Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޑޯޓުޑޯ ހަރަކާތް

އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް

2 އެޕްރީލު 2026 | ބުރާސްފަތި 13:22

ކުރިއަށް އޮތް އިންތިޚާބުތަކަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިން ދަތުރުތަކުން، ސަރުކާރަށް "ނޫނެކޭ" ބުނުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައިކަން ހާމަވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި. ޚާއްސަކޮށް އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށި ސިޓީން ފެންނަ ރޫހު ތަފާތުކަން ފާހަގަކުރައްވައި، މިފަހަރުގެ އިންތިޚާބުތަކުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެކަމުގެ އުންމީދު އެމަނިކުފާނު ފާޅުކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 2 އެޕްރީލު 2026 | ބުރާސްފަތި 13:22
މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ 04.02.2026

މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ 04.02.2026 | ރާއްޖެ އެމްވީ

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު އަދި ރެފަރެންޑަމް އާއި ދިމާކޮށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިިދާޅުވެއްޖެ އެވެ.

ރައީސް އެފަދައިން ވިދާޅުވީ ދާދިފަހުން އަތޮޅުތެރޭގެ ބައެއް ރަށްތަކާއި ބައެއް ސިޓީތަކަށް ކުރެއްވި ޒިޔާރަތުން ފާހަގަކުރެވުނު ބައެއް ކަންކަން ރާއްޖެ އެމްވީ އާއި ހިއްސާކުރައްވަމުންނެވެ.

Advertisement - newsAdvertisement

މި އިންތިޚާބުތަކަށް ކެމްޕެއިން ފެށީ، ރަށްރަށުގައި އެފަދަ ސިޔާސީ ހަރަކާތްތަކެއް ކުރިއަށް ނުދާތާ ދުވަސް ކޮޅެއް ވީފަހުން ކަމަށާއި އޭރު ރައްޔިތުންގެ ކިބައިގައި އޮތް ރޫހާއި މިހާރުގެ ރޫހާއި ވަރަށް ތަފާތު ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަ ވެސް މި ފަހުން ކުރި ކެމްޕެއިން ދަތުރުތަކުން ފާހަގަކުރެވުނު ގޮތުގައި ސަރުކާރަށް ނޫނެކޭ ބުނުމަށް ރައްޔިތުން ތިބީ ކެތް މަދުވެފައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ޚާއްޞަކޮށް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީ އިން އެ ކަން ފާހަގަކުރެވުނު ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

"ވައިބެއް އުފެދިއްޖެ. އޭގެ އިތުރުން ފާހަގަކުރެވުނު ރައްޔިތުން ތިބީ ސަރުކާރަށް ނޫނެކޭ ބުނުމަށް ކެތް މަދުވެފައި ކަން. އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ގާނޫނުއަސާސީން ލިބޭ ހައްގުގެ ބޭނުން ކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ގަބޫލުކޮށްގެން އާއްމުން ތިބީ." ރައީސް ސޯލިހު ވިދާޅުވި އެވެ.

މިފަހަރު ވީހާވެސް އަވަހަށް ނުކުމެ ވޯޓުލާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މިފަހަރުގެ އިންތިޚާބު އިންތިޒާމްކޮށްފައި އޮތީ ވީހާވެސް ބޮޑަށް އާއްމުންނަށް ވޯޓު ނުލެވޭނެ ގޮތަށް ވިސްނައިގެން ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު ވަނީ މިވަގުތަކީ އެކުގައި މަސައްކަތް ކޮށް ކުރި ހޯދަން ވީ ވަގުތު ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި ވަރަށް ރަނގަޅު ނަތީޖާ އެއް އެމްޑީޕީ އަށް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުއެމްޑީޕީއައްްޑޫ ސިޓީފުވައްމުލައް ސިޓީކުޅުދުއްފުށި ސިޓީނޫނެކޭ ކެމްޕެއިންދޮރުން ދޮރަށް ކެމްޕެއިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފި

02 އެޕްރީލު 2026
ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފި
02 އެޕްރީލު 2026

ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

02 އެޕްރީލު 2026
ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު
02 އެޕްރީލު 2026

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

02 އެޕްރީލު 2026
އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު
02 އެޕްރީލު 2026

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

02 އެޕްރީލު 2026
މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު
02 އެޕްރީލު 2026

އަދުލު އިންސާފު ގާއިމުކުރުމުގެ ބަދަލުގައި ފެންނަނީ ޝަރުއީ ދާއިރާއިން ސަރުކާރަށް މަގުފަހިކޮށްދޭ މަންޒަރު: މަދަނީ ޖަމިއްޔާތައް

02 އެޕްރީލު 2026
އަދުލު އިންސާފު ގާއިމުކުރުމުގެ ބަދަލުގައި ފެންނަނީ ޝަރުއީ ދާއިރާއިން ސަރުކާރަށް މަގުފަހިކޮށްދޭ މަންޒަރު: މަދަނީ ޖަމިއްޔާތައް
02 އެޕްރީލު 2026

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

02 އެޕްރީލު 2026
އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު
02 އެޕްރީލު 2026

ރެފަރެންޑަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް އެބަހުރި، ޤާނޫނުއަސާސީގެ އިތުބާރު ހިފަހައްޓަން ޖެހޭ: މަދަނީ ޖަމިއްޔާތައް

02 އެޕްރީލު 2026
ރެފަރެންޑަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް އެބަހުރި، ޤާނޫނުއަސާސީގެ އިތުބާރު ހިފަހައްޓަން ޖެހޭ: މަދަނީ ޖަމިއްޔާތައް
02 އެޕްރީލު 2026

އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު

02 އެޕްރީލު 2026
އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު
02 އެޕްރީލު 2026

މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީއަށް، މިހާތަނަށް އެއްވެސް މައްސަލައެއްގެ ޖަވާބެއް ނުލިބޭ: މާޒް ސަލީމް

02 އެޕްރީލު 2026
މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީއަށް، މިހާތަނަށް އެއްވެސް މައްސަލައެއްގެ ޖަވާބެއް ނުލިބޭ: މާޒް ސަލީމް
02 އެޕްރީލު 2026

2 އިންތިހާބު އެއްކުރަނީ 2028 ގައި މުއިއްޒުއަށް އިންތިހާބު ނެގެން އޮތީ އެގޮތަށް ހަދައިގެން ކަމަށްވާތީ: ސޯލިހު

02 އެޕްރީލު 2026
2 އިންތިހާބު އެއްކުރަނީ 2028 ގައި މުއިއްޒުއަށް އިންތިހާބު ނެގެން އޮތީ އެގޮތަށް ހަދައިގެން ކަމަށްވާތީ: ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް