Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

ރަމަޟާން މަހަކީ ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުތުބާ

ރަމަޟާން މަހަކީ ހަވާނަފުސާ ދެކޮޅަށް ޖިހާދުކޮށް، ނަފުސު ތަހުޒީބުކުރުމުގެ މައްސަރުކަން ފާހަގަކޮށް، މިއީ މުސްލިމުން ތާރީޚީ ބޮޑެތި ކާމިޔާބީތައް ހާސިލުކުރި މަހެއްކަން ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައި. ޚާއްޞަކޮށް ރަމަޟާން މަހުގެ ފަހު ދިހައި ގައި އިތުރަށް ހީވާގިވެ އަޅުކަމުގައި ހޭދަ ކުރުމަށް ޚުތުބާގައި ގޮވާލާފައިވޭ. އަދި ރޯދަމަހުގެ ކާމިޔާބީ ހޯދާން ބޭނުން މީހާ ލައިލަތުލްޤަދުރި ހޯދާން ގަދައަޅައި މަސައްކަތް ކުރުމަށް ވެސް ނަސޭހަތްތެރިވެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2026 | ހުކުރު 08:47
އިސްލާމީ މަރުކަޒަށް ހުކުރު ނަމާދު ކުރުމަށް ބަޔަކު ހިނގާފައި ދަނީ.

އިސްލާމީ މަރުކަޒަށް ހުކުރު ނަމާދު ކުރުމަށް ބަޔަކު ހިނގާފައި ދަނީ. | ރާއްޖެއެމްވީ

ރަމަޟާން މަހަކީ މަސައްކަތްތައް ހުއްޓައިލައި ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ. 

'' ނަޞްރާއި ކާމިޔާބުގެ މައްސަރު '' މި މައުޟޫއުއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ،  ރަމަޟާން މަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމުގެ މަހެއް ނޫން ކަމަށާއި، މިއީ ޖިހާދުގެ މައްސަރު ކަމަށެވެ. އިންސާނާގެ ހަށިގަނޑުންކުރެވޭ ޖިހާދުގެ އިތުރަށް އޭނާ ގެ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރު ކަމަށާއި، މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން އޭނާ ގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅާ ކަމަށެވެ. 

ރަމަޟާން މަހަކީ ނަފުސުގެ ޖިހާދުގެ އިތުރަށް އިސްލާމްދީނުގެ އަދުއްވުންނާ ދެކޮޅަށް މުސްލިމުން އެންމެ ބޮޑެތި ނަސްރާއި ކާމިޔާބީތައް ހާސިލުކުރި މައްސަރުކަން ފާހަގަކޮށް ޚުތުބާގައި ވަނީ އިސްލާމީ ތާރީޚު ބަދަލުކޮށްލި މަޝްހޫރު ބަދުރު ހަނގުރާމައަށް އަލިއަޅުވާލާފަ އެވެ.

ޚުތުބާގައި ބުނީ، ހަގީގީ ކާމިޔާބަކީ ބާރު ލިބޭއިރު، އަނިޔާވެރި ނުވުން ކަމަށާއި، އެކަން މިހާދިސާއިން އެނގޭ ކަމަށެވެ. އަދި ރޯދަވެރިޔާގެ ހަގީގީ ކާމިޔާބު އޮތީ ރިވެތި އަހުލާގުން އޭނާ ގެ ނަފުސު ތަހުޒީބު ކުރުމުގައި ކަމަށެވެ. 

އެ ހަނގުރާމައާ ބެހޭ ގޮތުން الله سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައި ވާ އާޔަތުގެ މާނާގައި ވަނީ: "ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި الله، ތިޔަބައިމީހުންނަށް نصرދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللهއަށް تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكرވެރިވުމަށް ޓަކައެވެ." މި ކަމުން އެނގެނީ ނަސްރު ލިބޭނީ ހަމައެކަނި ބާރުގެ ގޮތުންނޫން ކަމާއި الله سُبْحَانَهُ وَتَعَالَى އަށް އޮންނަ އިތުބާރާއި އީމާންކަމުގެ ވަރުގަދަކަމުންނާއި އެކަލާނގެ ރަޙުމަތުގެ ސަބަބުންކަމެވެ. އަދި މުސްލިމުންނަށް ލިބުނު އެންމެ ބޮޑު އެއް ފަތަހަކަމުގައިވާ މައްކާ ފަތަހަ ކުރެވުނީ ހިޖުރައިން އަށްވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ވިހިވަނަ ދުވަހެވެ. އެ ފަތަހައެއްގެ ސަބަބުން މުޅި އަރަބިކަރަ ފަތަހަވި އެވެ. މުސްލިމުންގެ ދިހަ ހާސް މުޖާހިދުންނާ އެކު މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާއަށް ވެދެވަޑައިގަތީ ތަވާޟުޢުވެރިކަމާއި މަޑުމައިތިރިކަންމަތީގަ އެވެ. 
ހުކުރު ޚުތުބާ 

ރަމަޟާން މަހަކީ ކަންނެތްކަން އިޚުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރު ކަމަށެވެ. ޚާއްސަކޮށް އެ މަހުގެ ފަހު ދިހައިގައި އިތުރަށް ހީވާގިވެ އަޅުކަމުގައި ހޭދަ ކުރުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ. އަދި ރޯދަމަހުގެ ކާމިޔާބީ ހޯދާން ބޭނުން މީހާ ލައިލަތުލްޤަދުރި ހޯދިމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވެސް ނަސޭހަތްތެރިވެފައިވެ އެވެ.

ރަމަޟާންމަހު ރޯދައަށް ހުންނައިރު، ކުރެވޭ ކުށްތަކުންނާއި ދެކެވޭ ބޭކާރު ވާހަކަތަކުގެ ކައްފާރާއެއްގެ ގޮތުގައި ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށާއި އީދުގެ އުފަލުގައި ފަގީރުންނާއި ޔަތީމުން ވެސް ބައިވެރިވާ ބަޔަކަށް ހެދުމަށްޓަކައި ފިތުރު ޒަކާތް ލައްވާފައިވާ ކަމަށާއި، ޒަކާތް ދެއްކުމަށް ވެސް ޚުތުބާގައި ހަނދާން ކޮށްދީފައިވެ އެވެ.  

މީގެ އިތުރުން ޚުތުބާގައި ވަނީ  މުސްލިމު މުޖުތަމައުތަކުގައި ރަމަޟާން މަހުގެ މަތިވެރިކަމާއި މާތްކަން ދެމެހެއްޓުމަށް ވެސް އެދިފަ އެވެ. 

އެގޮތުން ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި، ފަތުރުވެރީން ވެސް އާންމުންގެ ތެރެއަށް ނުކުމެއުޅޭ އިރު، އިޖުތިމާއީ މިންގަޑަށް ފެތޭ ގޮތަށް އުޅުމަށް އެ މީހުންނަށް އިރުޝާދު ދިނުމަށް ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކާއި ކައުންސިލުތަކަށް އިލްތިމާސް ކޮށްފައިވެ އެވެ.

ހުކުރު ހުތުބާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

20 ފެބުރުއަރީ 2026
ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

13 ފެބުރުއަރީ 2026
ޝަރުއީ އަދި ސިއްހީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުތުހަމަވާ އެންމެން ލޭ ހަދިޔާ ކުރުމަށް ޚުތުބާ ގައި ގޮވާލައިފި

ޝަރުއީ އަދި ސިއްހީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުތުހަމަވާ އެންމެން ލޭ ހަދިޔާ ކުރުމަށް ޚުތުބާ ގައި ގޮވާލައިފި

06 ފެބުރުއަރީ 2026
ތައުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖައާކޮށް ހަރުދަނާ ކުރަން ޖެހޭ: ޚުތުބާ

ތައުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖައާކޮށް ހަރުދަނާ ކުރަން ޖެހޭ: ޚުތުބާ

30 ޖެނުއަރީ 2026
ގަޟާ ނުކުރެވި ހުރި ފަރުޟު ރޯދަ އެއް ވާ ނަމަ، އެ ރޯދަތައް އަވަހަށް ގަޟާކުރުމަށް ޚުތުބާގައި ގޮވާލައިފި

ގަޟާ ނުކުރެވި ހުރި ފަރުޟު ރޯދަ އެއް ވާ ނަމަ، އެ ރޯދަތައް އަވަހަށް ގަޟާކުރުމަށް ޚުތުބާގައި ގޮވާލައިފި

23 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު