Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޓި-ބުލީ ގާނޫނު

ބުލީކުރުން ކުށަކަށް ހަދައި އެކަން ހުއްޓުވުމަށް، އެންޓި-ބުލީ ގާނޫނެއް ހަދަނީ

ރާއްޖޭގައި ބުލީކުރުމުގެ މައްސަލަ ބޮޑުވެފައި ވާތީ، އެކަން ހުއްޓުވުމަށް ޚާއްސަ "އެންޓި-ބުލީ" ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައި. މި ގާނޫނުގެ ދަށުން ބުލީކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އޮންލައިންކޮށްނާއި ސްކޫލްތަކާއި އޮފީސްތަކުގައި ހިންގާ މިފަދަ އަމަލުތަކަށް ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. އޭޖީ އޮފީހުން މި ބިލު ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިއީ މުޖުތަމައުން މި ނުބައި އާދަ ނައްތާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2026 | ހޯމަ 08:13
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ބުލީކުރުން ކުށަކަށް ހަދައި އެކަން ހުއްޓުވުމަށް، އެންޓި-ބުލީ ގާނޫނެއް ހަދަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބުލީ ކުރުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މިއީ މި މުޖުތަމައުގައި މޫލައިފައިވާ ކަމެއް ކަމަށެވެ. އަދި މިކަމުގައި ބައިވަރު މައްސަލަތައް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ އެންމެ ތުއްތު ކުދިން ފެށިގެން ބޮޑެތި މީހުންނާ ހިސާބަށް އޮތް މިމައްސަލަ ހުއްޓުވުމަށްޓަކައި ސަރުކާރުގެ ލެވަލްގައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. 

އެގޮތުން  މިހާރު އަމަލުކުރަމުންދާ ގާނޫނީ ނިޒާމުގެ ތެރޭގައި ވެސް ބުލީ ކުރުމާ ގުޅޭ ކަންކަމަށް ފިޔަވަޅު އެޅޭ ގޮތަށް ފަހިވެފައިވާ ކަމަށެވެ. އަދި ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާކުރުމަށް އެންޓި ބުލީ ގާނޫނެއް ތައާރަފުކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިގާނޫނު އައުމާއެކު މި މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށާއި،  މި ގާނޫނުގައި ވަރަށް ސާފުކޮށް ބުލީ ކުރުމުގެ އަމަލުތަކަކީ ކޮބައި ކަމާއި، ބުލީ ކުރުމުގެ އަމަލުތަކާއި، އެއީ ކޮން ގޮތަކަށް ކިހިނެއް ހިނގާ ކަމެއް ކަމާއި، ކުށަކަށްވާ ގޮތް ގާނޫނީ ދާއިރާއިން ވަރަށް ސާފުކޮށް ކަނޑައެޅިގެންދާނެ ކަމަށެވެ. 

އެއީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނެވުނު ހަވަނަ އިޞްލާޙު. މި ސަރުކާރުން 2024ގެ ޑިސެމްބަރު 17ގައި ގެނައި ހަވަނަ އިސްލާހުގައި، ސައިބަރ ވައިލެންސްގެ އަމަލުތަކަކީ ކުށެއް ކަމަށް އޮންނާނީ ކަނޑައަޅާފައި. އޭގެތެރޭގައި، ސައިބަރ ސްޓޯކިންގެ އަމަލުތައް ވެސް ހިމެނޭ. އަދި މިފަދަ އަމަލުތައް ފުލުހުން ތަހުގީގުކުރުމަށް ފަހު ދައުވާކުރުމަށް ޕީޖީ އަށްވެސް ހުށަހެޅުން ހަމަ ކުރިއަށްދޭ. އޭގެއިތުރަށް ވެސް. އެހެންވީމާ މިކަން އިތުރަށް، މި ގާނޫނީ ނިޒާމު ތެރެއިން ހުއްޓުވުމަށްޓަކައި އަދި ޕްރިވެންޓިވް އެކި ކަހަލަ މެޝަރތައް އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބުލީކުރުން އެއީ، ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމާ ގުޅޭ ޚާއްސަ ގާނޫނެއް، އެންޓި ބުލީ ގާނޫނެއް ތައާރަފުކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށައިފިން. އެހެންވީމާ، އެ މަސައްކަތް މިހާރު އޭޖީ އޮފީހުން އެބަ ކުރިއަށް ގެންދަވާ، ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ވެސް ލަފައާ އެކީގައި. އިރާދަކުރެއްވިއްޔާ މި ބިލު އަޅުގަނޑުމެން ފަރުމާކޮށްފައި، މަޝްވަރާގެ ހުރިހާ ޕްރޮސެސްއަކާ އެކީގައި ނިންމާފައި، އިރާދަކުރެއްވިއްޔާ މަޖިލީހަށް ފޮނުވާނެ އިންޓަރ ބުލީ ގާނޫނެއް.
 ރައީސް ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، އޮންލައިންކޮށް ބުލީ ކުރުން ހުއްޓުވުމުގެ ބައިތަކާއި، ސްކޫލުތަކާއި އޮފީސްތަކުގެ އިތުރުން މުޖުތަމައުގައި ބުލީ ކުރުން ޚާއްސަ ސިޔާސަތުތަކެއް އެކުލަވައިލުމުގެ ބައިތައް ވެސް ބިލުގައި ތަފުސީލުކޮށް ހިމަނާނެ ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ބުލީ ކުރުމުގެ މައްސަލައަށް ވަށާޖެހޭ ފުރިހަމަ ހައްލެއް ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ވަރަށް ބޮޑަށް ސަރުކާރަށް ބޭނުންވާ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް ދިވެހި ހުރިހާ ރައްޔިތުންގެ ޒިންމާއެއް އެބައޮތް ކަމަށާއި، އެކުވެރިކަމާއި، އެއް ރޫހެއްގައި މަސައްކަތް ކުރުމުން ނަތީޖާ ނެރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ގަނާ ކުރުންސައިބަރ ސްޓޯކިންގއެންޓި-ބުލީ ގާނޫނުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ގަމުގައި އަޅަން ނިންމި މެންޓަލް ހޮސްޕިޓަލް ގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ގަމުގައި އަޅަން ނިންމި މެންޓަލް ހޮސްޕިޓަލް ގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އެޕްރީލު 2026
އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު

އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު

27 އެޕްރީލު 2026
އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

25 އެޕްރީލު 2026
ރައީސް މުއިއްޒު 2024 ވަނަ އަހަރު ނިންމާނެ ކަމަށް ވައުދުވި، ހއ. ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކޮޅުމަތި އަދިވެސް ނުފެނޭ

ރައީސް މުއިއްޒު 2024 ވަނަ އަހަރު ނިންމާނެ ކަމަށް ވައުދުވި، ހއ. ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކޮޅުމަތި އަދިވެސް ނުފެނޭ

25 އެޕްރީލު 2026
އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

25 އެޕްރީލު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު