Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޮނޑި ގެއްލޭ އިސްލާޙު

ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެއް: އަލީ ހުސައިން

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު ކަމެއް ކަމަށް ވަކީލު އަލީ ހުސައިން ވިދާޅުވި. މި މައްސަލައިގައި ދައުލަތުން ވަނީ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ބުނެފައި. ނަމަވެސް އަލީ ހުސައިން ފާހަގަކުރެއްވި ގޮތުގައި، މެންބަރުންގެ މިނިވަންކަން ގެއްލޭ ގޮތަށް ގެނައި މި ބަދަލަކީ ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނާނެ، ރަޖުއީކޮށް ހިންގޭނެ އިސްލާހެއް ނޫން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2026 | އަންގާރަ 10:25
ޤާނޫނީ ވަކީލު އަލީ ހުސައިން

ޤާނޫނީ ވަކީލު އަލީ ހުސައިން | ރާއްޖެ އެމްވީ

ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ކަނޑައެޅިގެން ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ގޮތުން ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެއްކަމަށް ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކުރެއްވި ސުވާލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ހުށަހެޅިއިރު ދެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައިވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ މައްސަލަ ކޯޓުން ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށްދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ހުށަހެޅުމެވެ.

ދެވަނަ އަމުރެއްގެ ގޮތުގައި އޭރު އެދިފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ތަހުގީގެއް ހިންގައި ފަނޑިޔާރުން ވަކި ކުރުމާ ގުޅޭ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިއުމަށް އަމުރު ކޮށްދިނުމަށެވެ. އޭރު އެ ހުށަހެޅުން ހުށަހެޅީ މި މައްސަލަ ހުށަހެޅުނު ހިސާބުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގެ އަދަދު މަދު ކުރުމަށް ބިލެއް ހުށަހަޅައި، ފަނޑިޔާރުންތަކެއް ވަކި ކުރަން އުޅޭކަމުގެ އަޑު ގަދަވެފައި ވަނިކޮށެވެ.

އެހެންނަމަވެސް ވަގުތީ އަމުރާމެދު ގޮތެއް ނުނިމި އުޅެނިކޮށް އޭރު މައްސަލަ ބެއްލެވި ބެންޗުވެސް ވަނީ މުޅިން ބަދަލުކޮށްފައެވެ. އަދި އޭރު ތިއްބެވި ފަނޑިޔާރުންވެސް ވަނީ އެކި ސަބަބުތައް ދައްކައި މަޤާމުން ވަކިކޮށްފައެވެ.

ވަގުތީ އަމުރަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި ދެ އަމުރު ނެރެދޭން ޖެހޭ ޤާނޫނީ ސަބަބުތަކެއް މައްސަލަ ހުށަހެޅި ފަރާތަށް ދެއްކިފައިނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ވަގުތީ އަމުރު ނެރުމަށް 3 ޝަރުތެއް ފުރިހަމަވާން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މިއީ ދުސްތޫރީ ބަހުސެއް އެކުލެވިފައިވާ މައްސަލައަކަށް ވުމާއި، މައްސަލައިގެ ފައިސަލާ ކުރަނިވި ޙުކުމަކަށް ދާންވާއިރަށް މައްސަލައިގެ މުއާލާތް ކެނޑޭ ބާވަތުގެ ކަމަކަށްވުމާއި، މިއީ އާންމު މަސްލަޙަތަށްޓަކައި ނެރެދިނުން ކޮންމެހެން ލާޒިމު އަމުރަކަށް ވުމެވެ.

ދައުލަތުން ދެކޭ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުގެ ދެ ހުށަހެޅުމުގައިވެސް އެ ޝަރުތުތައް ހަމައެއް ނުވެއެވެ.

އެއަށްފަހު ޝަރީއަތުން ސާފުކުރަން ހުރި ކަންކަން ވަނީ ސާފު ކުރައްވާފައެވެ. އެގޮތުން ފަނޑިޔާރު ޝުޖޫން ކުރެއްވި ބައެއް ސުވާލުތަކުގެ ޖަވާބު ދެއްވަމުން މައްސަލަ ހުށަހެޅުއްވި އަލީ ހުސައިން ވިދާޅުވީ، މިހާރު އިސްލާޙު އޮތް ގޮތުން މީހަކު އަމިއްލައަށް ސިޔާސީ ޕާޓީއަކުން ވަކިވި ނަމަވެސް އެމީހެއްގެ ގޮނޑި ގެއްލޭ ކަމަށާއި، އެއީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ޚިލާފު ކަމެއް ކަމަށެވެ. ސަބަބަކީ ރިޔާސީ ނިޒާމެއްގައި މަޖިލިސް މެމްބަރުންނަށް އެމީހުންގެ މިނިވަންކަން ލިބިފައި އޮތުމަކީ ޤާނޫނުއަސާސީގެ އެންމެ އަސާސީ އެއް ސިފަކަން އޭނާ ފާހަގަ ކުރެއްވިއެވެ.  

އަލީ ހުސައިން ވިދާޅުވީ، ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ކަނޑައެޅިގެން ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ގޮތުން ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެކެވެ.

  ޤާނޫނުއަސާސީގައި ކެޓެގަރިކަލީ ލިޔެފައި ނެތް ކަމެކޭ ބޭސިކް ސްޓްރަކްޗަރ އޮފް ކޮންސްޓިޓިއުޝަން އަކީ ކިޔައިގެން ދައްކާ ވާހަކަތަކަކީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެއީ ޤާނޫނީ ގޮތުން ބުރަދަނެއް ހުރި އަދި ފެން ހިފޭ ވާހަކައެއް ނޫން
ޤާނޫނީ ވަކީލު އަލީ ހުސައިން

ހަމައެއާއެކު، މިހާރު ތިއްބެވި މަޖިލިސް މެމްބަރުންގެ މައްޗަށް މި ޤާނޫނު ހިންގާނަމަ އެއީ ރަޖުއީކޮށް ތަތުބީޤު ކުރުންކަން ފާހަގަ ކުރައްވައި އަލީ ހުސައިން ވިދާޅުވީ، ރައްޔިތުން ވޯޓު ލީއިރު ނެތް ހާލަތެއް ގެނެސް، ރައްޔިތުންގެ ޙައްޤަށްވެސް އިތުރު އުނިކަމެއް މި އިސްލާޙުގެ ސަބަބުން އަންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ސުޕްރީމް ކޯޓުމަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮނޑި ގެއްލޭ އިސްލާޙުގެ އަޑުއެހުން: 13 މަހަށް ފަހު ސުޕްރީމް ކޯޓުގައި އަނެއްކާވެސް ކުރިއަށް!

ގޮނޑި ގެއްލޭ އިސްލާޙުގެ އަޑުއެހުން: 13 މަހަށް ފަހު ސުޕްރީމް ކޯޓުގައި އަނެއްކާވެސް ކުރިއަށް!

14 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

13 އެޕްރީލު 2026
މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

13 އެޕްރީލު 2026
ރައީސް މުއިއްޒުގެ މިސްރާބުހުރީ ވިރާސީ ވެރިކަމަކަށް!

ރައީސް މުއިއްޒުގެ މިސްރާބުހުރީ ވިރާސީ ވެރިކަމަކަށް!

29 މާރިޗު 2026
ޕީއެންސީން ދެ އިންތިޚާބު އެއްކުރާނެ، ފާސްވެސް ކުރާނެ، މެމްބަރުންގެ ދައުރުން 6 މަސް އުނިވުމަކީ މައްސަލައެއް ނޫން: ފަލާހު

ޕީއެންސީން ދެ އިންތިޚާބު އެއްކުރާނެ، ފާސްވެސް ކުރާނެ، މެމްބަރުންގެ ދައުރުން 6 މަސް އުނިވުމަކީ މައްސަލައެއް ނޫން: ފަލާހު

10 މާރިޗު 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު