Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2026

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމާއި ކައުންސިލްތަކުގެ ބޮޑު މެޖޯރިޓީއެއް އިދިކޮޅު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ. މާލެ އާއި އައްޑޫ އަދި ކުޅުދުއްފުށީގެ ގިނަ ގޮނޑިތައް އެމްޑީޕީން ނެގިއިރު، ސަރުކާރު ހިންގާ ޕީއެންސީއަށް ސިޓީތަކުން ލިބުނީ އެންމެ ފަސް ގޮނޑި. މި އިންތިހާބުގައި ފުވައްމުލައް ސިޓީގެ އެއްވެސް ގޮނޑިއެއް ސަރުކާރަށް ކާމިޔާބު ނުކުރެވުނުއިރު، ހުރިހާ ސިޓީއެއްގެ މޭޔަރުން ވެސް އިންތިޚާބުވީ 50 އިންސައްތައަށްވުރެ ގިނަ ވޯޓާއެކު.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 5 އެޕްރީލު 2026 | އާދީއްތަ 14:01
ސިޓީތަކުގެ މޭޔަރުން - އައްޑޫގެ މޭޔަރ ނިޒާރު، މާލޭގެ މޭޔަރ އާޒިމް، ތިނަދޫގެ މޭޔަރ އާދަމް އާޒިމް، ކުޅުދުއްފުށީ މޭޔަރ އާތިފް، ފުވައްމުލައް މޭޔަރ އިސްމާއީލް. | ސޯޝަލް މީޑިއާ

ސިޓީތަކުގެ މޭޔަރުން - އައްޑޫގެ މޭޔަރ ނިޒާރު، މާލޭގެ މޭޔަރ އާޒިމް، ތިނަދޫގެ މޭޔަރ އާދަމް އާޒިމް، ކުޅުދުއްފުށީ މޭޔަރ އާތިފް، ފުވައްމުލައް މޭޔަރ އިސްމާއީލް. | ސޯޝަލް މީޑިއާ | ސޯޝަލް މީޑިއާ

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީތަކުން ޕީއެންސީއަށް ލިބުނީ އެންމެ 5 ގޮނޑި ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަން ކުރާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީއަށް ލިބުނީ އެންމެ 5 ގޮނޑި އެވެ. މީގެ ތެރެއިން ވެސް ގިނަ ގޮނޑިތައް ޕީއެންސީއަށް ލިބުނީ ހަނިގޮތަކަށެވެ. އެމްޑީޕީއަށް 46 ގޮނޑި ލިބުނު އިރު ހުރިހާ ސިޓީއެއްގެ މޭޔަރުން ވެސް ލިބުނީ އެމްޑީޕީ އަށެވެ. 

Advertisement - newsAdvertisement

ވަގުތީ ނަތީޖާގައި ޕީއެންސީއަށް 5 ގޮނޑި ލިބުނު ނަމަވެސް ދާއިމީ ނަތީޖާ ހަމައަށްދާ އިރު މި އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. 

މާލެ ސިޓީ

ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ފޯރިގަދަ ކެމްޕޭނެއް ކުރި މާލެ ސިޓީގެ 17 ދާއިރާގެ ތެރެއިން 16 ދާއިރާއެއް އެމްޑީޕީ އިން ކާމިޔާބު ކުރީ ބޮޑު ތަފާތުންނެވެ. އެމްޑީޕީ އަށް ކާމިޔާބު ނުކުރެވުނީ ވިލިމާލެ ދާއިރާގެ ގޮނޑި އެކަންޏެވެ. 

  • ހުޅުމާލެ ދެކުނު - އަހުމަދު ޣާލިބު
  • މާފަންނު ހުޅަނގު - މުހައްމަދު ރިލްވާން އަލީ
  • މާފަންނު މެދު - އައިޝަތު ހަނާ
  • މާފަންނު ދެކުނު - އިބްރާހީމް ލަބާން ޝަރީފު
  • ހެންވޭރު ހުޅަނގު - ފާތިމަތު ސަހުލާ
  • މައްޗަންގޯޅި މެދު - ހައްވާ ޝިފާނާ
  • ހުޅުމާލެ މެދު - ސަފާއަތު އަހުމަދު ޒާހިރު
  • ހުޅުމާލެ އުތުރު - ފާތިމަތު ޒަހިއްޔާ
  • މެދު ހެންވޭރު - މީކާއީލް މުހައްމަދު ރިޔާޒު
  • ހެންވޭރު ދެކުނު - އާއިޝަތު ނާޒިމާ
  • ހެންވޭރު އުތުރު - ފާތިމަތު ލައިޒާ
  • ގަލޮޅު އުތުރު - އާމިނަތު އިރާޝާ މުހައްމަދު
  • ގަލޮޅު ދެކުނު - އިސްމާއީލް ހަލީމް
  • މައްޗަންގޮޅި އުތުރު - ޚަދީޖާ މުހައްމަދު
  • މައްޗަންގޮޅި ދެކުނު - ފަރުހާން ޝަފީއު
  • މާފަންނު އުތުރު - ހުސައިން ފުރުޝާން
  • މާލެ ސިޓީ މޭޔަރު - އާދަމް އާޒިމް

އައްޑޫ ސިޓީ

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީއަކީ ވެސް ފޯރިގަދަ ކެމްޕޭނެއް ކުރި އެވެ. އަދި ސަރުކާރުން އައީ އައްޑޫ ސިޓީ ބަދަލުކޮށްލާނެ ކަމުގެ ޔަގީންކަން ވެސް ދެމުންނެވެ.  

  • ފޭދޫ މާދެލެ - އިސްމާއީލް ސައީދު
  • ހިތަދޫ ކޮރޮވައު - އިބްރާހީމް ޝިނާޒު
  • ހިތަދޫ ބޭރުމަތި - މަރިޔަމް ސައީދާ
  • ހިތަދޫ މެދަވައު - މުހައްމަދު ޝުއާއު
  • ހިތަދޫ ރަސްގެދެރަ - ހުސައިން ޒަރީރު
  • ހިތަދޫ މާމެންދޫ - ޑރ. އާމިނަތު އަދާލާ ރަޝީދު
  • މަރަދޫ - ނުސްރަތު ރަޝީދު
  • މަރަދޫފޭދޫ - އަގީލް މުހައްމަދު
  • ފޭދޫ މަގުއްދޫ - އައިޝަތު ޒަހާ އަލީ
  • ހިތަދޫ މޫލެކެޑެ - އަހުމަދު ނަޒީރު
  • އައްޑޫ ސިޓީ މޭޔަރު - އަލީ ނިޒާރު

ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ އިން މިފަހަރު ވެސް އެމްޑީޕީ އިން ވަނީ މެޖޯރިޓީ ނަގާފަ އެވެ. އެއް ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑި އެއް އެމްޑީޕީ އިން ވަނީ ނަގާފަ އެވެ. އެމްޑީޕީއަށް ނުލިބުނީ ހުޅަނގު އުތުރު ދާއިރާގެ ގޮނޑި އެވެ. 

  • އުތުރު - އަހުމަދު އަބްދުﷲ
  • މެދު އުތުރު - އަކްބަރީ މުހައްމަދު
  • މެދު ދެކުނު - މުހައްމަދު ޝައިމަން އާދަމް ސަލީމް
  • ހުޅަނގު - ރިލްވާން މުހައްމަދު
  • އިރު ދެކުނު - ސަލްމާ މުހައްމަދު
  • ކުޅުދުއްފުށި މޭޔަރު - މުހައްމަދު އާތިފް

ތިނަދޫ ސިޓީ

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އަލަށް އިންތިހާބުކުރާ ސިޓީ ކައުންސިލަކަށް ތިނަދޫ ސިޓީ ކައުންސިލް ވެގެންދާނެ އެވެ. ތިނަދޫ ސިޓީގައި ވެސް ފޯރިގަދަ ކެމްޕޭނަކާއެކު ވާދަވެރި އިންތިހާބެއް ދިޔަ އެވެ. ނަމަވެސް އެ ސިޓީގެ ރައްޔިތުން ވަނީ ސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުނެފަ އެވެ. ތިނަދޫ ސިޓީ އިން ޕީއެންސީއަށް ކާމިޔާބު ކުރެވުނީ ދެ ދާއިރާ އެވެ. އެއީ ހުޅަނގު ދެކުނު އަދި ދެކުނު މެދު ދާއިރާ އެވެ.

  • ހުޅަނގު އުތުރު - ނަސްރުﷲ އަލީ
  • އުތުރު މެދު - މުހައްމަދު ވިފާގު ހަސަން
  • އިރު އުތުރު - މާޒިނާ ހަސަން
  • އިރު ދެކުނު - އަހުމަދު ޝިޔާޒު ނައީމް
  • ތިނަދޫ މޭޔަރު - ސައުދު އަލީ

ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގެ އެއްވެސް ގޮނޑި އެއް ސަރުކާރަށް ކާމިޔާބު ނުކުރެވެ އެވެ. ފުވައްމުލަށް ސިޓީގެ 1 ދާއިރާ ފިޔަވައި ދެން ހުރި ހުރިހާ ދާއިރާއެއް އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެމްޑީޕީއަށް ނުލިބެނީ އެ ޕާޓީ އިން ވާދަ ނުކުރާ ހަމައެކަނި ދާއިރާ އެވެ. އެއީ ދަޑިމަގު ގޮނޑި އަށެވެ. 

  • ދިގުވާނޑު - ހަސަން ފިރުޝާން
  • ހޯދަނޑު - އައިޝަތު އިބްރާހީމް
  • މާދަނޑު - ފާތިމަތު މާޝާ
  • މިސްކިތްމަގު - ފާތިމަތު ލިރާރު
  • ފުނާޑު - އައިޝަތު އިނާޔާ
  • މާލެގަން - ހަދީޖާ މޫސާ
  • ދޫޑިމަގު - މަރިޔަމް ޒަހީނާ އަހުމަދު
  • ފުވައްމުލައް ސިޓީ މޭޔަރު - އިސްމާއިލް ރަފީގު

ރާއްޖޭގެ 5 ސިޓީގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީގެ މެންބަރުން ކާމިޔާބު ކުރި އިރު އެއީ މިވަގުތު ވެސް މޭޔަރު ކަމުގައި ތިބި ފަރާތްތަކެވެ. އަދި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ހުރިހާ މޭޔަރުންނަށް ވެސް މި އިންތިހާބުގައި 50 އިންސައްތައަށްވުރެ ގިނަ ވޯޓު ލިބިފައިވެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026ޕީއެންސީއެމްޑީޕީޑރ. މުޙައްމަދު މުޢިއްޒުމާލެ ސިޓީއައްްޑޫ ސިޓީފުވައްމުލައް ސިޓީކުޅުދުއްފުށި ސިޓީތިނަދޫ ސިޓީހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

06 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

05 އެޕްރީލު 2026
ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް

05 އެޕްރީލު 2026
ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ

ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ

05 އެޕްރީލު 2026
5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު