Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކްސިޑެންޓް

އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރުގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުން. މި ހާދިސާގައި ކާރުގައި ތިބި އަނެއް ތިން މީހުންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދީފައިވޭ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 07:56
އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި.

އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. | ސޯޝަލް މީޑިއާ

އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. 

މި ހިނގާ މަރޗް މަހުގެ 21 ވަނަ ދުވަހުގެ 16:50 އެހާކަންހާއިރު، މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ކާރު ފުރޮޅާލައިގެން ކަމަށް ފުލުހުން ބުނެ އެވެ. މި ކާރުގައި ތިބި ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. 

Advertisement - newsAdvertisement

ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، އިތުރު ފަރުވާ އަށް ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗަށް ގެނެސްފަ އެވެ. 

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މިޑީއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވި 42 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާ ދެމުންދާ ކަމަށާއި، އޭނާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަަމަށެވެ.

އޭނާގެ ހާލު ސީރިއަސް ވެފައިވާއިރު، ކާރުގައި ތިބި އަނެއް 3 މީހުންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ. ނަމަވެސް އެމީހުންގެ ހާލަތާ ގުޅޭގޮތުން އެ ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 3 މީހުންނަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މީގެ ކުރިން ވެސް އައްޑޫ ސިޓީގައި ނުރައްތެރި އެކްސިޑެންޓްތައް ހިނގައި މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ.

އައްްޑޫ ސިޓީސ.ހިތަދޫއައިޖީއެމްއެޗްއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްއެކްސިޑެންޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ

21 މާރިޗު 2026
އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

21 މާރިޗު 2026
އައްޑޫ ސިޓީގައި ހަވާއެރުވުން އެމްއެންޑީއެފުން ފަހުވަގުތު ކެންސަލް ކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް

އައްޑޫ ސިޓީގައި ހަވާއެރުވުން އެމްއެންޑީއެފުން ފަހުވަގުތު ކެންސަލް ކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް

21 މާރިޗު 2026
މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ: ނިޒާރު

މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ: ނިޒާރު

20 މާރިޗު 2026
އައްޑޫ ސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު 2 ޒުވާނަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު 2 ޒުވާނަކު ހައްޔަރުކޮށްފި

20 މާރިޗު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު