Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ

ޓްރަމްޕްގެ ބައްދަލުވުމުގައި އިންފަންޓީނޯ ބައިވެރިވުމަކީ އޮލިމްޕިކް ޗާޓަރާ ޚިލާފު ކަމެއް ނޫން: އައިއޯސީ

އެކަމާ ގުޅޭ ގޮތުން އައިއޯސީގެ ތަރުޖަމާނު ވިދާޅުވީ، ފީފާ އާއެކު އެ ކޮމެޓީ އިން މުއާމަލާތު ކޮށްފައިވާ ކަމަށާއި، ފަލަސްޠީނުގެ ޣައްޒާގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ޤާއިމު ކުރުމާއި، ތައުލީމާއި، ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ފީފާ އިން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމަކީ ބައިނަލްއަޤުވާމީ ކުޅިވަރު ފެޑެރޭޝަނަކުން އަދާ ކުރަން ޖެހޭ ދައުރާ އެއްގޮތަށް ކުރިއަށްދާ ކަމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 06:05
ބޯޑު އޮފް ޕީސްގެ ބައްދަލުވުމުގައި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެ ވަޑައިގަންނަވަނީ

ބޯޑު އޮފް ޕީސްގެ ބައްދަލުވުމުގައި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެ ވަޑައިގަންނަވަނީ | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައި އުފައްދާފައިވާ "ބޯޑް އޮފް ޕީސް" ގެ ފުރަތަމަ ބައްދަލުވުމުގައި، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވުމަކީ، އޮލިމްޕިކް ޗާޓަރުގެ ސިޔާސީ ވަކި ފަރާތަކަށް ނުޖެހުމުގެ އުސޫލުތަކާ ޚިލާފު ކަމެއް ނޫން ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ) އިން ބުނެފި އެވެ. 

ފީފާގެ ރައީސްގެ އިތުރުން، އިންފަންޓީނޯ އަކީ އައިއޯސީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ބޭފުޅެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބޯޑު އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުމުގައި އިންފަންޓީނޯ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕްގެ އިތުރުން، ދުނިޔޭގެ ޤައުމު ތަކުގެ ލީޑަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. 

އެކަމާ ގުޅޭ ގޮތުން އައިއޯސީގެ ތަރުޖަމާނު ވިދާޅުވީ، ފީފާ އާއެކު އެ ކޮމެޓީ އިން މުއާމަލާތު ކޮށްފައިވާ ކަމަށާއި، ފަލަސްޠީނުގެ ޣައްޒާގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ޤާއިމު ކުރުމާއި، ތައުލީމާއި، ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ފީފާ އިން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމް އަކީ ބައިނަލްއަޤުވާމީ ކުޅިވަރު ފެޑެރޭޝަނަކުން އަދާ ކުރަން ޖެހޭ ދައުރާ އެއްގޮތަށް ކުރިއަށްދާ ކަމެއް ކަމަށެވެ. 

މީގެ އިތުރުން އޯއައިސީގެ އޮލިމްޕިކް ސޮލިޑާރިޓީ މެދުވެރިކޮށް އެ ސަރަހައްދުގެ ކުޅިވަރު ކުރިއެރުވުމަށް އެ ކޮމެޓީ އިން ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އޭނާ ފާހަގަ ކުރައްވާފައިވެ އެވެ. އޮލިމްޕިކް ޗާޓަރުގައި ބަޔާން ކޮށްފައިވާ ގޮތުން، އެ ކޮމެޓީގެ މެމްބަރުން އަބަދު ވެސް ވިޔަފާރި އަދި ސިޔާސީ މަސްލަޙަތު ތަކުން އެއްކިބާވެ މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖެހެ އެވެ. އަދި ސަރުކާރު ތަކުން، ނުވަތަ އެހެން ޖަމާއަތް ތަކަކުން މެމްބަރުންގެ މިނިވަން ކަމަށް، ނުވަތަ ވޯޓު ދިނުމުގެ ޙައްގަށް ނުފޫޒު ފޯރުވާ ފަދަ އެއްވެެސް އިރުޝާމެއް ޤަބޫލު ކުރުމަކީ ވެސް މަނާ ކަމެކެވެ. 

ޓްރަމްޕްގެ އިސް ނެންގެވުމުގެ ދަށުން އުފައްދާފައިވާ ބޯޑު އޮފް ޕީސް އަކީ، އެކި ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވެފައިވާ ބޯޑެކެވެ. މި ބޯޑުގައި އިޒްރޭލް ހިމެނުނު ނަމަވެސް، ފަލަސްޠީނުގެ އެއްވެސް މަންދޫބަކަށް ފުރުސަތު ދީފައި ނުވެ އެވެ. މީގެ އިތުރުން ޣައްޒާގެ މައްސަލައިގެ އިތުރުން، ބައިނަލްއަޤުވާމީ އެހެން މައްސަލަ ތަކަށް ވެސް މި ބޯޑުން ޙައްލު ހޯއްދަވާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، މިއީ ބައިނަލްއަޤުވާމީ ޑިޕްލޮމަސީގައި އދ. އިން އަދާކުރާ ދައުރަށް ހުރަސްއެޅިދާނެ ކަމެއްކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. 

އެ ބައްދަލުވުމުގެ ތެރެއިން އިންފަންޓީނޯ ވަނީ ޓްރަމްޕްގެ ރިޔާސީ ދައުރުތަކަށް ނިސްބަތްވާ "45-47" ޖަހާފައިވާ ރަތް ކުލައިގެ ތޮތްޕެއް އަޅުއްވައިގެން ހުންނަވައިފަ އެވެ. އަދި ޣައްޒާގައި 50 ކުޑަ ފުޓުބޯޅަ ދަނޑާއި، ފަސް ބޮޑު ދަނޑުގެ އިތުރުން، ޒަމާނީ ފީފާ އެކަޑަމީ އަކާއި، 20،000 މީހުންގެ ޖާގައިގެ ޤައުމީ ދަނޑެއް އެޅުމަށް ބޯޑު އޮފް ޕީސް އާއެކު ފީފާ އިން ވެފައިވާ އެއްބަސްވުން ވެސް އޭނާ ވަނީ ދައްކަވާލައްވައިފަ އެވެ. 

މިއަހަރުގެ ފީފާ ވޯލްޑް ކަޕް އެމެރިކާ އާއި، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިން ވެސް އިންފަންޓީނޯ ވަނީ އެކި ފަހަރު މަތިން ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފީފާ އިން ވަނީ ދުނިޔޭގެ ސުލްޙަ އަށް މަސައްކަތް ކުރުމުގެ އެވޯޑެއް ވެސް ޓްރަމްޕް އަށް އަރުވައިފަ އެވެ. 

ޖިއާނީ އިންފަންޓީނޯބޯޑް އޮފް ޕީސްފީފާއައިއޯސީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި

ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި

24 ފެބުރުއަރީ 2026
އެމެރިކާގެ ބާރުވެރިކަމާ ދެކޮޅަށް އީރާން އިން އަމާންނުދޭތީ ޓްރަމްޕް ހުންނެވީ އަޖައިބުވެފައި، އެކަމާ ސުވާލު ވެސް އުފައްދަވައިފި

އެމެރިކާގެ ބާރުވެރިކަމާ ދެކޮޅަށް އީރާން އިން އަމާންނުދޭތީ ޓްރަމްޕް ހުންނެވީ އަޖައިބުވެފައި، އެކަމާ ސުވާލު ވެސް އުފައްދަވައިފި

22 ފެބުރުއަރީ 2026
ސުޕްރީމް ކޯޓުގެ އަމުރު ބަލައި ނުގެން، 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ޓްރަމްޕް ނިންމަވައިފި

ސުޕްރީމް ކޯޓުގެ އަމުރު ބަލައި ނުގެން، 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ޓްރަމްޕް ނިންމަވައިފި

22 ފެބުރުއަރީ 2026
ޣައްޒާ ހަނގުރާމައިގައި އިންފަންޓީނޯ އާއި ޗެފެރިން ބައިވެރިވެފައިވާ ކަމަށް ބުނެ އައިސީސީ އަށް މައްސަލަ ހުށަހަޅައިފި

ޣައްޒާ ހަނގުރާމައިގައި އިންފަންޓީނޯ އާއި ޗެފެރިން ބައިވެރިވެފައިވާ ކަމަށް ބުނެ އައިސީސީ އަށް މައްސަލަ ހުށަހަޅައިފި

21 ފެބުރުއަރީ 2026
ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

21 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު