Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ

އިންތިޚާބާ ދިމާކޮށް، އައްޑޫ ސިޓީގެ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

1 އެޕްރީލު 2026 | ބުދަ 08:15

މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އައްޑޫގައި އެންސްޕާ އަދި އާސަންދައިގެ އޮފީހެއް ހުޅުވުމަކީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަވެ، މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވާނެ ކަމެއް ކަމަށް. ނަމަވެސް، އާސަންދަ ނިޒާމަށް ގެނައި ބަދަލުތަކާއެކު ބޭސްފަރުވާގެ ޚިދުމަތް ހޯދުމުގައި ދަތިތަކާއި އިހުމާލުގެ މައްސަލަތައް ކުރިމަތިވަމުންދާކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުން. މި އޮފީސް ހުޅުވާފައިވަނީ ކުރިއަށް އޮތް އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަކަށް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 1 އެޕްރީލު 2026 | ބުދަ 08:15
އޭޕްރީލް މަހުގެ 4 ގައި ބާއްވާ ތިން އިންތިޚާބާ ދިމާކޮށް، އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން.

އޭޕްރީލް މަހުގެ 4 ގައި ބާއްވާ ތިން އިންތިޚާބާ ދިމާކޮށް، އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން. | އެންސްޕާ

އޭޕްރީލް މަހުގެ 4 ގައި ބާއްވާ ތިން އިންތިޚާބާ ދިމާކޮށް، އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި އެވެ.

އަންގާރަ ދުވަހު މި އޮފީސް ހުޅުވައިދެއްވީ، ސޯޝަލް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، އައްޑޫ ގައި  އެންސްޕާ އަދި އާސަންދައިގެ އޮފީހެއް ހޮޅުވުމުން، އައްޑޫގެ ރައްޔިތުން މާލެއަށް ކުރަން ޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި، އިދާރީ ގިނަ ކަންތައްތަކެއް އަމިއްލަ ފަސްގަނޑުގައި ތިބެގެން ނިންމާލުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި މި ހުޅުވުނު އޮފީހުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވާނެ ކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި އޮފީހުގެ ޚިދުމަތަކީ ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީ ހިމެނޭހެން، ދެކުނުގެ އަތޮޅުތަކަށް ފުޅާވެގެންދާނެ ޚިދުމަތެއް ކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން، އަމަލީ ގޮތުން އެންސްޕާ އަދި އާސަންދައިން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމަށްޓަކައި ލިޔެކިޔުންތައް ހުށަހަޅައި، އެކަމުގައި ލިބޭ ޖަވާބެއްގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ  ވަގުތު ކުޑަވާނެ ކަމަށެވެ. 

އާސަންދަ އަދި އެންސްޕާގެ ޚިދުމަތް ތަރައްގީކޮށް، މި ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނި ނަމަވެސް މިފަހުން ވެސް ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ ވަނިކޮށް ކުއްޖާ ނިޔާވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

މިސަރުކާރާއެކު އާސަންދަ ރީފޯމްކޮށް ގެނައި ބަދަލުތަކާއެކު، ފަރުވާއަށް އާސަންދަ ހަމަ ނުޖެހޭ މައްސަލައާއި، ބޭސް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި އިހުމާލުގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، މިފަދަ އެއްވެސް މައްސަލައަކަށް އެންސްޕާ އާއި އާސަންދަ ޖަވާބެއް ދީފައިނުވެ އެވެ.

ސިއްހީ ޚިދުމަތްތަކަށް ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށް އާއްމު ރައްޔިތުން ބުނަމުންދާއިރު، އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވާފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

އައްޑޫސިޓީ ހުޅުދޫއެންސްޕާއާސަންދައައްްޑޫ ސިޓީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މާރިޗު 2026

ބައެއް ހާލަތްތަކުގައި އެމްބިއުލާންސް ގެ ޚިދުމަތް އާސަންދައިގެ ދަށުން ދެނީ

30 މާރިޗު 2026
ބައެއް ހާލަތްތަކުގައި އެމްބިއުލާންސް ގެ ޚިދުމަތް އާސަންދައިގެ ދަށުން ދެނީ
27 މާރިޗު 2026

ތުއްތު އަޒާންގެ ފަރުވާއަށް އިހުމާލުވީ ސަރުކާރުގެ ބޮޑެތި މުސާރަވެރިން، އިސްތިއުފާގެ އަޑުގަދަވެއްޖެ!

27 މާރިޗު 2026
ތުއްތު އަޒާންގެ ފަރުވާއަށް އިހުމާލުވީ ސަރުކާރުގެ ބޮޑެތި މުސާރަވެރިން، އިސްތިއުފާގެ އަޑުގަދަވެއްޖެ!
27 މާރިޗު 2026

އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ތަހުގީގުކޮށް، ތަހުގީގު އާއްމުކުރުމަށް އެމްޑީޕީ އިން ގޮވާލައިފި

27 މާރިޗު 2026
އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ތަހުގީގުކޮށް، ތަހުގީގު އާއްމުކުރުމަށް އެމްޑީޕީ އިން ގޮވާލައިފި
26 މާރިޗު 2026

"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!

26 މާރިޗު 2026
"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!
26 މާރިޗު 2026

އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

26 މާރިޗު 2026
އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!
26 މާރިޗު 2026

އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި

26 މާރިޗު 2026
އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި
25 މާރިޗު 2026

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

25 މާރިޗު 2026
ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ
22 މާރިޗު 2026

އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

22 މާރިޗު 2026
އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި
21 މާރިޗު 2026

އައްޑޫ ސިޓީގައި ހަވާއެރުވުން އެމްއެންޑީއެފުން ފަހުވަގުތު ކެންސަލް ކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް

21 މާރިޗު 2026
އައްޑޫ ސިޓީގައި ހަވާއެރުވުން އެމްއެންޑީއެފުން ފަހުވަގުތު ކެންސަލް ކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް
20 މާރިޗު 2026

މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ: ނިޒާރު

20 މާރިޗު 2026
މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް