Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޭޕާކް ފެލްޓްތައް

ކޭޕާކް ފެލްޓްތައް ގަތީ ދިވެހިން ކަމަށް ސަރުކާރަށް ގަބޫލު ނުކުރެވޭ، ކޭޕާކް ފެލެޓްތަކުގެ އޮޑިޓެއް ހަދަން ޖެހޭ: ކޭޕާކް ޔޫނިއަން

ކޭޕާކް ފްލެޓްތައް ގަތް ދިވެހިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ ކޭޕާކް ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި. އެ ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ، އެހެން މަޝްރޫއުތަކުގައި ދިމާވާ މައްސަލަތަކަށް ދައުލަތުން ހައްލު ހޯދައިދޭއިރު، ކޭޕާކުގެ މައްސަލާގައި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 13:50
ކޭޕާކް ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން 04.02.2026

ކޭޕާކް ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން 04.02.2026 | ރާއްޖެ އެމްވީ

ކޭޕާކް ފެލްޓްތައް ގަތީ ދިވެހިން ކަމަށް ސަރުކާރަށް ގަބޫލު ނުކުރެވޭ ކަމަށާއި، އެ މައްސަލަ އަށް ހައްލު ހޯދާ ދިނުމަށް ކޭޕާކް ފެލެޓްތަކުގެ އޮޑިޓެއް ހަދަން ޖެހޭ ކަމަށް ކޭޕާކް ޔޫނިއަން އިން ބުނެފި އެވެ.

އެ ޔޫނިއަން އިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޤާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ ކޭޕާކް ފެލްޓް ގަތް ދިވެހިންގެ ހައްގުތައް ގެއްލިފައިވާ ކަމަށް ފާހަގަކުރައްވާފަ އެވެ. އެ ތަނުން ފްލެޓް ގަތީ ދިވެހިން ކަމަށް ސަރުކާރަށް ގަބޫލު ނުކުރެވޭހެން ސަރުކާރުގެ އަމަލުތަކުން ފެންނަ ކަމަށާއި، މިއަދާއި ހިސާބަށް ވެސް އެތަނުން އެ އެޕާޓްމަންޓްތައް ގަތް ފަރާތްތަކަށް އެ ތަންތަން ލިބިފައި ނުވާތީ އެކަމާއި މެދު ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ތަކެއް އަޅާދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެހެނިހެން ފްލެޓް ސްކީމްތަކުން ފްލެޓް ގަންނަ މީހުންނަށް ފްލެޓް ނުލިބުމުންނާއި އެހެނިހެން ގޯތި ގެދޮރުގެ ސިޔާސަތު ތަކާއި ގުޅިގެން ގެއްލުން ލިބޭ މީހުންނަށް ހައްލެއް ހޯދައިދިނުމަށް ދައުލަތުން މަސައްކަތް ކުރަމުންދާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ކޭޕާކް ފްލެޓްތަކާއި މެދު ތަފާތު މޭރުމަކުން އަމަލު ކުރަން ޖެހޭ ސަބަބާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މައްސަލަތައް އެބަ ހުރި މިކަމުގައި. އެބަ ޖެހޭ މިކަމުގެ އޮޑިޓެއް ހަދަން. އޭސީސީ އިން ކަމަށް ވިޔަސް. ނޫނީ އޭޖީ އޮފީސް މެދުވެރިކޮށް ވިޔަސް. އެ އޮޑިޓް ހެދޭނީ ދިވެހި ދައުލަތަށް. އަޅުގަނޑުމެން އަމިއްލަ އަށް އޮޑިޓެއް ހެދިޔަސް އޭގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެދޭނެ،. ފުލުހުންގެ އިދާރާ އިން ވެސް ވަނީ ވަރަށް ގިނަ ތަހުގީގުކޮށްފަ. އެހެންވީމަ އެކަން ކުރެވޭނީ ދައުލަތަށް." އަލީ ހުސައިން ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކޭޕާކް ފްލެޓްތަކުގެ މައްސަލަ އަށް ކޮންމެވެސް ހައްލެއް ހޯދައި ދޭން ޖެހޭ ކަމަށެވެ. ކޭޕާކް ފްލެޓްތައް ގަނެފައި ވަނީ ސައްހަ އެގްރީމެންޓެއްގެ ދަށުން ކަމަށް ވާއިރު މިދިޔަ 10 އަހަރުގެ ތެރޭގައި ވެސް އެ ފްލެޓްތައް ގަތް އާއްމުންނަށް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވަނީ އެތައް ގޮތަކުން މަސައްކަތް ކޮށްގެން ވެސް ކޭޕާކް ފްލެޓް ގަތް މީހުންނަށް އުއްމީދެއް ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފަ އެވެ.

2016 ވަނަ އަހަރު ހަންބޯއާ ހަވާލު ކުރި ކޭޕާކް ފްލެޓްގެ މަސައްކަތް އަދި ވެސް ނުނިމޭތީ އެ ފްލެޓްތައް ގަތް ފަރާތްތަކަށް ވަނީ އެތައް ގެއްލުމަކާއި ކުރިމަތިލާން ޖެހިފަ އެވެ. ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކާފައި ވާތީ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކްރިމިނަލް ކޯޓުގައި 94 ދައުވާ ވަނީ ސާބިތު ވެފަ އެވެ. އަދި އޭނާ އަށް 397 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ނަމަވެސް ފްލެޓް ގަތް މީހުންނަށް މިއަދާއި ހަމަ އަށް ވެސް މި މައްސަލައިގެ ވާނުވާ ސާފުވެފެއް ނުވެ އެވެ.

އަލީ ހުސައިންއޭސީސީބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުކޭޕާކް ސްކޭމްކޭޕާކް ރެސިޑެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

02 އެޕްރީލު 2026
ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން

ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން

27 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ބުނުމެކޭ، މޫދަށް އެރިއޮވެ ތިމަންނާ ނުހިކޭ ބުނުން އެއްފަދަ: އަލީ ހުސައިން

ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ބުނުމެކޭ، މޫދަށް އެރިއޮވެ ތިމަންނާ ނުހިކޭ ބުނުން އެއްފަދަ: އަލީ ހުސައިން

27 މާރިޗު 2026
 ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

27 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

25 މާރިޗު 2026

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު