Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

މި ސަރުކާރުގެ ސިޔާސަތަކީ ދައުލަތަށް ލިބޭހާ ފައިސާއެއް ވެރިމީހާ ބޭނުންވާހާ ގޮތަކަށް ހަރަދު ކުރެވޭ ނިޒާމެއް ގާއިމް ކުރުން: އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން ގެއްލި، އިސްރާފާއި ކޮރަޕްޝަން އިތުރުވަމުންދާ ކަމަށް. އާމްދަނީ އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭއިރު، ސިޔާސީ ބޭނުމަށް ބޭކާރު ވަޒީފާތައް އުފައްދައި ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، މުއައްސަސާތައް ޖަވާބުދާރީކުރުވޭނެ ނިޒާމެއް ނެތުމުގެ ނަތީޖާއަކީ ވެރިމީހާ ބޭނުންހާ ގޮތަކަށް ދައުލަތުގެ ފައިސާ ހަރަދުކުރުމުގެ ފުރުސަތު ފަހިވުން ކަމަށް ވެސް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2026 | ބުދަ 07:03
ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު އަލީ ހުސައިން ވާހަކަ ދައްކަވަނީ.

ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު އަލީ ހުސައިން ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ އުފެއްދުންތެރިކަން ނެތިކޮށްލައި، ދައުލަތަށް ލިބޭހާ ފައިސާއެއް ވެރިމީހާ ބޭނުންވާހާ ގޮތަކަށް ހަރަދު ކުރެވޭ ނިޒާމެއް ގާއިމް ކުރުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަލީ ހުސެއިން ވިދާޅުވީ، ވެރިކަމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް މުއިއްޒުގެ ޕޮޕިއުލާރިޓީ ގެއްލިފައިވާ ކަމަށާއި، އެމަނިކުފާނަށް ރައްޔިތުންގެ ތާއީދު ނެތް ކަމަށެވެ. ސަރުކާރަށް ދެއަހަރާއި ބައި ވެގެންދިޔައިރު، ރަނގަޅު ސިޔާސަތެއް ނުގެނެވުނު ކަމަށާއި، ރާއްޖޭގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ކާމިޔާބު އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށެވެ. 

Advertisement - newsAdvertisement

އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް މިސަރުކާރަށް ކާމިޔާބު އަދި ރައްޔިތުންނާ ގައުމަށް ކުރިއެރުން ލިބޭނެ ކަމެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީހުން ބުނަނީ މިސާލަކަށް އާފަލަކުން އޮރެންޖު ދިޔަ ނުފެލޭނެއޭ. އެގޮތަށް ހަމަ ކިޔާތާ އަލަގަހަކުން ކެޔޮ ނެރެން ނުފަޅާނެއޭ. ހަމަ އަލަގަސްވާނީ އަލަގަހަކަށް އިނގޭތޯ. އެހެންވީމަ އެއަކުން ކެޔޮ ނިރެއް ނުފަޅާނެ. އެހެންވީމާ، އޭގެ ހުރިއެއްޗަށް ނުކުންނާނެ. އެހެންވީމާ، ދެ އަހަރާ ބައިވާއިރު އަޅުގަނޑުމެންނަށް އެބަ އެނގޭ އެހުރި ކެޕޭސިޓީ ކޮންކަމެއްކަން ހަގީގަތުގައި. މި ގައުމަށް ދިވެހިރާއްޖެއަށް އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ކަމެއް މި ސަރުކާރަކަށް ކުރެވިފައިނުވޭ. އޭގެ އިތުރުން އަޅުގަނޑުމެންނަށްސ ފެންނަނީ އިސްރާފުތައް އިންތިހާއަށް ބޮޑު. ވައްކަންކުރުމާއި، ހަމަ ރޯމާދުވާލު އެސް .އެސް .އޯ .އީ ކުންފުނިތަކުން ކުރަންނުޖެހޭ ބޭކާރު ޚަރަދު އިންތިހާއަށް ކުރަމުންދާ ތަން އަޅުގަނޑުމެންނަށް ފެނޭ. އެކި ނަންނަމުގައި އެކިއެކި ނޫސްތަކަށާއި، އެގޮތްމިގޮތުން މީހުންނަށާ އެއްޗެއް ބޭނުންނުވާ މީހުންނަށް ވަޒީފާ ދިނުމަށާއި، ބޭނުންނުވާ ޕީއާރު ހިންގާށާއި، ބޭނުންނުވާ މާކެޓިންގ، މިސާލަކަށް އެމް.އޭ.ސީ.އެލްއިން ކޮންކަމަށް، ކޮން މާކެޓިންގ ނެއްތޯ ހިންގަންވީ؟ ކޯއްޗެއްތޯ އިޚްތިޔާރުކުރަންވީ؟ އެ ވާހަކަ އެމް.އޭ.ސީ.އެލްއާ ވާދަކުރާ އިތުރު ކުންފުންޏެއް އެބައޮތްތޯ ދިވެހިރާއްޖޭގައި ނެތެއް ނޫންތޯ؟
ގާނޫނީ ވަކީލު އަލީ ހުސައިން

ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުކަން ހުރިހާ ރައްޔިތުންނަށް އެނގޭކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ 2028 ގައި އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް 50،000 މީހުންނަށް ސަރުކާރުގެ ތެރެއިން ވަޒީފާ ދޭން ނިންމާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން ނެތިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މަސައްކަތެއް ނެތި މީހުންނަށް ވަޒީފާ ދިނީމާ އޭގެ ސަބަބުން ދެ ގެއްލުމެއް އެބަލިބޭ. އެއީ މަސައްކަތްކުރާ މީހާ، މިސާލަކަށް އެހެން މަސައްކަތެއް ކުރީމާ، އެއިރުން ނެޝަނަލް ޕްރޮޑަކްޓިވިޓީ އިނގޭތޯ. އެހެންނޫނިއްޔާ އެއްކަލަ ބުނާހެން ނެޝަނަލް ޕްރޮޑަކްޝަނަށް އެ މިސާލަކަށް ގައުމުގައި އުފެއްދުންތެރިކަމަށް އެ މީހާ އެބަ ކޮންޓްރިބިއުޓްކުރޭ. މިހާރު އެ ކޮންޓްރިބިއުޝަން ނުލިބި އަނެއްކާ ދައުލަތުން އެ މީހަކަށް މި ހަގީގަތުގައި މުސާރަ ދޭ މި ފަށަނީ އިނގޭތޯ. ދިނީމާ މިވާގޮތަކީ، އެއްކަލަ އުފެއްދުންތެރި އަތަށް މި ނެތަނީ. އެހެންވީމާ، ދިވެހީންގެ ތެރޭގައި ތިބިއްޔާ އަތްފައި ހިރޭ ހުރިހާ އެންމެން ވަކިން ޚާއްސަކޮށް ސިޔާސީ ގޮތުން މުއިއްޒުއާ ދެކޮޅަށް ބަހެއް ނުބުނާ އެންމެން ދައުލަތުގެ ކުންފުނިތަކަށާއި، ސަރުކާރުގެ ވަޒީފާތަކަށް ނޫނިއްޔާ ކޮންމެވެސް ނޫހެއް ހިންގަނީ. އެހެން މި ދަންނަވާހެން އުފެއްދުންތެރިކަމެއް ނެތި ހަމައެކަނި ލީކޭޖުގެ ގޮތުގައި ދައުލަތަށް ލިބެންޏާ ލިބޭހާ ފައިސާއެއް ޚަރަދުކުރެވޭ ނިޒާމަކަށް އަޅުގަނޑުމެން މި ދަނީ.
ގާނޫނީ ވަކީލު އަލީ ހުސައިން

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ދައުލަތަށް ލިބޭހާ ފައިސާއެއް ވެރިމީހާ ބޭނުންވާހާ ގޮތަކަށް ހަރަދު ކުރެވޭ ނިޒާމެއް އުފެދިގެން ދަނީ ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އެއްވެސް މިންވަރަކަށް ގައުމުގައި ނެތުމުން ކަމަށެވެ.

ނަމަވެސް މިއީ މިނިވަން މުއައްސަސާތައް ގިނަ ގައުމެއް ކަމަށާއި، ރައްޔިތުން މިއަދު ނުކުމެ އެ މުއައްސަސާތަކަށް ހަގީގީ މިނިވަންކަން ހޯދައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަލީ ހުސައިންރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

13 އެޕްރީލު 2026
ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރޭ: މެންބަރު ޒިޔާދު

ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރޭ: މެންބަރު ޒިޔާދު

12 އެޕްރީލު 2026
އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް، އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުން ހިމެނޭ!

އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް، އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުން ހިމެނޭ!

11 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

10 އެޕްރީލު 2026
މިސަރުކާރުގައި ރައްޔިތުންނަށް ބޭސް ގުޅައެއްވެސް ނުލިބޭ، އެހެންވީމަ ބަޖެޓު ހުސްކުރާ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ: މެންބަރު ނާޒިލް

މިސަރުކާރުގައި ރައްޔިތުންނަށް ބޭސް ގުޅައެއްވެސް ނުލިބޭ، އެހެންވީމަ ބަޖެޓު ހުސްކުރާ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ: މެންބަރު ނާޒިލް

10 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު