Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮނޑި ގެއްލޭ އިސްލާޙު

ގޮނޑި ގެއްލޭ އިސްލާޙުގައި އޮންނަނީ "ޤާނޫނުގައިވާ" ގޮތަށް ވަކިކުރާ ވާހަކަ، ދައުލަތުން ބުނީ އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއްކަމަށް!

ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙުތައް ބާތިލުކުރުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިގެންނުވާކަމަށް ދައުލަތުން ބުނުމުން، ރާއްޖޭގައި އޮންނަނީ ޤާނޫނުގެ ވެރިކަންތޯ ނުވަތަ މަޖިލީހުގެ ވެރިކަންތޯ ފަނޑިޔާރުން ވަނީ ސުވާލު އުފައްދަވާފައި. މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ޙާލަތްތަކާ ގުޅޭގޮތުން ގެނައި އިސްލާޙުގައި ބަޔާންކުރާ ޤާނޫނަކީ އަދި ވުޖޫދުގައި ނެތް ޤާނޫނެއް ކަމަށް ދައުލަތުން ބުނާއިރު، މައްސަލަ ހުށަހެޅި ފަރާތުން ބުނަނީ އެއީ މިހާރު އޮތް ސިޔާސީ ޕާޓީތަކުގެ ޤާނޫނު ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އެޕްރީލު 2026 | އަންގާރަ 10:50
ގޮނޑި ގެއްލޭ އިސްލާޙުގެ މައްސަލަ

ގޮނޑި ގެއްލޭ އިސްލާޙުގެ މައްސަލަ | ރާއްޖެ އެމްވީ

މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތަކުގެ ތެރެއިން އެއް ޙާލަތެއްގެ ގޮތުގައި މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން 'ގާނޫނުގައި' ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ވަކިވުން ހިމެނޭއިރު، އެ ޙާލަތުގައި ބުނާ ޤާނޫނަކީ އަދި ވުޖޫދުގައި އޮތް ޤާނޫނެއް ނޫންކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙުތައް ބާތިލު ކުރުމުގެ ބާރު އޮންނަނީ މަޖިލީހަށް ކަމަށާއި މިއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށެވެ.

އެހެންކަމުން ފަނޑިޔާރު ޝުޖޫން ވަނީ ޤާނޫނުއަސާސީއަށް ކޮންމެ ކަހަލަ އިސްލާޙެއް މަޖިލީހުން ގެނައި ނަމަވެސް ސައްޙަވާނެތޯއާއި އެހިސާބުން ޗެކް އެންޑް ބެލެންސް ގެންނާނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ޙާލަތުގައި ވާނެ ގޮތެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ޤާނޫނާ ޚިލާފު އިސްލާޙުތައް ދެން އަންނަ މަޖިލީހުން ބާތިލުކޮށްފައި އެބަހުރިކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު އެހެން ވިދާޅުވުމުން ފަނޑިޔާރު ޝުޖޫން ވަނީ ރާއްޖޭގައި އޮންނަނީ ޤާނޫނުގެ ވެރިކަންތޯ މަޖިލީހުގެ ވެރިކަންތޯ ސުވާލު ކުރައްވާފައެވެ. ރާއްޖޭގައި އޮންނަނީ ޤާނޫނުގެ ވެރިކަންކަން ދައުލަތުން އެ ސުވާލުގެ ޖަވާބުގައި ފާހަގަ ކުރެއްވިއެވެ.

މަޖިލީހުން ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ އެއް ޙާލަތަކީ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން 'ގާނޫނުގައި' ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ވަކިކުރުމެވެ. ނަމަވެސް  އެ މާއްދާގައި ބުނާ ގާނޫނަކީ އަދި ވުޖޫދުނުވާ ގާނޫނެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.  

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި އެހެން ލިޔެފައި އޮތީވެސް މެމްބަރުންނަށް މިނިވަންކަމުގެ ރައްކާތެރިކަން ދިނުމަށެވެ. އަދި އެއީ މިހާރު ވުޖޫދުގައިވެސް ނެތް ޤާނޫނަކަށްވާއިރު، ސިޔާސީ ޕާޓީއަށް އެ ބާރު ލިބިފައި އޮތްކަމަށް ބުނެވޭނީ ކިހިނެއްތޯ ވަކީލު ސުވާލު ކުރެއްވިއެވެ.

އެހެންނަމަވެސް އިސްލާޙުގައި އޮތީ ޤާނޫނުގައިވާ ގޮތުގެ މަތިން ވަކި ކުރުން ކަމަށްވާއިރު، މި ޙާލަތުގައި އަމަލުކުރާނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށްކަމަށް ދޭހަ ކުރެވޭކަމަށް މައްސަލަ ހުށަހެޅި ފަރާތުން ދެކެއެވެ.

މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކުރި ގޮތުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ނުވަތަ އިސްލާހު ހިމެނޭ ބިލުގައި އެ އިސްލާހާ ގުޅޭ ގޮތުން ކުރަން ޖެހޭ އިތުރު ކަމެއް އޮތްނަމަ އެކަމެއްގެ ވާހަކަ ބަޔާންކުރާނެއެވެ. މިސާލަކަށް ޤާނޫނުގެ ދަށުން ޤަވާއިދެއް ހަދަންޖެހޭނަމަ ނުވަތަ އިތުރު ޤާނޫނެއް ގެންނަންޖެހޭނަމަ އެކަމެއް ބަޔާންކޮށްފައި އޮންނާނެއެވެ.

އެހެންކަމުން އެއީ ކުރިއަށް އޮތް ތަނުގައި އަންނަން އޮތް ގާނޫނެއް ގޮތުގައި ބެލެވެން ނެތް ކަމަށާއި، މި ވަގުތު ޕާޓީއަކުން މެންބަރުން ވަކިކުރެވޭނެކަން ބަޔާންކުރަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަމަށް ވަކީލު ވިދާޅުވިއެވެ.

 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު މަޖިލިސް ޖަލްސާ

އިތުރަށް ކިޔާލަން

14 އެޕްރީލު 2026

ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެއް: އަލީ ހުސައިން

14 އެޕްރީލު 2026
ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެއް: އަލީ ހުސައިން
14 އެޕްރީލު 2026

ގޮނޑި ގެއްލޭ އިސްލާޙުގެ އަޑުއެހުން: 13 މަހަށް ފަހު ސުޕްރީމް ކޯޓުގައި އަނެއްކާވެސް ކުރިއަށް!

14 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙުގެ އަޑުއެހުން: 13 މަހަށް ފަހު ސުޕްރީމް ކޯޓުގައި އަނެއްކާވެސް ކުރިއަށް!
13 އެޕްރީލު 2026

ޤާނޫނުއަސާސީއާ، ރާއްޖޭގެ ދުސްތޫރަށް ޕީއެންސީ އާއި ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފި، ދެންވެސް ސިޔާސަތު ބަދަލުކުރޭ: މީކާއީލް

13 އެޕްރީލު 2026
ޤާނޫނުއަސާސީއާ، ރާއްޖޭގެ ދުސްތޫރަށް ޕީއެންސީ އާއި ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފި، ދެންވެސް ސިޔާސަތު ބަދަލުކުރޭ: މީކާއީލް
13 އެޕްރީލު 2026

މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވުމަކީ މި ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބު: ޒިޔާދު

13 އެޕްރީލު 2026
މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވުމަކީ މި ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބު: ޒިޔާދު
26 ނޮވެމްބަރު 2025

މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލައިފި

26 ނޮވެމްބަރު 2025
މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު