Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮނޑި ގެއްލޭ މައްސަލަ

ގޮނޑި ގެއްލޭ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި

ޕާޓީން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ހުށަހެޅި މައްސަލައިގެ ދެވަނަ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފި. ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައަކީ މެންބަރަކު ޕާޓީން ވަކިކުރިޔަސް، ގޮނޑި ގެއްލޭނީ ދާއިރާގެ ރައްޔިތުންގެ މެދުގައި ނަގާ އާންމު ވޯޓަކުން އެގޮތަށް ފާސްވުމުން ކަމަށް ކަނޑައެޅުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 9 އެޕްރީލު 2026 | ބުރާސްފަތި 12:26
ސުޕްރީމްކޯޓުގެ ބެންޗު

ސުޕްރީމްކޯޓުގެ ބެންޗު | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން އެ މެމްބަރުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި އެވެ.

ދެން އޮންނާނީ މި މައްސަލައިގެ ދެ ވަނަ އަޑު އެހުމެވެ. އެ މައްސަލަ ތާވަލްކޮށްފައި ވަނީ އަންގާރަ ދުވަހުގެ 10:30 އަށެވެ. 

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކި ކުރުމުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް އެ މެންބަރުގެ ގޮނޑި ވަގުތުން ގެއްލޭ ގޮތަށް އެ ގާނޫނު ބާއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ ބިލު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

ޝުޖާއު ހުށަހަޅުއްވާފައި ވަނީ ޕާޓީން ވަކި ކުރިޔަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނީ އާންމު ވޯޓަކުން މެންބަރު ކަމުން ވަކި ކުރަން ރައްޔިތުންނަށް ފެނިއްޖެ ނަމަ ކަމަށް ހަދަން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށެވެ. ރައްޔިތުންގެ މަޖިލީހުން މިގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ 2024 އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގަ އެވެ. ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގުކުރެއްވި އެވެ.

މި ގޮތުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް ހުށަހެޅި އިސްލާހު ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެންބަރު ކަމުން ގާނޫނު ގައި ބަޔާން ކުރާ ގޮތުގެ މަތިން ވަކި ކުރާ ހާލަތުގައި، އެ މީހަކު މަޖިލީހުގެ މެންބަރު ކަމުން ވަކިވާނީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތިން ނަގާ އާންމު ވޯޓެއް ގައި އެ މީހަކު ރައްޔިތުންގެ މަޖިލިހުގެ މެންބަރު ކަމުން ވަކި ކުރުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކަމަށެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މައްސަލަ ހުށަހަޅުއްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މި މައްސަލައަށް އެމްޑީޕީން ވަނީ ތަދައްހުލުވެފަ އެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މައްސަލައިގެ ފުރަތަމަ އަޑުއެހުން  ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މި މައްސަލަ ލަސްވާ ކަން ފާހަގަކުރައްވާ އަލީ ހުސައިން މީގެ ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. 

ރައްޔިތުންގެ މަޖިލިސްއަލީ ހުސައިންއިބްރާހިމް ސުޖާއުޑރ. މުޙައްމަދު މުޢިއްޒުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އިތުރަށް ކިޔާލަން

09 އެޕްރީލު 2026

މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް

09 އެޕްރީލު 2026
މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް
09 އެޕްރީލު 2026

އެންމެ ހިނގާ ޕޯސްޓް: ވަޒީފާ ގެއްލިދާނެތީ "މިހުރީ ރައީސާއެކު ގަދަކޮށް"

09 އެޕްރީލު 2026
އެންމެ ހިނގާ ޕޯސްޓް: ވަޒީފާ ގެއްލިދާނެތީ "މިހުރީ ރައީސާއެކު ގަދަކޮށް"
09 އެޕްރީލު 2026

މުއައްސަސާތަކާއި، ޖުޑީޝިއަރީ ގައި ތިއްބެވި ބޭފުޅުން މިހާރު ރައީސް މުއިއްޒު ދެކެ ޖެހިލުންވާކަށް ނުޖެހޭނެ، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް

09 އެޕްރީލު 2026
މުއައްސަސާތަކާއި، ޖުޑީޝިއަރީ ގައި ތިއްބެވި ބޭފުޅުން މިހާރު ރައީސް މުއިއްޒު ދެކެ ޖެހިލުންވާކަށް ނުޖެހޭނެ، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް
08 އެޕްރީލު 2026

ބަތް ކައްކާ ކުޅޭ އުސޫލުން ހިނގާ، ޕީއެންސީ އިން ކޮންޓްރޯލް ކުރާ 20 ވަނަ މަޖިލީސް ފަށަނީ، މިފަހަރު މަސައްކަތް ކުރާނީ ކިތަށް ދުވަހަށް؟

08 އެޕްރީލު 2026
ބަތް ކައްކާ ކުޅޭ އުސޫލުން ހިނގާ، ޕީއެންސީ އިން ކޮންޓްރޯލް ކުރާ 20 ވަނަ މަޖިލީސް ފަށަނީ، މިފަހަރު މަސައްކަތް ކުރާނީ ކިތަށް ދުވަހަށް؟
08 އެޕްރީލު 2026

35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި

08 އެޕްރީލު 2026
35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު