Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަވާއީ ޝޯ

އައްޑޫ ސިޓީގައި ހަވާއެރުވުން އެމްއެންޑީއެފުން ފަހުވަގުތު ކެންސަލް ކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް

އައްޑޫ ސިޓީގެ ހިތަދޫ ސެންޓްރަލް ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމަށް ހުރިހާ ތައްޔާރީތަކެއް ވެފައިވަނިކޮށް، ސިފްކޯއިން އެކަން ފަހުވަގުތު ކެންސަލް ކުރުމާ ގުޅިގެން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި. ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ ހަވާ އެރުވުން ހުއްޓާލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކޮށްފައިވާއިރު، މިއީ ރައްޔިތުންގެ އުފަލަށް ސަރުކާރުން ހުރަސްއެޅުން ކަމަށް ވިދާޅުވެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 21 މާރިޗު 2026 | ހޮނިހިރު 07:23
އެކިއެކި ރަސްމިއްޔާތުތަކުގައި އެމްއެންޑީއެފުން ހަވާ އަރުވާ، މިއީ ވިޔަފާރީގެ އުސޫލުން ކުރާ ކަމެއް.

އެކިއެކި ރަސްމިއްޔާތުތަކުގައި އެމްއެންޑީއެފުން ހަވާ އަރުވާ، މިއީ ވިޔަފާރީގެ އުސޫލުން ކުރާ ކަމެއް.

އައްޑޫ ސިޓީގެ ހިތަދޫ ސެންޓްރަލް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށްފަހު، އެކަން ފަހުވަގުތު ކެންސަލް ކޮށްފި އެވެ.

އައްޑޫ ސިޓީގެ ކައުންސިލުން ތަރައްގީ ކުރި މި ޕާކު ހުޅުވާ ރަސްމިއްޔާތާއެކު، ހަވާ އެރުވުމަށް ނިންމާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގަ އެވެ. 

Advertisement - newsAdvertisement

ހަވާ އެރުވުން ފަހު ވަގުތު ކެންސަލް ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި، އައްޑޫ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު ޝުއާއު ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު 5:30 ގައި ހަވާއެރުވުން ކެންސަލް ކުރިކަން ސިފައިންގެ ކުންފުނި ސިފްކޯއިން ކައުންސިލަށް އީމެއިލްއަކުން އަންގާފައިވާ ކަމަށާއި، ކެންސަލް ކުރީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް ހަވާ އެރުވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެމްއެންޑީއެފުން ކުރި ކަމަށާއި، ހުކުރު ދުވަހުގެ މެންދުރުފަހު 3:30 ހާއިރު ސެޓަޕް ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަވާ އެރުވުން ކެންސަލް ކުރުމާއި ގުޅިގެން އައްޑޫގައި މަސައްކަތް ކުރާ އެމްއެންޑީއެފްގެ ބޭފުޅުންނަށް ގުޅުމުން އެބޭފުޅުންނަށް ވެސް ކެންސަލް ކުރިކަން ނޭނގޭ ކަމަށް ބުނެފައިވާ ކަމަށެވެ. 

މީގެ އިތުރުން ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝިނާޒު ވިދާޅުވީ، ހަވާ އެރުވުން ކެންސަލް ކުރީ ސިޔާސީ ނުފޫޒާއެކު ކަމަށާއި، އެމްއެންޑީއެފްއަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު މިކަމުން އެކަނި ވެސް ހާމަވާ ކަމަށެވެ. މިއީ އައްޑޫގައި ތިބި ތަސައްވުރު ނުފުދޭ ސިޔާސީ ބައެއް ބޭފުޅުން ހިންގި ވަރަށް ނާހުޒީބީ އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝިނާޒު ވިދާޅުވީ ފިތުރު އީދާއެކު، ޕާކު ހުޅުވުމަށް ނިންމައި، ހަވާ އެރުވުމަށް ނިންމީ އައްޑޫގެ ރައްޔިތުންގެ އުފަލަށްޓަކައި ކަމަށާއި، ނަމަވެސް މިއަދުގެ ސަރުކާރުން އެ އުފަލަށް ހުރަސްއަޅާފައިވާ ކަަމަށެވެ. 

ހިތަދޫ ސެންޓްރަލް ޕާކު ތަރައްގީ ކުރަން ކައުންސިލުން ބަޔަކާ ހަވާލުކުރީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ.

ހުކުރު ދުވަހުގެ ރޭ ބޮޑު ރަސްމިއްޔާތެއްގައި ޕާކު ހުޅުވިއިރު، 2،000ހަށްވުރެ ގިނަ މީހުންނާއި ކުޑަކުދިން ބައިވެރިވެފައިވާ ކަަމަށް ކައުންސިލުން ބުނެ އެވެ. 

އައްްޑޫ ސިޓީހިތަދޫ ސެންޓްރަލް ޕާކްމުހައްމަދު ޝުއާއުއިބްރާހިމް ޝިނާޒުސިފްކޯއެމްއެންޑީއެފްހަވާއީ ޝޯ

އިތުރަށް ކިޔާލަން

20 މާރިޗު 2026

މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ: ނިޒާރު

20 މާރިޗު 2026
މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ: ނިޒާރު
20 މާރިޗު 2026

އައްޑޫ ސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު 2 ޒުވާނަކު ހައްޔަރުކޮށްފި

20 މާރިޗު 2026
އައްޑޫ ސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު 2 ޒުވާނަކު ހައްޔަރުކޮށްފި
18 މާރިޗު 2026

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވި އަލިފާން ގާތްގަނޑަށް އެއްގަޑިއިރުގެ ތެރޭގައި ކޮންޓްރޯލް ކުރި

18 މާރިޗު 2026
ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވި އަލިފާން ގާތްގަނޑަށް އެއްގަޑިއިރުގެ ތެރޭގައި ކޮންޓްރޯލް ކުރި
18 މާރިޗު 2026

މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

18 މާރިޗު 2026
މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ
16 މާރިޗު 2026

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑި, މުޅި ސިޓީ ކަނު އަނދިރީގައި

16 މާރިޗު 2026
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑި, މުޅި ސިޓީ ކަނު އަނދިރީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު