Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

ސިޓީ ތަކުން ޕީއެންސީ އަށް "ނޯ" ޖެހުން ހަޖަމެއް ނުވި. ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ ސިޓީ ކައުންސިލާއި މާލެ ސިޓީ ކައުންސިލަކީ ފެއިލް ވެފައިވާ "ކަމެއް ނުކޮށް ތިބޭ ތަނެއް" ގެ ގޮތުގައި ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި. އަދި ކައުންސިލްތަކުގެ ޒިންމާ ވެސް އަދާކުރަނީ މި ސަރުކާރުން ކަމަށް ވިދާޅުވެ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. މިނިސްޓަރު މުއްތަލިބު ކިތަންމެ ނުރުހުންވެފައި ކައުންސިލްތަކުން ކަމެއް ނުކުރާ ކަމަށް ވިދާޅުވިޔަސް، ރައްޔިތުން ބުނީ އެހެނެއް ނޫން. ދެވަނަ ދައުރެއް އެމްޑީޕީގެ ހުރިހާ މޭޔަރުންނަށް ވެސް މިއަދު ދިވެހި ރައްޔިތުން އެވަނީ ދީފަ. ކައުންސިލަރުންނާ މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީސް. ދެން ބައްލަވާ! "ފެއިލްވީ ކޮން ބައްތޯ؟!

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 އެޕްރީލު 2026 | ބުދަ 13:55
ސިޓީތަކުގެ މޭޔަރުން - އައްޑޫގެ މޭޔަރ ނިޒާރު، މާލޭގެ މޭޔަރ އާޒިމް، ތިނަދޫގެ މޭޔަރ ސައުދު، ކުޅުދުއްފުށީ މޭޔަރ އާތިފް، ފުވައްމުލައް މޭޔަރ އިސްމާއީލް

ސިޓީތަކުގެ މޭޔަރުން - އައްޑޫގެ މޭޔަރ ނިޒާރު، މާލޭގެ މޭޔަރ އާޒިމް، ތިނަދޫގެ މޭޔަރ ސައުދު، ކުޅުދުއްފުށީ މޭޔަރ އާތިފް، ފުވައްމުލައް މޭޔަރ އިސްމާއީލް | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދެވި އިރު އެންމެ އަޑަށް ބާރުލައްވައި ދެއްކެވި އެއް ވާހަކައަކީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެވެ. އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަކަށް ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ވާހަކަ އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާ ކޮށް، ގާނޫނުން ކައުންސިލްތައް ބާރުވެރިކުރުވާނެ ކަމަށް ވިދާޅުވީ ވެސް ހަމަ އެމަނިކުފާނެވެ. ނަމަވެސް ސަރުކާރާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އަމަލުކުރައްވަން ފެއްޓެވީ ވިދާޅުވި ވާހަކަތަކާ ދިމާ އިދިކޮޅަށެވެ. ލާމަރުކަޒީ ނިޒާމު އެފުށް މިފުށައް ޖައްސަވައި ބާރުތައް މުށުތެރެއަށް ޖަމާކުރައްވައި، ލާމަރުކަޒީ ގާނޫނާ މުޅި ގާނޫނު އަސާސީ އަށް ވެސް އިސްލާހުތަކެއް ފުލުފުލުގައި ގެންނެވި އެވެ. 

އެމްޑީޕީގެ ސަރުކާރުން ކައުންސިލްތަކަށް ދިން މާލީ ބާރުވެރިކަމާއި، ހިންގުން ހަރުދަނާ ކޮށް، ލާމަރުކަޒީ ކުރަން ދިން ބާރުތައް ވެސް ރައީސް މުއިއްޒު ގާނޫނަށް އިސްލާހު ގެންނަވައިގެން ބައްދަލު ކުރެއްވި އެވެ. އެގޮތުން ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭ ގޮތަށް ހެދުމުގެ އިތުރުން، ބިމާއި ފަޅު ކުއްޔަށް ނުދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރެއްވި އެވެ. އޭގެ އިތުރުން ކައުންސިލްތަކުން އެކަށަ އަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އައު ތަރައްގީގެ މަޝްރޫއެއް ވެސް ނުފެށޭ ގޮތަށް ގާނޫނު އިސްލާހު ކުރި އެވެ. 

މި ހުރިހާ ފިއްތުމެއް ކުރިމަތި ކުރުވުމަށް ފަހު މި ސަރުކާރުން ދެން ކުރަން ފެށި ކަމަކީ ސަރުކާރަށް ކަމެއް ނުވުމުން އެކަން ކައުންސިލްތަކުގެ ބޮލުގައި އަޅުވަން ފެށްޓުމެވެ.  އެއްވެސް ރަށެއްގައި ތަރައްގީގެ މަސައްކަތެއް ނުކޮށް، އަދި ހިނގަމުން ދިއަ ކަންކަން ވެސް ހުއްޓާލުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ގޮތުން އިދިކީލި ވިސްނުމުގެ ކައުންސިލްތަކުން އެކި އުޒުރުތައް ދައްކައި ބިން ހަވާލު ނުކުރުމުގެ ސަބަބުން 57 ރަށެއްގައި މަޝްރޫއު ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަދި ވިދާޅުވީ، ކައުންސިލްތަކުން ހުރަސް އެޅުމުގެ ސަބަބުން އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ވެސް ހުރަސް އެޅިފައިވާ ކަަމަށެވެ. 

މީހަކު ހައިރާން ނުވިއްޔާ ދެރަ އެވެ. އެ ވިދާޅުވާ ގޮތަށް ކައުންސިލުން އަދި ބިން ނުދިނަސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަލާއިރު، ދައުލަތުގެ ފެންވަރުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމުގެ ގާނޫނީ ބާރެއް ކައުންސިލްތަކަކަށް ނޯވެ އެވެ. ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބިން ކަނޑައެޅުމުގެ އެންމެ ފަހުގެ ބާރު އޮންނަނީ ކަމާބެހޭ މިނިސްޓްރީތަކަށެވެ.

ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދަށުގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއްގެ ހުއްދައާއި ނުލައި ވެސް ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނަސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. ދެން ވެސް "ކައުންސިލްތަކުން ހުރަސްއަޅަނީ" ކަމަށް ބުނެ އެކަން ރައްޔިތުން ގަބޫލު ކުރާނެ ކަމަށް ހީކުރާތީ ވެސް އަންނަނީ ހަމަ ހިންޏެވެ. 

މިހުރިހާ ކަމަކަށް ފަހު ވެސް މި ސަރުކާރުން ބޭނުންވީ މި ހިނގާ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި، ރައްޔިތުން ޕީއެންސީ. ގެ ކެނޑިޑޭޓުން ހޮވާށެވެ. ނަމަވެސް ރައްޔިތުންނަށް ސަރުކާރުގެ މި ކުޅިވަރު ފެނި، ގޮތް ނިންމީ ރައީސް މުއިއްޒާއި، ޕީއެންސީ. އަށް ލާމަރުކަޒީ ނިޒާމް ނޭނގޭ ކަމަށެވެ. އަދި މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ފެއިލް ކޮށްލައި ކައުންސިލްތަކުގައި ކަސްތަޅު އަޅުވައި ރައްޔިތުން ނިކަމެތި ކޮށްފި ކަމަށެވެ. އެހެންކަމުން ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރު ކަން ވެސް ރައްޔިތުން ދިނީ އިދިކޮޅު އެމްޑީޕީ އަށެވެ. އޭގެ އިތުރުން ކައުންސިލްގެ ގިނަ ގޮނޑިތަކެއް ރައްޔިތުން ހަވާލު ކުރީ ވެސް ހަމަ އެމްޑީޕީ އަށެވެ. 

މި އިންތިޚާބުގައި ބޮޑުކޮށް ބަލިވުމުން އަނެއްކާ ވެސް މި ސަރުކާރުގެ ރުޅިގަނޑު ކައުންސިލްތަކަށް އަމާޒުވާން ފަށައިފި އެވެ. ޚާއްޞަ ކޮށް ސިޓީ ތަކުން ޕީއެންސީ އަށް "ނޯ" ޖެހުން ހަޖަމެއް ނުވި އެވެ. ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ ސިޓީ ކައުންސިލާއި، މާލެ ސިޓީ ކައުންސިލަކީ ފެއިލް ވެފައިވާ "ކަމެއް ނުކޮށް ތިބޭ ތަނެއް" ގެ ގޮތުގައި ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. އަދި ކައުންސިލްތަކުގެ ޒިންމާ ވެސް އަދާކުރަނީ މި ސަރުކާރުން ކަމަށް ވިދާޅުވެ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު މުއްތަލިބު ކިތަންމެ ނުރުހުންވެފައި ކައުންސިލްތަކުން ކަމެއް ނުކުރާ ކަމަށް ވިދާޅުވިޔަސް، ރައްޔިތުން ބުނީ އެހެނެއް ނޫނެވެ. ގައިމު ދެވަނަ ދައުރެއް އެމްޑީޕީގެ ހުރިހާ މޭޔަރުންނަށް ވެސް މިއަދު ދިވެހި ރައްޔިތުން އެވަނީ ދީފަ އެވެ. ކަމެއް ނުކުރާ ބަޔަކަށް ރައްޔިތުން ދެވަނަ ދައުރެއް ދޭންވީ ކީއްކުރަން ތޯ އެވެ. އެކަން އެގޮތަށް ރައްޔިތުން ނު ވެސް ކުރާނެ އެވެ. ކައުންސިލަރުންނާއި މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ. އެހެންވީމާ މިނިސްޓަރު އަދި އެއީ ފެއިލްވެފައިވާ ބައެކޭ ވިދާޅުވިއަސް ރައްޔިތުން އެދޭ ގޮތަކީ އެއީ ކަން ރައްޔިތުން މިވަނީ މި ސަރުކާރަށް ވަރަށް ސާފުކޮށް ބުނެދީފަ އެވެ. ދެން ބައްލަވާށެވެ. "ފެއިލްވީ ކޮން ބައްތޯ؟ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުލާމަރުކަޒީ ނިޒާމުއެމްޑީޕީޕީއެންސީޑރ. އަބްދުﷲ މުއުޠްޠަލިބުއައްްޑޫ ސިޓީފުވައްމުލައް ސިޓީތިނަދޫ ސިޓީކުޅުދުއްފުށި ސިޓީމާލެ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާއިރު، ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް: ޝިފާޒު

ރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާއިރު، ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް: ޝިފާޒު

15 އެޕްރީލު 2026
އަތޮޅު ކައުންސިލު އުވާލައި، އަތޮޅުތައް ހިންގަން އުފެއްދި މިނިސްޓްރީ ވެސް އުވާލައިފި، ވީމާ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެ: ސުއޫދު

އަތޮޅު ކައުންސިލު އުވާލައި، އަތޮޅުތައް ހިންގަން އުފެއްދި މިނިސްޓްރީ ވެސް އުވާލައިފި، ވީމާ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެ: ސުއޫދު

15 އެޕްރީލު 2026
ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

15 އެޕްރީލު 2026
އެމްޑީޕީ އިން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އިހުތިޖާޖުކޮށްފި

އެމްޑީޕީ އިން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އިހުތިޖާޖުކޮށްފި

15 އެޕްރީލު 2026
ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

14 އެޕްރީލު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު