Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބުލީކުރުމުގެ މައްސަލަ އެއް

ޝަރަފުއްދީން ސްކޫލްގައި އަންހެން ކުއްޖަކަށް ބުލީކުރުން: ލޭސް ގަނޑަކުން ކުއްޖާގެ ކަރަށް ވާންކޮށް ބިރު ދެއްކި!

އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލްގެ ކްލާސްރޫމެއްގެ ތެރޭގައި ޓީޗަރަކު ނެތް ވަގުތެއްގައި، ފިރިހެން ދަރިވަރުންތަކެއް އަންހެން ކުއްޖެއްގެ ކަރުގައި ލޭސްފޮތިގަނޑެއް އޮޅައި ބުލީކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، މި ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 24 އެޕްރީލު 2026 | ހުކުރު 13:11
ކުއްޖަކަށް ބުލީކޮށްގެން ކުއްޖާ މާޔޫސްވެފައިވާ މަންޒަރު ފެންނަ ފޮޓޯ އެއް

ކުއްޖަކަށް ބުލީކޮށްގެން ކުއްޖާ މާޔޫސްވެފައިވާ މަންޒަރު ފެންނަ ފޮޓޯ އެއް | ގޫގުލް

އައްޑޫ ސިޓީހެ ޝަރަފުއްދީން ސްކޫލްގައި ކިޔަވަމުންދާ އަންހެން ދަރިވަރަކަށް ބުލީކޮށް، ފުރައްސާރަ ކުރި މައްސަލަ އެއް ފެންމަތިވެއްޖެ އެވެ.

ރާއްޖެ އެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ބުލީގެ ޝިކާރައަކަށް ވެފައިވާ އަންހެން ކުއްޖާ އަށް މިފަދަ ކަންކަން ދިމާވާކަން އާއިލާ އަށް އެނގިފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. ކަން ހިނގައި ދިޔަ ގޮތް ރާއްޖެ އެމްވީ އާއި ހިއްސާކުރަމުން ކުއްޖާ އާއި އާއިލީ ގޮތުން ގުޅުން އޮންނަ މީހަކު ބުނީ ނިމިދިޔަ ހަފްތާގައި ސްކޫލްގެ ބޭނުމަށް ދަރިވަރުންނަށް ލޭސް ފޮތްޗާއި ހާޑްބޯޑް ފަދަ މެޓީރިއަލް އެއް ގެންދިއުމަށް އަންގާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ކްލާސްރޫމްގައި ޓީޗަރަކު ނެތް ވަގުތު އެ އަންހެން ކުއްޖާ ކިޔަވަމުންދާ ކުލާހުގައި ކިޔަވާ ފިރިހެން ކުއްޖަކު އެ އަންހެން ކުއްޖާގެ ކަރުގައި، ސްކޫލް ޕްރޮޖެކްޓަށް ގެންދިޔަ ލޭސްގަނޑު އަޅުވާފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހާ ކިޔާދިނެވެ. އަދި އެ ވަގުތު އެތަނުގައި ހުރި އެހެން ފިރިހެން ދަރިވަރަކު "އިތުރަށް ކަރަށް ވާން" ވާ ގޮތަށް އަމަލުކުރުމަށް ހިތްވަރު ދެމުން ދިޔަ ކަމަށް ވެސް ވަނީ އެނގިފަ އެވެ. އެ ގޮތަށް ކުއްޖާގެ ކަރަށް ވާން ވާގޮތަށް ލޭސްގަނޑު އޮޅާފައި ވަނީ ކުއްޖާގެ ފަހަތުން ކަމަށް ވުމާއި އެކު، އެކަމުގެ ސަބަބުން ކުއްޖާ ހާސްވެ އުނދަނގޫވެގެން ދޫކޮށްލަން އެދެމުން ދިޔަ ކަމަށް ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ. އަމިއްލަ އަށް ދިފާއުގައި މަސައްކަތްކޮށް ވީއްލިގަނެވޭ ގޮތް ވީ އިރުކޮޅެއް ފަހުން ކަމަށާއި އޭރު އެ ކުއްޖާ އަށް ވަރަށް ބޮޑަށް ތަދު ވުމުގެ އިތުރުން ދިމާވި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ސިހުން ލިބިފައިވާކަމަށް ވެސް ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފަ އެވެ.

މި ހާދިސާ ހިނގި ވަގުތު ސްކޫލްގައި މުދައްރިސަކު ނެތީ އެއް މުދައްރިސަކު އެ ދުވަހު ސްކޫލްގައި ނެތުމުން އެ ވަގުތު ކްލާސްރޫމް ހުސްކޮށް އޮތުމުން ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފަ އެވެ. މި ހާދިސާ ހިނގި ދުވަހު އެ އަންހެން ކުއްޖާގެ އަތުގައި އުލަކުން ޖެހުމުގެ ސަބަބުން ކުއްޖާ ރޮމުންދާ ކަމަށް ބުނެ ސްކޫލުން ވަނީ ކުއްޖާގެ ބެލެނިވެރިންނަށް ގުޅާފަ އެވެ. 

ސްކޫލުން ކުއްޖާ ގެއަށް ގެނެސް ކުއްޖާ އާއި އިތުރަށް ސުވާލު ކުރި ކުރުމުން ބެލެނިވެރިންނަށް ކުއްޖާ އަށް ބުލީގެ އަމަލުތަކާއި ކުރިމަތިލާކަން އެނގުނު ކަމަށާއި އެ ހިސާބުން ސްކޫލަށް މައްސަލަ ހުށަހެޅިކަން ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ލިބިފަ އެވެ. 

"މިއީ އަސްލު ވަރަށް ސީރިއަސް މައްސަލަ އެއް. ކުއްޖެއްގެ ކަރަށް ވާން ވާ ގޮތަށް މި ގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން."އޭނާ ވަނީ ބުނެފަ އެވެ. 

މި އަންހެން ކުއްޖާއަށް ބުލީކުރުމުގައި ނުފޫޒު ގަދަ ފަރާތެއްގެ ދަރިފުޅު ހިމެނުމާއި އެކު ބުލީ ކުރުމުގެ މައްސަލަ ހުށަހެޅި ނަމަވެސް އެކަން އެންމެ ސީރިއަސްކޮށް ނުބަލަނީ ކަމަށް ބައެއް ބެލެނިވެރިން ވަނީ ބުނެފަ އެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ބެލެނިވެރިއަކު ވަނީ މި ހާދިސާ ހިނގި ދުވަހު، އެ އަންހެން ކުއްޖާގެ އަތަށް ތަދުވާގޮތަށް ކުއްޖާގެ އަތުގައި އުލަކުން ޖައްސާފައިވާ ކަމަށާއި މި ބުލީގެ އަމަލުތައް ދިމާވަނީ އެއް ދަރިވަރުންތަކެއްގެ ފަރާތުން ކަން ހާމަކޮށްފަ އެވެ. އަދި މި މައްސަލަ ސްކޫލްގެ ސަމާލުކަމަށް އައުމުން ބުލީ ކުރި ފިރިހެން ކުއްޖާ އިށީނދެ ހުންނަ ތަން ބުލީގެ ޝިކާރައަކަށްވި ކުއްޖާ އާއި ދުރު ތަނަކަށް ބަދަލުކޮށްފައިވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެ ނޫން ފިޔަވަޅެއް ސްކޫލުން އެ ކުއްޖާ އާއި މެދު އަޅާފައިވާކަން އެނގޭކަށް ނެތެވެ.

މި ނޫހަށް އިތުރަށް ލިބުނު މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި މި ހަފްތާގެ ތެރޭގައި ވެސް މި ކުދިންގެ ފަރާތުން އެ އަންހެން ކުއްޖާ އަށް ފުރައްސާރަ އާއި ހަޑި ހުތުރު ބަހުން މުއާމަލާތު ކުރުމާއި ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ކުލާހުގައި މުދައްރިސަކު ހުރި ވަގުތު ވެސް އިޖުތިމާއީ މިންގަނޑާއި ޚިލާފު ހަޑި ހުތުރު އިޝާރާތްތައް އަންހެން ކުއްޖާ އަށް ނިސްބަތްވާ ގޮތަށް ކުރުން ފަދަ ކަންކަން ވަނީ ދިމާވެފަ އެވެ.

ޝަރަފުއްދީން ސްކޫލްގައި މީގެ ކުރިން ވެސް ބުލީގެ މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ. ޚާއްސަކޮށް ގިނަ އަދަދެއްގެ ކުދިން ކިޔަވާ ސްކޫލްތަކުގައި މި ފަދަ މައްސަލަތައް ނުބެލުމަކީ ކުދިންގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވާ އާއްމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. 

އައްްޑޫ ސިޓީޝަރަފުއްދީން ސްކޫލްގަނާ ކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ސޯބެ

ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ސޯބެ

19 އެޕްރީލު 2026
އައްޑޫގައި އެފްއެސްއެމް. މެދުވެރިކޮށް ތެޔޮ އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އައްޑޫސިޓީ ކައުންސިލުން ގޮވާލައިފި

އައްޑޫގައި އެފްއެސްއެމް. މެދުވެރިކޮށް ތެޔޮ އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އައްޑޫސިޓީ ކައުންސިލުން ގޮވާލައިފި

19 އެޕްރީލު 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026
ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި

05 އެޕްރީލު 2026
އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް

އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް

02 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު