Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރުންގެ ގޮނޑިގެއްލޭ މައްސަލަ

މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

ޕާޓީން ވަކިކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފި. މި އިސްލާހުގައިވާ ގޮތުން ޕާޓީން ވަކިކުރާ މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން އެގޮތަށް ފާސްވުމުން. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ މި މައްސަލައަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ތަދައްހުލުވެފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 12:50
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު. | ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން އަންގާރަ ދުވަހަށް ތާވަލުކޮށްފި އެވެ. 

ސުޕްރީމް ކޯޓުގެ ވެބްސައިޓުގައިވާ ގޮތުން އަންގާރަ ދުވަހުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 10:30 ގަ އެވެ. މި މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަލީ ހުސައިން އެވެ. މި މައްސަލަ ރައްދުވަނީ އެޓަރނީޖެނެރަލްގެ އޮފީހަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކި ކުރުމުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް އެ މެންބަރުގެ ގޮނޑި ވަގުތުން ގެއްލޭ ގޮތަށް އެ ގާނޫނު ބާއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ ބިލު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

ޝުޖާއު ހުށަހަޅުއްވާފައި ވަނީ ޕާޓީން ވަކި ކުރިޔަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނީ އާންމު ވޯޓަކުން މެންބަރު ކަމުން ވަކި ކުރަން ރައްޔިތުންނަށް ފެނިއްޖެ ނަމަ ކަމަށް ހަދަން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށެވެ. ރައްޔިތުންގެ މަޖިލީހުން މިގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ 2024 އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގަ އެވެ. ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގުކުރެއްވި އެވެ.

މި ގޮތުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް ހުށަހެޅި އިސްލާހު ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެންބަރު ކަމުން ގާނޫނު ގައި ބަޔާން ކުރާ ގޮތުގެ މަތިން ވަކި ކުރާ ހާލަތުގައި، އެ މީހަކު މަޖިލީހުގެ މެންބަރު ކަމުން ވަކިވާނީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތިން ނަގާ އާންމު ވޯޓެއް ގައި އެ މީހަކު ރައްޔިތުންގެ މަޖިލިހުގެ މެންބަރު ކަމުން ވަކި ކުރުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކަމަށެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މައްސަލަ ހުށަހަޅުއްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މި މައްސަލައަށް އެމްޑީޕީން ވަނީ ތަދައްހުލުވެފަ އެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މި މައްސަލަ ލަސްވާ ކަން ފާހަގަކުރައްވާ އަލީ ހުސައިން މީގެ ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންވަނަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ސަލީމް އެވެ. 

ރައްޔިތުންގެ މަޖިލިސްއެމެރިކާގެ ސުޕްރީމް ކޯޓުއަލީ ހުސައިންއިބްރާހިމް ސުޖާއުޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

13 އެޕްރީލު 2026
މި ސަރުކާރަށް 1 ލައްކައަށް ވުރެ ގިނަ ރައްޔިތުން ނޫނެކޭ ބުނެފި، ދެން ފައިބައިގެން ދޭ.....ދެން ލަލަލާ: ނާޒިލް

މި ސަރުކާރަށް 1 ލައްކައަށް ވުރެ ގިނަ ރައްޔިތުން ނޫނެކޭ ބުނެފި، ދެން ފައިބައިގެން ދޭ.....ދެން ލަލަލާ: ނާޒިލް

13 އެޕްރީލު 2026
މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް

މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް

13 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލުމަކީ ސިޔާސީ ޒަލްޒަލާއެއްގެ ފެށުން: ސިނާން

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލުމަކީ ސިޔާސީ ޒަލްޒަލާއެއްގެ ފެށުން: ސިނާން

13 އެޕްރީލު 2026
ތެލުގެ އަގު ބޮޑުވަނީ ރަމަޟާން މަހު ބައެއް ތަކެތީގެ އަގު ބޮޑުވާ ގޮތަށް: މިނިސްޓަރު ޒަމީރު

ތެލުގެ އަގު ބޮޑުވަނީ ރަމަޟާން މަހު ބައެއް ތަކެތީގެ އަގު ބޮޑުވާ ގޮތަށް: މިނިސްޓަރު ޒަމީރު

12 އެޕްރީލު 2026

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު