Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެންޓަލް ހޮސްޕިޓަލް

ގަމުގައި އަޅަން ނިންމި މެންޓަލް ހޮސްޕިޓަލް ގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ރައީސް މުއިއްޒު ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލެއް ބޭރުގެ ލޯނު އެހީގެ ބަދަލުގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މާލޭގައި އެޅުމަށް ނިންމާފައިވާ ކަމަށް. ލޯނު ހަމަޖެހުމުގައި ހުރި ދަތިތަކާ ގުޅިގެން މި މަޝްރޫއު އަވަސްކުރުމަށް ނިންމެވި ނަމަވެސް، ކުރިން ރޭވިފައިވާ ގޮތަށް ލ. ގަމުގައިވެސް މިފަދަ ހޮސްޕިޓަލެއް އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާތީ، މިއީ މިވަގުތަށް ނުހަނު ބޭނުންތެރި މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 27 އެޕްރީލު 2026 | ހޯމަ 07:25
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މެންޓަލް ހޮސްޕިޓަލެއް މާލޭގައި އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ނަފްސާނީ ބައްޔަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަކީ ވައުދެއް ކަމަށާއި، މިމަޝްރޫއަށް ބޭރުގެ ލޯނު ހަމަޖައްސުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް ލޯނުގެ ޕްރޮސީޖަރ މާބޮޑަށް ދިގުދެމިގެންދާތީ، ބަޖެޓުން ހަރަދު ކޮށްގެން މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ މި ލޯނު ހަމަޖެހުމުން ސިއްހީ ދާއިރާގެ އެހެން ކަމަށް ބޭނުން ކުރާނެ ކަމަށާއި، މަޝްވަރާގެ ދަށުން ފަހުން ގޮތެއް ނިންމާނެ ކަމަށެވެ. އަދި މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމި ނަމަވެސް ކުރިން ޕްލޭންގައިވާ ގޮތަށް ލާމު އަތޮޅުގައި ވެސް ހޮސްޕިޓަލް އަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންނަމަވެސް، އަދިވެސް އެ ޕްރޮސީޖަރގައި ދިގުކަމުން މީގެއިން ލޯނެއް، ހަމަޖެހިގެން، މި ޕްރޮޖެކްޓް އަދި މިކަހަލަ އެއްވެސް ޕްރޮޖެކްޓެއް ފެށޭގޮތް ނުވެ ލަސްވަމުންދާތީ އަދި މި މައްސަލަ އިތުރަށް ވަރަށް ބޮޑަށް ރާއްޖޭގެ ބޮޑުވެ އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ ބޮޑު މައްސަލައަކަށްވާތީ، އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ބަޖެޓުން ސީދާ މެންޓަލް ހެލްތު ފެސިލިޓީ ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ. އެކަމަކު އޭގެ މާނައެއް ނޫން، މި ލޯނު ފެސިލިޓީ ލިބޭ ދުވަހަކުން ނޫނީ ހަމަޖެހިގެން އެކަން ނުކުރާނެ ވާހަކަ. އެހެން އަދި އަޅުގަނޑުމެން ޑިޝިޝަން ނަގާނަން. އަޅުގަނޑުމެން ބޮޑަށް ބަލާނީ އެ ލޯނު އެހެން ހެލްތް ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރުމަށް. އެހެންނަމަވެސް، އެ ޑިޒިޝަން އަދި ފައިނަލްނުކޮށް ފުރަތަމަ އަޅުގަނޑުމެން މި ސަރުކާރުގެ ބަޖެޓުން، ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި އޮތް ސްޕޭސްގެ ތެރެއިން މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

ނަފްސާނީ ބައްޔަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 24 އޭޕްރީލްގެ ނިޔަލަށް މާލެއިން 8125 މީހުން އާސަންދައިން ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. 

މާލޭގައި ނަފްސާނީ ބައްޔަށް ޚާއްސަ މެންޓަލް ހޮސްޕިޓަލެއް އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، އެމަނިކުފާނު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ލ. ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލުގެ ބަދަލުގައި މެންޓަލް ހޮސްޕިޓަލެއް އެޅުމަށް ނިންމާފަ އެވެ. ނަމަވެސް މިހާތަނަށް މި ހޮސްޕިޓަލްއާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. 

މެންޓަލް ހޮސްޕިޓަލްގަންރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު

27 އެޕްރީލު 2026
އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު
25 އެޕްރީލު 2026

އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

25 އެޕްރީލު 2026
އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި
25 އެޕްރީލު 2026

ރައީސް މުއިއްޒު 2024 ވަނަ އަހަރު ނިންމާނެ ކަމަށް ވައުދުވި، ހއ. ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކޮޅުމަތި އަދިވެސް ނުފެނޭ

25 އެޕްރީލު 2026
ރައީސް މުއިއްޒު 2024 ވަނަ އަހަރު ނިންމާނެ ކަމަށް ވައުދުވި، ހއ. ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކޮޅުމަތި އަދިވެސް ނުފެނޭ
25 އެޕްރީލު 2026

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

25 އެޕްރީލު 2026
އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި
25 އެޕްރީލު 2026

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

25 އެޕްރީލު 2026
ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު