Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްްޑޫ ސިޓީ

އައްޑޫގައި އެފްއެސްއެމް. މެދުވެރިކޮށް ތެޔޮ އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އައްޑޫސިޓީ ކައުންސިލުން ގޮވާލައިފި

އައްޑޫގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވަމުން ދާތީ، އެފްއެސްއެމް. މެދުވެރިކޮށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ސަރުކާރަށް ގޮވާލައިފި. މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންނާއި މަސްވެރިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާކަން ވަނީ ފާހަގަކޮށްފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 19 އެޕްރީލު 2026 | އާދީއްތަ 11:20
އައްޑޫ ސިޓީގެ ބައެއް ގެތަށް ފެންނަހެން މަތިން ނަގާފައިވާ ފޮޓޯ އެއް

އައްޑޫ ސިޓީގެ ބައެއް ގެތަށް ފެންނަހެން މަތިން ނަގާފައިވާ ފޮޓޯ އެއް | ރާއްޖެއެމްވީ

 އައްޑޫ ސިޓީގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް.) މެދުވެރިކޮށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އައްޑޫސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

އައްޑޫސިޓީ ކައުންސިލުން އަދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އައްޑޫސިޓީގެ ރައްޔިތުންނަށް ބޭނުންވާ ތެލުގެ ޚިދުމަތްތައް ހޯދުމުގައި މިހާރު ކުރިމަތިވާ ދަތިތަކާއި ތެލުގެ އަގު އިންތިހާ އަށް ކަންބޮޑުވެފައިވާތީ އެކަމާ މެދު އެ ކައުންސިލުން ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ގަމުގައި ހުންނަ އެފްއެސްއެމްގެ ތެޔޮ އަޅާ މެޝިނަކީ ދުވަސްވެ ބާވެފައިވާ މެޝިނަކަށް ވުމާއި އެކު ޚިދުމަތްތައް ހޯދުމަށް ރައްޔިތުން ގިނަ ވަގުތުތަކެއް ކިއުގައި ހޭދަކުރަން ޖެހުމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެކަމުގެ ސަބަބުން އާއްމުންގެ ވަގުތު ގެއްލި ދިރިއުޅުމުގެ އާއްމު ހާލަތަށް އަސަރު ކުރާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

 ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް.)ގެ ޚިދުމަތް އައްޑޫ ސިޓީގައި މި ވަގުތު އެއްވެސް ވަރަކަށް ލިބެން ނެތްކަން ފާހަގަކޮށް ކައުންސިލުން ބުނީ އައްޑޫގައި ތެލުގެ ޚިދުމަތް ދެނީ އަމިއްލަ ކުންފުނިތަކުން ކަމަށެވެ. ކުރިން އެފްއެސްއެމް އިން އަގު ހެޔޮކޮށް ތެޔޮ ސަޕްލައި ކޮށްދިން ނަމަވެސް އެ އިންތިޒާމް ބަދަލުވުމާއި ގުޅިގެން އައްޑޫގެ ރައްޔިތުންނަށް ތެޔޮ ގަންނަން ލިބެނީ ވަަރަށް ބޮޑު އަގުގައި ކަމަށް ކައުންސިލުން ބުނެ އެވެ.

އެފްއެސްއެމް. އިން ޕެޓްރޯލް ވިއްކަނީ ލީޓަރެއް 18.56 ރުފިޔާ އަށް އަދި ޑީސެލް ލީޓަރެއް 18.68 ރުފިޔާ އަށެވެ. އައްޑޫގެ ޕެޓްރޯލް ޝެޑްތަކުން ޑީސެލް ލީޓަރެއް 31.34 ރުފިޔާ އަށް ވިއްކާ އިރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 24.22 ރުފިޔާ އަށެވެ. ކުންފުނިތަކުން ވެސް ވަނީ އެފްއެސްއެމް. އިން ވިއްކާ އަގުގައި ތެޔޮ ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް އެދިފަ އެވެ. ނަމަވެސް އެ ކަން އެގޮތަށް ހަމަ ނުޖެހުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

އައްްޑޫ ސިޓީފިއުލް ސަޕްލައި މޯލްޑިވްސްމާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

18 އެޕްރީލު 2026

ތަކުރާރުކޮށް އެދުމުން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލޭ ސިޓީ ކައުންސިލް އޮޑިޓް ކޮށް ނުދީ ވަނިކޮށް އެ މައްސަލަ މަޖިލީހަށް

18 އެޕްރީލު 2026
ތަކުރާރުކޮށް އެދުމުން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލޭ ސިޓީ ކައުންސިލް އޮޑިޓް ކޮށް ނުދީ ވަނިކޮށް އެ މައްސަލަ މަޖިލީހަށް
15 އެޕްރީލު 2026

މާލޭ ސިޓީ ކައުންސިލުން މުއްތަލިބަށް: މާރުކޭޓު ހުސްކުރަން ސަރުކާރުން އެންގީ ރޯދަ މަހާ ދިމާކޮށް ވިޔަފާރިތަކަށް ދަތިވާނެހެން، އައު ގޮޅިތައް މިދަނީ ހަމަޖައްސަމުން

15 އެޕްރީލު 2026
މާލޭ ސިޓީ ކައުންސިލުން މުއްތަލިބަށް: މާރުކޭޓު ހުސްކުރަން ސަރުކާރުން އެންގީ ރޯދަ މަހާ ދިމާކޮށް ވިޔަފާރިތަކަށް ދަތިވާނެހެން، އައު ގޮޅިތައް މިދަނީ ހަމަޖައްސަމުން
15 އެޕްރީލު 2026

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.
15 އެޕްރީލު 2026

ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު

15 އެޕްރީލު 2026
ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު
15 އެޕްރީލު 2026

ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް

15 އެޕްރީލު 2026
ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު