Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ ޝަރުތު ތަކަަށް އެއްބަސްވެވޭ ހުށަހެޅުން ހުށަހަޅަން އީރާން އިން ދަނީ ތައްޔާރުވަމުން: ޓްރަމްޕް

އެމެރިކާ އިން މަޝްވަރާ ކުރަމުން އަންނަނީ ކޮން ފަރާތަކާތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަން ހާމަ ކުރައްވަން ބޭނުން ނުވާ ކަމަށް. ނަމަވެސް، އެމެރިކާ އިން މަޝްވަރާ ކުރަމުން އަންނަނީ މިހާރު އީރާންގެ ވެރިކަމުގެ ބާރުގައި ތިއްބެވި ފަރާތްތަކާ އެކު ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އެޕްރީލު 2026 | ހޮނިހިރު 09:11
އެމެރިކާގެ ރައީސް ޓްރަމްޕް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކްރެޓަރީ އޮފް ވޯ ހެގްސެތު އަދި އެހެން ބޭފުޅުން.

އެމެރިކާގެ ރައީސް ޓްރަމްޕް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކްރެޓަރީ އޮފް ވޯ ހެގްސެތު އަދި އެހެން ބޭފުޅުން. | ރޮއިޓާސް

އެމެރިކާގެ ޝަރުތު ތަކަށް އެއްބަސްވެވޭ ފަދަ ހުށަހެޅުމެއް ހުށަހަޅަން އީރާން އިން ދަނީ ތައްޔާރު ވަމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު ޓްރަމްޕް ރޮއިޓާސް އަށް މިހެން ވިދާޅުވެފައިވާއިރު، އިތުރަށް އޭނާ ވިދާޅުވީ ޕާކިސްތާންގައި ވަރަށް އަވަހަށް މަޝްވަރާތައް ފެށޭނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ. 

ފޯނުން ދެއްވި އިންޓަވިޔުގައި ޓްރަމްޕް ވިދާޅުވީ، އީރާން އިން އަންނަނީ ހުށަހެޅުމެއް ހުށަހަޅަން ތައްޔާރު ވަމުން ކަމަށާއި، އެކަން ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ. ނަމަވެސް، އެއީ ކޮން ކަހަލަ ހުށަހެޅުމެއްކަން މިހާތަނަށް ސާފުވެފައި ނުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އެމެރިކާ އިން މަޝްވަރާ ކުރަމުން އަންނަނީ ކޮން ފަރާތަކާތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަން ހާމަ ކުރައްވަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް، އެމެރިކާ އިން މަޝްވަރާ ކުރަމުން އަންނަނީ މިހާރު އީރާންގެ ވެރިކަމުގެ ބާރުގައި ތިއްބެވި ފަރާތްތަކާ އެކު ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕާކިސްތާންގައި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއާ ބައްދަލު ކުރެއްވުމަށް، ސްޓީވް ވިޓްކޮފް އާއި ޖެރާޑް ކުޝްނާ ފޮނުވުމަށް ޓްރަމްޕް ވިސްނަވާ ކަމަށެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ވަނީ ފުރަތަމަ ބުރުގެ މަޝްވަރާ ތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އެ މަޝްވަރާ ތަކުން އެއްވެސް ކާމިޔާބެއް ލިބިފައި ނުވާއިރު، ދެ ވަނަ ބުރުގެ މަޝްވަރާ ތަކާ މެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

24 އެޕްރީލު 2026

ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ހުކުރު ދުވަހުގެ ރޭ އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

24 އެޕްރީލު 2026
ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް ހުކުރު ދުވަހުގެ ރޭ އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި
24 އެޕްރީލު 2026

އީރާންއާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅު ތަކެއް އަޅަން އެމެރިކާ އިން އަނެއްކާ ވެސް ވިސްނަނީ

24 އެޕްރީލު 2026
އީރާންއާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅު ތަކެއް އަޅަން އެމެރިކާ އިން އަނެއްކާ ވެސް ވިސްނަނީ
24 އެޕްރީލު 2026

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތިން ހަފުތާ އަށް އިތުރު ކޮށްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

24 އެޕްރީލު 2026
އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތިން ހަފުތާ އަށް އިތުރު ކޮށްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
23 އެޕްރީލު 2026

އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

23 އެޕްރީލު 2026
އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި
23 އެޕްރީލު 2026

ހަނގުރާމައިގެ ޒިންމާ އިސްތިއުމާރީ ބާރު ތަކުން އުފުލަން ޖެހޭ: އީރާންގެ ފޮރިން މިނިސްޓަރު

23 އެޕްރީލު 2026
ހަނގުރާމައިގެ ޒިންމާ އިސްތިއުމާރީ ބާރު ތަކުން އުފުލަން ޖެހޭ: އީރާންގެ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު