Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި، ފޭދޫ، މަރަދޫފޭދޫ، އަދި މަރަދޫ އާއި، ހުޅުދޫ އަދި މީދޫގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވާފައިވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 26 މާރިޗު 2026 | ބުރާސްފަތި 15:08
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި އައްޑޫގެ ބައެއް ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންނާއި، އެ ދާއިރާތަކުގެ ކެމްޕެއިން ޓީމާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި އައްޑޫގެ ބައެއް ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންނާއި، އެ ދާއިރާތަކުގެ ކެމްޕެއިން ޓީމާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި | އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި އައްޑޫގެ ބައެއް ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންނާއި، އެ ދާއިރާތަކުގެ ކެމްޕެއިން ޓީމާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިހާރު އެ މަނިކުފާނު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ސ. ހުޅުދޫ އަދި ސ. މީދޫ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން  ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގެ  ކެމްޕެއިން ޓީމާއި ބައްދަލުކުރައްވާފަ އެވެ. ރައީސް ސޯލިހު އާއި އެކު ބޭއްވި ބައްދަލުވުމުގައި ކެނޑިޑޭޓުންނަށް ހިތްވަރު ދެއްވުމުގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގެ މުހިންމު ކަމަށް ރައީސް ސޯލިހު އަލިއަޅުވައިލެއްވި އެވެ. އަދި ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކުން ވަނީ އެމްޑީޕީގެ ޓީމްތައް އޮތީ ގަދަކޮށް އެކުގައި ނުކުމެ އިންތިޚާބު ކާމިޔާބުުރަން ތައްޔާރަށްކަން ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި މެދު އާއްމުންނަށް ފެންނަ ގޮތެއް ބެލުމަށް ނަގާ ރެފަރެންޑަމްގައި އިންތިޚާބުތައް އެއްކޮށްލުމަށް ނޫނެކޭ ބުނުމަށް ކުރިއަށް ގެންދާ "ނޫނެކޭ ކެމްޕެއިން"ގެ މައުލޫމާތު ވެސް ރައީސް ސޯލިހު ވަނީ ހޯއްދަވާފަ އެވެ.

ބުދަ ދުވަހު ރައީސް ސޯލިހު ވަނީ ހުޅުދޫ އަދި މީދޫ އަށް ވެސް ވަޑައިގެން އެ ރަށުގެ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ދާ ގޮތް ވެސް ބައްލަވާލައްވާފަ އެވެ. އަދި އެ ދެ ރަށުން ރައީސް ސޯލިހު އަށް ހޫނު މަރުޚަބާ އެއް ވަނީ ކިޔާފަ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއައްްޑޫ ސިޓީލޯކަލް ކައުންސިލް އިންތިޚާބު 2026ސ. ހުޅުދޫމީދޫ

އިތުރަށް ކިޔާލަން

26 މާރިޗު 2026

ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

26 މާރިޗު 2026
ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު
26 މާރިޗު 2026

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް

26 މާރިޗު 2026
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް
26 މާރިޗު 2026

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު

26 މާރިޗު 2026
ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު
25 މާރިޗު 2026

"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

25 މާރިޗު 2026
"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"
25 މާރިޗު 2026

އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ވިދާޅުވެެފައިވަނިކޮށް ރައީސްގެ ބަސްފުޅާ ދެކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި

25 މާރިޗު 2026
އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ވިދާޅުވެެފައިވަނިކޮށް ރައީސްގެ ބަސްފުޅާ ދެކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު