހަރު ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ހއ. ހޯރަފުށީ ހޮސްޕިޓަލް | ރާއްޖެ އެމްވީ

2024 ވަނަ އަހަރުގެ މަޖްލިސް އިންތިހާބާ ދިމާކޮށް، ހއ. ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް އެ އަހަރު ތެރޭ ނިންމައި ހިދުމަތް ދޭން ފެށޭނެ ކަމަަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައި ވީނަމަވެސް، އަދިވެސް ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކޮޅުމަތި ވެސް ފެންނަން ނެތް ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ހޯރަފުށީ ގައި އިމާރާތްކުރަމުންދާ ހޮސްޕިޓަލް ޕްރޮޖެކްޓް އިފްތިތާހު ކޮށް މަސައްކަތް ފެށީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. ވަހީދު ވިދާޅުވީ ވެރިކަން ބަދަލުވެގެން ރައްޔިތުންގެ މަޖްލިސްގެ އިންތިހާބާ ދިމާކޮށް، ހޯރަފުއްޓަށް ރައީސް މުއިއްޒު ވެވަޑައިގަތް އެންމެ މުހިންމު ވައުދަކީ ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް 2024 ވަނަ އަހަރު ނިންމާ ހިދުމަތް ދިނުން ކަމަށެވެ. މަސައްކަތުގެ ދުވެހި ލަސް ވުމުގެ ސަބަބުން އޭގެ 2 އަހަރު ފަހުން އަދިވެސް ހޮސްޕިޓަލުގެ މަސައްކަތުގެ ބޮޑުބައެއް އޮތީ ނުނިމި ކަން ވަހީދު ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ހޯރަފުށީގެ ރައްޔިތުންގެ އެދުމަކީ ހޮސްޕިޓަލުގެ މަސައްކަތް ނިމި ވީ އެންމެ އަވަހަކަށް ހޮސްޕިޓަލުން ހިދުމަތް ލިބުން ކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

 

މި ހޮސްޕިޓަލްގައި އަމަލީ މަސައްކަތް ފެށުނީ ނިމިދިޔަ ސަރުކާރުގަ. އެ ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާޙުކޮށް ޢަމަލީ މަސައްކަތް ފެށުނީ. ދެން އެއަށްފަހު ސަރުކާރު ބަދަލުވެގެންދިޔައީ. ދެން މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ މަސައްކަތް ހިނގަމުންދާ މަންޒަރު. ޙަޤީޤަތުގައި މި ހޮސްޕިޓަލްގައި ޢަމަލީ މަސައްކަތް ނިންމައި ޚިދުމަތްދޭނެކަމަށް އޭރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި، އެ އަހަރު ނިމުމުގެ ކުރިން ދޭނެކަމަށް ދެންނެވި އިނގޭތޯ. އެހެންނަމަވެސް އަދި މިއަދާ ހަމައަށް އައިއިރުގައި ވެސް އެންމެ ބާރު ސްޕީޑުގައި މަސައްކަތް ނުދާތީ މި އަހަރުތަކެއް، ފަސްޖެހި، މަގުޖެހިފައި މި އޮތީ. ދެން ކޮންމެއަކަސް، ހޯރަފުށީގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް. ހޯރަފުށީ ހޮސްޕިޓަލް ނިމި، ޚިދުމަތަށް ފަށައިގަތުމަކީ. 
ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު

ނިމިދިޔަ އެމްދީޕީގެ ވެރިކަމުގަައި ވަނީ ހޯރަފުށީ ގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފަ އެވެ. މީގެ ތެރޭގައި ހޯރަފުށީގެ އެއަރޕޯޓް، ހޯރަފުށީގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުން، ހޯރަފުށީގެ އައިސް ޕްލާންޓް، ޖުވެނައިލް ޖަސްޓިސް ބިލްޑިން، ވޮލީ ކޯޓް، ފުޓުބޯޅަދަނޑު، ކޯޓުގެ އާ އިމާރާތެއް، ޕްރީ ސްކޫލް، 3 ޕާކެއް އަދި ފެރީ ޓާމިނަލް އަދި ރަށުގެ ގޮޑުދޮށް ހިމާޔަތް ކުރުމަށްޓަކައި ޖިއޯ ބޭގް ޖަހައިގެން ހިއްކާފައިވާ ކުޑަ 3 ރަށުގެ މަސައްކަތް ފާހަގަކޮށްލެވެ އެެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހޯރަފުށީ ގައި ފަށައިގެން ބާރު ސްޕީޑުގައި ކުރިޔަށް ދިޔަ އެތައް މަޝްރޫއެއް މި ސަރުކާރު އައި ފަހުން ވަނީ މަޑުޖެހިފަ އެވެ. އޭގެ ތެރޭގައި ވެރިކަން ނިމުނު އިރު ނިމެން ކައިރިވެފައިވާ ބިއްލޫރި ފުޅީގައި ބޯފެން ބަންދުކުރާ ބޮޓެލިން ޕްލާންޓް، ކައުންސިލް އޮފީހުގެ އާ އިމާރާތް، ފެނަކަ އޮފީސް އަދި ހޯރަފުށީގައި ގާއިމް ކުރާ އާ ހޮސްޕިޓަލުގެ މަސައްކަތް ހިމެނެ އެވެ.

ހޯރަފުށީ ހޮސްޕިޓަލްހއ.ހޯރަފުށީހޯރަފުށީ ކައުންސިލްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

25 އެޕްރީލު 2026
ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

25 އެޕްރީލު 2026
ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

24 އެޕްރީލު 2026
އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

23 އެޕްރީލު 2026
މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

23 އެޕްރީލު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު