Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅު ތަކެއް އަޅަން އެމެރިކާ އިން އަނެއްކާ ވެސް ވިސްނަނީ

މި ފިޔަވަޅު ތަކުގެ ތެރޭގައި އެންމެ ފުރަތަމަ ވިސްނަމުން ދަނީ މަޝްވަރާ ތަކަށް ހުރަސް އަޅަމުންދާ އީރާންގެ އިސް ފަރާތް ތަކަށް ހަމަލާ ދިނުމަށް ކަމަށް ރިޕޯޓުގައިވޭ. އެގޮތުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އިސްވެރިޔާ އަޙުމަދު ވަޙީދީ އަށް ހަމަލާ ދިނުން ހިމެނޭ ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އެޕްރީލު 2026 | ހުކުރު 09:45
އެމެރިކާ އާއި އީރާާންގެ ދިދަ.

އެމެރިކާ އާއި އީރާާންގެ ދިދަ. | ރޮއިޓާސް

އީރާންއާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅު ތަކެއް އަޅަން އެމެރިކާ އިން އަނެއްކާ ވެސް ވިސްނަމުން ގެންދާ ކަމަށް ސީއެންއެން އިން ހުކުރު ދުވަހު ރިޕޯޓު ކޮށްފި އެވެ. 

މި ފިޔަވަޅު ތަކަކީ މިހާރު އެއްބަސްވުމެއް ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ނާކާމިޔާބު ވެއްޖެ ނަމަ އަޅާނެ ފިޔަވަޅު ތަކެއް ކަމަށް ބުނެފައިވެ އެވެ. އަދި އެ ފަދަ މައުލޫމާތު ތަކެއް ދީފައި ވަނީ އެ މަޝްވަރާ ތަކުގައި ބައިވެރިވާ ފަރާތް ތަކުން ކަމަށް ވެސް ބުނެފައިވެ އެވެ. 

މި ފިޔަވަޅު ތަކުގެ ތެރޭގައި އެންމެ ފުރަތަމަ ވިސްނަމުން ދަނީ މަޝްވަރާ ތަކަށް ހުރަސް އަޅަމުންދާ އީރާންގެ އިސް ފަރާތް ތަކަށް ހަމަލާ ދިނުމަށް ކަމަށް ރިޕޯޓުގައިވެ އެވެ. އެގޮތުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އިސްވެރިޔާ އަޙުމަދު ވަޙީދީ އަށް ހަމަލާ ދިނުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. 

މީގެ އިތުރުން އީރާންގެ ކަނޑުގެ ހަނގުރާމަވެރި ވަސީލަތް ތަކަށް ހަަމަލާ ދިނުމުގެ ޕްލޭނެއް ވެސް އެމެރިކާ އިން ތައްޔާރު ކުރަމުންދާ ކަމަށް ސީއެންއެން އިން ވަނީ ރިޕޯޓު ކޮށްފަ އެވެ. އެ ޕްލޭން ތަކުގައި ހޮރްމޫޒް ކަނޑު އޮޅި، ދެކުނު އަރަބި ކަނޑާއި، އޮމާން ކަނޑުގެ ސަރަހައްދުގައި އީރާން އިން ބޭނުން ކުރާ ކުޑަ ހަނގުރާމައިގެ ބޯޓާއި، މައި އަޅާން ބޯޓު ތަކާއި، އަދި އެހެނިހެން ވަސީލަތްތައް ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. 

ހޮރްމޫޒް ކަނޑު އޮޅި އަކީ ހަނގުރާމައިގައި ވަރަށް މުހިންމު ސަަރަހައްދެކެވެ. އީރާން އިން މި ސަރަހައްދުގެ ކަނޑު މަގު ތަކުން ހުރަސްއަޅަމުން ދިޔުމުން ބައިނަލްއަޤުވާމީ ބާޒާރު ތަކަށް ބޮޑެތި އަސަރު ތަކެއް ކޮށްފައިވާއިރު، ދުނިޔޭގެ އިޤްތިޞާދަށް ވެސް ދަނީ އެކަމުގެ އަސަރުތައް ކުރަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ތެލުގެ އަގު މައްޗަށް ދިޔުން ކޮންޓްރޯލް ކުރާނެ ކަމަށް ވެސް ބުނެފަ އެވެ. 

މީގެ ކުރިން އެމެރިކާ އިން ހަމަލާ ދެމުން ދިޔައީ އީރާންގެ ތެރޭގައި އޮންނަ ޓާގެޓު ތަަކަށް ކަމަށާއި، އައި ޕްލޭން ތަކުގައި ސަމާލުކަން ހުއްޓޭނީ ކަނޑުގެ މަގު ތަކަށް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ހަނގުރާމައިގެ ފިޔަވަޅުތައް އެކަނި އަޅައިގެން ކަނޑު އޮޅި އަވަސް އަރުވާލައިގެން ހުޅުވޭނެ ކަމަށް ނުބެލެވޭ ކަމަށް އެކި ފަރާތް ތަކުން ބުނެ އެވެ. 

އީރާން އަށް ޕްރެޝަރު ކުރުމަށްޓަކައި ހަކަތައިގެ ވަސީލަތްތަކަށް ހަމަލާ ދިނުމަށް ވެސް ވިސްނަމުންދާ ކަމަށާއި، އެއީ ވަރަށް ބޮޑު އަދި ދެކޮޅަށް ވެސް ހުރި ފިޔަވަޅު ތަކަަކަށް ވާނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ވަނީ ރިޕޯޓު ކޮށްފަ އެވެ. އީރާންގައި ހުރި މިސައިލް އަދި ލޯންޗަރުތަކަށް ހަމަލާ ދިނުމަށް ވެސް ވިސްނަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

24 އެޕްރީލު 2026

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތިން ހަފުތާ އަށް އިތުރު ކޮށްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

24 އެޕްރީލު 2026
އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތިން ހަފުތާ އަށް އިތުރު ކޮށްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
23 އެޕްރީލު 2026

އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

23 އެޕްރީލު 2026
އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި
23 އެޕްރީލު 2026

ހަނގުރާމައިގެ ޒިންމާ އިސްތިއުމާރީ ބާރު ތަކުން އުފުލަން ޖެހޭ: އީރާންގެ ފޮރިން މިނިސްޓަރު

23 އެޕްރީލު 2026
ހަނގުރާމައިގެ ޒިންމާ އިސްތިއުމާރީ ބާރު ތަކުން އުފުލަން ޖެހޭ: އީރާންގެ ފޮރިން މިނިސްޓަރު
22 އެޕްރީލު 2026

އީރާން އިން ބޭނުން ވަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލައިގެން ދުވާލަކު 500 މިލިއަން ޑޮލަރު ހޯދަން: ޓްރަމްޕް

22 އެޕްރީލު 2026
އީރާން އިން ބޭނުން ވަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލައިގެން ދުވާލަކު 500 މިލިއަން ޑޮލަރު ހޯދަން: ޓްރަމްޕް
22 އެޕްރީލު 2026

ހަނގުރާމަ މެދު ކަނޑާލުމުގެ މުއްދަތު ޓްރަމްޕް އިތުރު ކުރައްވައިފި

22 އެޕްރީލު 2026
ހަނގުރާމަ މެދު ކަނޑާލުމުގެ މުއްދަތު ޓްރަމްޕް އިތުރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު