Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ޖޫން 6 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ އެޕްރީލް 14 އިން 29 އަށް ހުޅުވާލާއިރު، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހުށަހަޅަންޖެހޭނެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވަނަ ދުވަހު.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 18:13
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ 6 ޖޫން ގައި.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ 6 ޖޫން ގައި. | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ވަނަ އަހަރުގެ ޖޫން 06 ވާ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ހުކުމްކުރުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ.

Advertisement - newsAdvertisement

ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-C/01 ޤަޟިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަނެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ 2026 އެޕްރީލް 14 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 އާ ހަމަޔަށެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އީ-މެއިލް އެޑްރެސް މެދުވެރިކޮށް ކަމަށާއި ކޮމިޝަނަށް ހާޒިރުވެގެން ވެސް ފޯމު ހުށަހެޅޭނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ. ކޮމިޝަނަށް ހާޒިރުވެގެން ފޯމު ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ ޕޯޓް ކޮމްޕްލެކްސްގެ 5 ވަނަ ފަންގިފިލާ ހިލާލީމަގުގައި ކަމަށް ކޮމިޝަނުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުމާއި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން ހިމެނެ އެވެ.

އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންޖެހޭނެ ކަމަށާއި އިންތިޚާބަށް ކުރިމަތިލާ މީހުން 5،000 ރުފިޔާގެ އިދާރީ ފީ ދައްކަންޖެހޭނެ ކަމަށް ކޮމިޝަނުން ބުނެ އެވެ. އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ އިންތިޚާބީ ދާއިރާގެ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 މީހުންގެ ތާއީދު ހޯދަންޖެހޭނެ އެވެ.

ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 06 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހު އެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 08 ވާ ހޯމަ ދުވަހު ކަމަށް ކޮމިޝަނުން ބުނެ އެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އިލެކްޝަންސް ކޮމިޝަނުން ލިބެން ހުންނާނެ ކަމަށާއި ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެވޭނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމްކޯޓުން ހުކުމް ކުރީ އާދީއްތަ ދުވަހު އެވެ. އޭނާގެ ގޮނޑި ގެއްލުނީ ސާބިތު ދަރައްޏެއް ނުދައްކާތީ އެވެ.

ރައްޔިތުންގެ މަޖިލިސްހިތަދޫ ދެކުނުއިލެކްޝަންސް ކޮމިޝަންސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

މައިމުޅަވާ ދަރިންނަށް ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތަށް ހުށަހެޅި އިސްލާހު ބަލަ އެއް ނުގަތް

މައިމުޅަވާ ދަރިންނަށް ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތަށް ހުށަހެޅި އިސްލާހު ބަލަ އެއް ނުގަތް

13 އެޕްރީލު 2026
މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

13 އެޕްރީލު 2026
ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

13 އެޕްރީލު 2026
މި ސަރުކާރަށް 1 ލައްކައަށް ވުރެ ގިނަ ރައްޔިތުން ނޫނެކޭ ބުނެފި، ދެން ފައިބައިގެން ދޭ.....ދެން ލަލަލާ: ނާޒިލް

މި ސަރުކާރަށް 1 ލައްކައަށް ވުރެ ގިނަ ރައްޔިތުން ނޫނެކޭ ބުނެފި، ދެން ފައިބައިގެން ދޭ.....ދެން ލަލަލާ: ނާޒިލް

13 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލުމަކީ ސިޔާސީ ޒަލްޒަލާއެއްގެ ފެށުން: ސިނާން

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލުމަކީ ސިޔާސީ ޒަލްޒަލާއެއްގެ ފެށުން: ސިނާން

13 އެޕްރީލު 2026

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު