Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ހުކުރު ދުވަހުގެ ރޭ އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

ޕާކިސްތާންގެ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ އަލް އަރަބިއްޔާގައި ބުނެފައި ވަނީ، ހުކުރު ދުވަހުގެ ރޭ އީރާންގެ ކުޑަ ވަފުދަކާ އެކު އަރާގްޗީ، ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދަށް ވަޑައިގެންނެވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އެޕްރީލު 2026 | ހުކުރު 12:58
އެމެރިކާ އާއި އީރާންއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު، ސަލާމަތީ ބާރު ތަކުން މަގު މަތީގައި ސަލާމަތީ ކަންކަން ބަލަހައްޓަނީ.

އެމެރިކާ އާއި އީރާންއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު، ސަލާމަތީ ބާރު ތަކުން މަގު މަތީގައި ސަލާމަތީ ކަންކަން ބަލަހައްޓަނީ. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ދެ ވަނަ ބުރުގެ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ހުކުރު ދުވަހުގެ ރޭ ޕާކިސްތާނަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި އެވެ. 

ޕާކިސްތާންގެ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ އަލް އަރަބިއްޔާގައި ބުނެފައި ވަނީ، ހުކުރު ދުވަހުގެ ރޭ އީރާންގެ ކުޑަ ވަފުދަކާ އެކު އަރާގްޗީ، ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދަށް ވަޑައިގެންނެވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. 

މި މަޝްވަރާ ތަކަށް އެމެރިކާގެ ލޮޖިސްޓިކްސް އަދި ސެކިއުރިޓީ ޓީމު މީގެ ކުރިން ވަނީ ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދަށް ހިނގައްޖެ ކަމަށް ރޮއިޓާސްގައި ވަނީ ބުނެފަ އެވެ. މިއީ ޕާކިސްތާންގެ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ކޮށްފައިވާ ރިޕޯޓެކެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނިންމުމަށް، މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަނީ ޕާކިސްތާން އިންނެވެ. ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި މީގެ ކުރިން ވަނީ ފުރަތަމަ ބުރުގެ މަޝްވަރާ ތަކެއް ބާއްވައިފަ އެވެ. ނަމަވެސް، އެ މަޝްވަރާ ތަކުން ވެސް ހަނގުރާމަ ނިންމުމަށް ދާއިމީ އެއްބަސްވުމަކަށް އާދެވިފައި ނުވެ އެެވެ. ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ވަފުދެއް ފޮނުވުމަށް މިހާތަނަށް އީރާން އިން ވަނީ އިންކާރު ކޮށްފަ އެވެ.

އެމެރިކާ އާއި އީރާނުން އެންމެ ފުރަތަމަ ވަނީ ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލުމަށް އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް، އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ މުއްދަތު އިތުރު ކޮށްފައިވާ ކަމަަށް އިއުލާން ކުރައްވައިފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާންއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

24 އެޕްރީލު 2026

އީރާންއާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅު ތަކެއް އަޅަން އެމެރިކާ އިން އަނެއްކާ ވެސް ވިސްނަނީ

24 އެޕްރީލު 2026
އީރާންއާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅު ތަކެއް އަޅަން އެމެރިކާ އިން އަނެއްކާ ވެސް ވިސްނަނީ
24 އެޕްރީލު 2026

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތިން ހަފުތާ އަށް އިތުރު ކޮށްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

24 އެޕްރީލު 2026
އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތިން ހަފުތާ އަށް އިތުރު ކޮށްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
23 އެޕްރީލު 2026

އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

23 އެޕްރީލު 2026
އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި
23 އެޕްރީލު 2026

ހަނގުރާމައިގެ ޒިންމާ އިސްތިއުމާރީ ބާރު ތަކުން އުފުލަން ޖެހޭ: އީރާންގެ ފޮރިން މިނިސްޓަރު

23 އެޕްރީލު 2026
ހަނގުރާމައިގެ ޒިންމާ އިސްތިއުމާރީ ބާރު ތަކުން އުފުލަން ޖެހޭ: އީރާންގެ ފޮރިން މިނިސްޓަރު
22 އެޕްރީލު 2026

އީރާން އިން ބޭނުން ވަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލައިގެން ދުވާލަކު 500 މިލިއަން ޑޮލަރު ހޯދަން: ޓްރަމްޕް

22 އެޕްރީލު 2026
އީރާން އިން ބޭނުން ވަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލައިގެން ދުވާލަކު 500 މިލިއަން ޑޮލަރު ހޯދަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު