Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ މެނިފެސްޓޯ ލޯންޗް

"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވި މި މެނިފެސްޓޯގައި އައްޑޫގެ އިގްތިސާދު ވަރުގަދަކޮށް، ތިމާވެއްޓާ ރައްޓެހި ހިތްފަސޭހަ ސިޓީއަކަށް އެ ތަން ހެދުމުގެ ތަސައްވުރުތައް ވަނީ ހިމަނާފަ.މޭޔަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި މިއީ ހުވަފެނީ ވާހަކަތަކެއް ނޫން. އަދި މީގައި އިސްކަންދީފައި ވަނީ އައްޑޫގެ އަމިއްލަވަންތަކަމާއެކު މިނިވަން އިގްތިސާދެއް ބިނާކުރުމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 17:53
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގެ މެނިފެސްޓޯ ލޯންޗްކޮށްދެއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގެ މެނިފެސްޓޯ ލޯންޗްކޮށްދެއްވަނީ | ރާއްޖެއެމްވީ

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ޖަލްސާ އެއްގައި އެ މެނިފެސްޓޯ ލޯންޗްކޮށްދެއްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އެ މެނިފެސްޓޯ ލޯންޗްކުރުމަށް ފަހު، އެ މެނިފެސްޓޯގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަން އެއް އައްޑޫގެ މޭޔަރ އަދި އެމްޑީޕީގެ މޭޔަރ ކެނޑިޑޭޓް އަލީ ނިޒާރު އަދި ޑަބްލިއުޑީސީގެ ރައީސާކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފާތުމަތު ހިޖުރާ ވަނީ ހުށަހަޅުއްވާދެއްވާފަ އެވެ.

އެ ޕްރެޒެންޓޭޝަންގައި ނިޒާރު ވިދާޅުވީ އައްޑޫގެ ކުރިއެރުން ގެނެވޭނީ އައްޑޫ ވަންތަ މިނިވަން ފިކުރާއި އެކުގައި ކަމަށެވެ. "އަފިރިންގެ އައްޑޫ" މެނިފެސްޓޯ އެކުލަވާލާފައި ވަނީ އެ ކަންކަމަށް ބަލައިގެން ކަމަށް ނިޒާރު ވިދާޅުވި އެވެ. އެ މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އެއް ގެނައުމުގެ ތަސައްވުރާއި އެކު ގިނަ ކަންތައްތަކެއް އެކުލަވާލާފައިވާ ކަމަށް ނިޒާރު ވަނީ ވިދާޅުވެފަ އެވެ. އަދި  އެ ތަސައްވުރުގައި ހުވަފެނީ ވާހަކަތަކެއް ގެނެސްފައި ނުވާނެ ކަމަށާއި އެ މެނިފެސްޓޯގައި ހިމަނާފައި ވާނީ ހާސިލް ކުރެވޭނެ ކަންކަން ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފަ އެވެ. އަދި އުފެއްދުންތެރި، ބަދަހި، ނޫފަހި އައްޑޫ އަކަށް ބޭނުންވާ ކަންކަން އެ މެނިފެސްޓޯގައި ހިމަނާފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"މިނިވަން އިގްތިސާދެއް ގެނައުމަށް މަސައްކަތް ކުރުމަށް ހިމަނާފައި ވާނީ. އައްޑޫ އަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހިފެހެއްޓެނެވި އިގްތިސާދެއް ނެތުން ކަމަށް. އައްޑޫ ފެހިކުރުމާއި ކަނޑުގެ ހުރިހާ މަންފާ އެއް ހޯދަން ޖެހޭ. އައްޑޫ އަކީ ހިޔާ ބޮޑު އުޅެން ހިތްފަސޭހަ ތަނަކަށް ހެދުމަށް މި މެނިފެސްޓޯގައި ވަނީ ނިންމާފަ." ނިޒާރު ވިދާޅުވި އެވެ.

މީގެ އިތުރުން، އެ މެނިފެސްޓޯ އެކުލަވާލުމުގައި ޒަމާނީ ސިޓީތައް ތަރައްޤީ ކުރުމުގައި ބޭނުން ކުރާ ފޯމިއުލާތަކަށް ބަލާފައިވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

 އެ ޖަލްސާގައި ވާހަކަދައްކަވަމުން ހިޖުރާ ވިދާޅުވީ މަދަނީ ކަންކަމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ. އެހެންކަމުން ޒުވާނުންނަށް ކައުންސިލްގެ ނިންމުންތަކުގައި ބަސް ބުނެވޭނެ ގޮތް ހެދުމަށް އިސްކަން ދީފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެނުއަލް ޔޫތް ފޯރަމް އެއް ބޭއްވުމަށް ނިންމާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެސް އެ މެނިފެސްޓޯގައި ހިމަނާފައިވާ މުހިންމު ކަންކަމަށް އޭނާ ވަނީ އަލިއަޅުވާލައްވާފަ އެވެ.

އެ މެނިފެސްޓޯގައި ހިމެނޭ އިތުރު ކަންކަމަށް ބަލާ އިރު، މަގުތަކާއި ގުޅުން ހުރި ކަންކަމާއި، ސިޓީގެ އަވަށްޓަކުގައި ޖިމް ރަނގަަޅަށް ހިންގުމާއި، ސިންތެޓިކް ދުވާ ޓްރެކް އެއް އެޅުމާއި ކުޅިވަރާއި އިގްތިސާދާއި ގުޅުވުމަށް މަސައްކަތް ކުރުމަށާއި، އެ ނޫން ވެސް އާއްމުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ.

އެމްޑީޕީއިބްރާހިމް މުހައްމަދު ސޯލިހުއައްްޑޫ ސިޓީއަލީ ނިޒާރުފާތުމަތު ހިޖުރާއަފިރިންގެ އައްޑޫލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

26 މާރިޗު 2026
ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

26 މާރިޗު 2026
ބަޖެޓުން ބޭރުން ހޯމް މިނިސްޓަރު އަލީ އިހުސާން މަސްލަހަތު އޮންނަ ކުންފުންޏަކަށް 50 މިލިއަން ރުފިޔާ ދީފައިވޭ: މެންބަރު ޝަމްހީދު

ބަޖެޓުން ބޭރުން ހޯމް މިނިސްޓަރު އަލީ އިހުސާން މަސްލަހަތު އޮންނަ ކުންފުންޏަކަށް 50 މިލިއަން ރުފިޔާ ދީފައިވޭ: މެންބަރު ޝަމްހީދު

26 މާރިޗު 2026
މި ސަރުކާރާއެކު ދޮގު އެއީ ވައުދު ކަމަށް ދިވެހި ތާރީޚުގައާއި ރަދީފުގައި ލިޔަން ޖެހޭ: ގަފޫރު

މި ސަރުކާރާއެކު ދޮގު އެއީ ވައުދު ކަމަށް ދިވެހި ތާރީޚުގައާއި ރަދީފުގައި ލިޔަން ޖެހޭ: ގަފޫރު

26 މާރިޗު 2026
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް

26 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު